އިންޑޮނޭޝިއާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ލޮމްބޮކް އަށް މިއަދު ހެދުނު އައި ބާރުގަދަ ބިންހެލުމުގައި 10 މީހުން މަރުވެ އެތަށް އިމާރާތްތަކަކަށް ބޮޑެތި ގެއްލުން ލިބުނު ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ބިންހެލުން އައިކަމަށް ރެކޯޑް ކުރެވިފައި ވަނީ 6.4 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

ގިނަ ބަޔަކު ނިދާފައި ތިއްބާ އައި މި ބާރުގަދަ ބިންހެލުން އައުމުން އިތުރު ލޮޅުންތެއް އަތުވެދާނެ ކަމަށް އެތަށް ބަޔަކު ވަނީ ރައްކާތެރި ވުމުގެ ގޮތުން ބިމާ ހަމަވެފައިވާ އިމާރަތް ތަކާއި ދުރަށް ގޮސްފައެވެ.

މިއަދު ހެދުނު އައި ލޮޅުން 30 ސިކުންތަށް ދެމިގެން ދިޔައިރު ބިންހެލުން އައި ވަގުތު ނިދާފައި އޮތް އިންޑޮނޭޝިއާގެ ލޮމްބޮކް ރިސޯޓް ރަށުގެ ރައްޔިތަކު ބުނީ އޭނާ ނިދާފައި އޮއްވާ ކުއްލިއަކަށް ހޭލެވުނީ މުޅި ގެ ހެލެން ފެށުމުން ކަމަށެވެ. ރައްކާތެރި ވުމުގެ ގޮތުން އޭނާ ވަނީ އެގެއިން ބޭރަށް ނުކުމެފައެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެ އެވެ.

އެގޮތުން 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހުމަކީ ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެން ގިން މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.

ކިޔުންތެރިންގެ ހިޔާލު