ބަޑީގެ ހަމަލާ ދެމުންދާ ތަނަކަށް ބަޑިއަކާ ނުލައި ވަންނަން ކެރިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ، ދާދިފަހުން އެޤައުމުގެ ފްލޮރިޑާގެ ސްކޫލަކަށް ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން، އެމެރިކާގެ ގަވަރުނަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.

އަބަދުވެސް ކަންކަން ގޯސްކުރުމަށް، އެއްވެސް ވިސްނުމެއް ނެތި ވާހަކަ ދައްކާ ޓްރަމްޕް، އެބައްދަލުވުމުގައި ބުނެފައިވަނީ އެކަން ނުކުރާނަމަ އެކަކަށްވެސް ނޭނގޭނެކަމަށާއި އެހެންނަމަވެސް، އޭނާ ފްލޮރިޑާ ސްކޫލަށް ބަޑިން ހަމަލާ ދެމުން ދިޔަ ވަގުތު އެތަނުގައި ހުރިނަމަ، އެއްވެސް ހަތިޔާރަކާ ނުލައިވެސް އެތަނަށް ވަންނާނެކަމަށެވެ.

"ކަލެމެންނަށްކަށް ނޭނގޭނެ ކަލެމެން ޓެސްޓް ނުކުރަނީކަމެއް. އެކަމަކު އަހަރެން ޤަބޫލުކުރަނީ އަހަރެން އެވަގުތު އެތަނުގައި ހުރިނަމަ އެތަނަށް ވަންނާނެކަމަށް، އެއްވެސް ހަތިޔާރެއް ނެތަސް." ޓްރަމްޕް ބުނެފައިވެއެވެ.

17 ދަރިވަރަކާއި އިތުރު ޓީޗަރުންތަކެއް މަރުވި ހަމަލާއަށްފަހު، އެޤައުމުގެ އާއްމުންމަށް ބަޑި ގެންގުޅުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އެތައް ބަހުސެއް ކުރެވެމުންދާއިރު، އާއްމުންނަށް ބަޑި ނުގެންގުޅެވޭ ގޮތް ހެދުމަސް އެތައް ފަރާތަކުންދަނީ ކެމްޕޭން ކުރަމުންނެވެ. މި ކެމްޕޭނުގައި، އެސްކޫލުގެ ދަރިވަރުންދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓީޗަރުންގެ އަތަށް ބަޑި ދިނީމާ، ދެންވާނެ ގޮތަކީ، ޓީޗަރު އެންމެ ނުރުހޭ ދަރިވަރުގެ

    ގަޔަށް ޓީޗަރުންނަށް އޮޅިގެން ބަޑިޖެހޭގޮތްވާނީ.

  2. ސަޢުދީ ކަހަލަ އިސްލާމީ ގައުމުތަކުގައި ނޯވޭ ތިބިރެއް އެއީ އިސްލާމީ ޝަރީޢަތުގެ ސަބަބުން

  3. ޢަނެއް އަންނި

  4. ހާދަ ގަޓުވެފަ

    ތި ފިނޑި ގޮލަޔެއް.. ފޮނި ނުކަނޑާ.. ގަޔަށް ރެވިފަ ހުންނާނީ ރޯން...

  5. ސަޅިކެނޑިޔަސް ތީދެން ބޮޑުވަރު.