އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ގެންނަން ފަށައިފިއެވެ.

އެމެރިކާ ސަރުކާރު ހުއްޓުމަކަށް ގެންނަން ފަށާފައި މި ވަނީ އަންނަ އަހަރަށް ފާސް ކުރުމަށް ހުށަހެޅި ބަޖެޓާ މެދު އިދިކޮޅު ރިޕަބްލިކަން ޕާޓީން ފާސް ކުރުމަށް ދެކޮޅު ހެދުމާ ގުޅިގެނެވެ.

ބަޖެޓް ފާސް ކުރުމާ މެދު އެމެރިކާގެ ތިރިގެ ކަމުގައިވާ ހައުސް އޮފް ރިޕްރެޒްންޓެޓިވްސް އިން ޚިޔާލް ތަފާތު ވެފައިވާއިރު މި މައްސަލައާ ގުޅިގެން އެމެރިކާގެ ސަރުކާރުގެ ހަތް ލައްކައަށް ވުރެން ގިނަ މުވައްޒަފުން މިހާރުވަނީ މުސާރައާ ނުލާ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ.

އަދި ބަޖެޓް ފާސްވުމާ ހަމަޔަށް އެމީހުންގެ މުސާރަ ނުލިބޭ އިރު މި މުއްދަތަށް ފަހު މި މުވައްޒަފުންނަށް އެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީން ކަމެއްވެސް ނެތް ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރެ އެވެ.

މި މައްސަލައިގައި އިދިކޮޅު ރިޕަބްލިކަން ޕާޓީން ބުނަމުން ދަނީ މި އަހަރުގެ ބަޖެޓް ފާސް ކުރެވޭނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސިއްޚީ ދާއިރާއަށް ގެންނަން އުޅުއްވާ ބަދަލުތައް މަޑު ޖެއްސުމުން ކަމުގައިރެ އެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމުގައިވާ ސެނެޓުން މިއަދުގެ ވަގުތެއްގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓްތައްވަނީ ބުނެފަ އެވެ.

އެމެރިކާގެ ސިޔާސީ މައިދާނުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުން މިހާރު އެމެރިކާގެ ދައުލަތް ހިންގުމަށްވެސް އެތަކެއް އުނދަގޫތަކާ ވަނީ ކުރިމަތި ލާން ޖެހިފައިފަ އެވެ.

އަދި ސަރުކާރުގެ ބައެއް އޮފީސްތައް ހުއްޓުމަކަށް ގެނައުމުގެ މަސައްކަތް ވައިޓް ހައުސްއިން ފަށާފައިވާކަމަށްވެސް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަފަ އެވެ.

ADS BY ASTERS

Comments are closed.