އަނެއްކާވެސް މުސްލިމް އުއްމަތަށް މިވަނީ ބިރުވެރިކަމާ ކުރިމަތިލާންޖެހިފައެވެ. ސީރިއާގެ ރަށެއް ކަމަށްވާ ގޫތާއަށް، ވާރޭ ވެހޭ ފަދައިން މިއަދު އެދަނީ ބޮން އަޅަމުންނެވެ. އެތަކެއް އާއިލާތަކެއް އެދަނީ ވުޖޫދުން ނެތެމުންނެވެ. އެތަކެއް އަނބީންނެއް ހުވަފެންވަމުންނެވެ. އެތަކެއް ދަރީންނެއް އެދަނީ ޔަތީމު ވަމުންނެވެ. ކުށެއްނެތް މައުސޫމް އެތަށް ކުދީންނެއް ބިކަވެފައި އެބަ ތިއްބެވެ. ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ފޮޓޯތަކުންނާއި ވީޑިއޯތަކުން އަޅުގަނޑުމެންގެ ހިތަކަށް ކެތެއް ނުކުރެވެއެވެ.

"ކޮންމެ ދުވަހަކު އެދަނީ ބޮމުގެ ހަމަލާތައް ދެމުން. އަހަރުމެން މިތިބެނީ ބިރުން ބޭރަށް ނިކުންނަން ނުކެރިފަ. މީ ކޮން ކަހަލަ ދިރިއުޅުމެއް؟ މިހާރު ފުދިއްޖެ. އަހަރުމެން އަތުގަ ކާނެއެއްޗެއް، ބޯނެ ފެންފޮދެއްނެތް. ކޮންމެ ރެއްކު ނިދަން މިޖެހެނީ ބިންމަތީގަ. ގައިމަތީގަ އަޅާލާނެ ފޮތިކޮޅެއްގެ މިންވަރުވެސް ނެތް. މިތަނުން ބޭރަށް ނިކުމެއްޖެ ނަމަ، އަހަރުމެންވެސް ބޮމުގެ ހަމަލާއެއްގެ ޝިކާރައަކަށް ވެދާނެ. މިތަނުގަ ހިނގާ އެއްވެސް ކަމެއް ނޭންގެނީތޯ؟ ބަޝާރުލް އަސަދަށް ﷲ ތެދުމަގު ދައްކަވާށި. މިތަނުގެ ކުޑަކުދިން މަރަމުން ހުރިހާތަނެއް ފަނާކުރަމުން ދާއިރު ކަލޭމެންގެ އަމިއްލަ ދަރިން ނުތިބެނީތޯ؟ މިގޮތަށް އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިން މަރަމުން ތި ގެންދަނީ ކީއްވެތޯ؟ ޙުދު އަހަރެންގެ ބައްޕަވެސް މިއަދު މިދުނިޔޭގަ ނެތް. އަހަރުމެން ހަމަ އެކަނި މި އެދެނީ ހިމާޔަތަށް. އަރަބި އެއްވެސް ގައުމަކަށް އަހަރެމެންގެ މި ހާލެއް ނުފެނޭ. އެންމެން އަހަރުމެން މަތިން ހަނދާން ނައްތާލައިފި. ﷲ އަހަރެމެންނަށް ސަލާމަތްކަން ދެއްވާށި." މިއީ ގޫތާގެ ކުޑަ އަންހެން ކުއްޖެއްގެ އަސަރު ގަދަ ވާހަކައެވެ.

https://www.facebook.com/mosheikh07/videos/2085596211465380/?story_fbid=545012455880408&id=100011149748177

މިއީ އަޅުގަނޑުމެންގެ ތެރެއިން މީހެއްގެ ދަރިއެއްގެ ވާހަކަ ނަމަ އަޅުގަނޑުމެންގެ ހިތަށް ކެއްވާނެތޯއެވެ؟ މިއަދު މިވަނީ އުއްމަތާމެދު ހިތާމަ ކުރަން މަޖުބޫރުވެފައެވެ. އަހަރެމެންގެ ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ) ހަދީޘް ކުރައްވާފައިވަނީ މުސްލިމް އުއްމަތުގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލު ކަމަށެވެ. އެހެން ކަމުން ގޫތާގެ ނިކަމެތި ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން އެދާ ވޭން އެއީ ޚުދު އަޅުގަނޑުމެންނަށް ލިބޭ ވޭނަކަށް ނުވެދާނެތޯއެވެ. އެ އަޚުންނާއި އުޚުތުންނަށް ޓަކައި ހެޔޮދުޢާ ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެކެވެ.

މި ހަމަލާ ތައް ދޭންފެށިތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް ފަސްސަތޭކައެއްހާ މީހުން ވަނީ ގަތުލު ކުރެވިފައެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު