ޗައިނާގެ އަސްކަރީ ހޮސްޕިޓަލެއްގައި ލޯޔަރަކު މަރުވުމުން ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަރުވެފައިވަނީ އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ ލި ބައިގުއާންގް ނަމަކަށް ކިޔާ ވަކީލެކެވެ. އޭނާ މަރުވި ސަބަބެއް އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވި ނަމަވެސް އޭނާ  މަރުވީ ފުރަމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އޭނާއަށް ފަރުވާ ދެމުން ދިޔަ އަސްކަރީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ނަމަވެސް ގިނަ ސަބަބުތަކަށްޓަކައި އޭނާގެ މަރުގެ ހަގީގަށް ހޮސްޕިޓަލުން ފޮރުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަކީ ސިއްހީ ގޮތުން މައްސަލަތަކެއް ހުންނަ މީހެއް ނޫނެވެ.

ބައިގުގާންގް އެ ހޮސްޕިޓަލުގައި އެޑްމިޓް ވީ އިއްޔެ، އޭނާގެ ބަނޑުގައި ރިއްސަން ފެށުމުންނެވެ. އެކަމާ ގުޅިގެން އޭނާ މަސައްކަތްކުރާ ކްރިސްޓަން ނޮން ޕްރޮފިޓް ގްރޫޕުން ބުނީ އޭނާގެ މަރުގެ ޒިންމާ ޗައިނާގެ ސަރުކާރުން ނަގަން ޖެހޭނެ ކަމަށެވެ.

"ޗައިނާއަކީ އިންސާނީ ހައްގުތައް ހޯދައިދިނުމުގައި ނުކުޅެދޭ ގައުމެއް. ޚާއްސަކޮށް އިންސާނީ ހައްގުތަކަށް ގޮވާލައި ވަކާލާތު ކުރާ މީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އަބަދުވެސް ޗައިނާއިން އިހުމާލުވޭ،" އެ ގްރޫޕުން ނެރުނު ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު