ފާއިތުވެ ދިޔަ ދުވަސް ތަކުގައި ޖަޕާނަށް އާދަޔާ ހިލާފަށް ހޫނުގަދަވެ. އެތަށް ބަޔަކު މަރުވެފައި ވަނިކޮށް ބާރުގަދަ ތޫފާނެއް މިއަދު ޖަޕާނަށް އަރައިފިއެވެ.

"ޖޮންގްޑާރީ" ނަމުން ނަންދީފައިވާ މި ތޫފާން މިއަދު ޖަޕާނަށް އެރި އިރު މީގެ މަހެއް ކުރިން ޖަޕާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 200 އަށް ވުރެން ގިނަ މީހުން މަރުވެ އަދި މީގެ ދުވަސް ތަކެއް ކުރިން ޖަޕާނަށް އާދަޔާ ހިލާފަށް ހޫނުގަދަވެ 80 އަށް ވުރެން ގިނަ މީހުން މަރުވެފައި ވަނިކޮށެވެ.

މި ތޫފާނުގައި 110 މޭލު ބާރުމިނުގައި ވައިޖެހެމުންދާއިރު ތޫފާނުގައި ޖަޕާނުގެ ހޮންޝޫއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

ޖަޕާނިގެ އެންއެޗްކޭ ޓީވީއިން ރިޕޯޓްކުރާ ގޮތުން މި ތޫފާނުގައި 150,000 ގެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވާއިރު މި ތޫފާނުގައި 16 މީހުން ވަނީ ޒަހަމު ވެފައެވެ.

ތޫފާނުން ރައްކާތެރިވުމަށް އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ދަނީ އަންގަމުންނެވެ. މި ތޫފާނުގައި ޖަޕާނުގެ ހުޅަނގުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަށް ހިންގަމުންދާ ކަމުގެ ރިޕޯޓުތަށް ވެސް ދަނީ ލިބެމުންނެވެ.

މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ ތޫފާން ޖަޕާނަށް އެރީ 2014 ވަނަ އަހަރުއެވެ. ތޫފާން މިއޮންގެ ނަންދީފައިވާ ތޫފާނު އެރީ ގަޑިއަކު 305 ކިލޯ މީޓަރު ބާރުމިނުގަ އެވެ.

އެ ތޫފާންގެ ސަބަބުން ބޮޑެތި ފެންބޮޑުވުންތައް ކުރިމަތިވެ ބައެއް ސަރަހައްދުތަކަށް 200 މިލިމީޓަރާއި 500 މިލިމީޓަރުގެ ވާރޭވެހުނެވެ.

ދުނިޔޭގެ މިޓިއޮރޮލިޖަކްނ އޯގަނައިޒޭޝަނުން ބުނީ އެއީ 2013 ވަނަ އަހަރު ފިލިޕީންސް އަށް އެރި ތޫފާން ހައްޔާން ހާ ބާރުގަދަ ތޫފާނެއް ކަމަށެވެ.

ހުޅަނގު މޫސުމުގައި ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން ޖަޕާނަށް އާއްމުކޮށް ޖެހެ އެވެ. އެހެންވެ، އެ ގައުމުން ވަނީ ރައްކާތެރިކަމުގެ ދާއިމީ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.