ޑީސަލް އަޅައިގެން ކާރު ދުއްވުން ޖަރުމަނުގައި މަނާކޮށްފިއެވެ.

ޖަރުމަނު ވިލާތުގެ ބައެއް ސިޓީތަކުގެ ކޯޓުތަކުން ދެންމެ ނެރުނު އަމުރެއްގައިވަނީ ދެން އެސަރުހައްދު ތަކުގައި ޑީސަލް އަޅައިގެން ކާރު ދުއްވުމަކީ މަނާކަމެއް ކަމުގައެވެ. މީޑިޔާ ރިޕޯޓްތަްށް ބުނާގޮތުން ޖަރުމަން ވިލާތުގައި ޑީސަލް އަޅައިގެން ދުއްވާ ވަރަށް ގިނަ ކާރު ތަކެއް ހުރުމާއެކު ކުއްލި އަކަށް މިނެރުނު އަމުރުގެ ސަބަބުން ގިނަ ކާރު ދުއްވާ ފަރާތްތަކަށާއި އާމުންނަށް އުދަގޫތަކެއް ކުރިމަތި ވެގެން ދާނެކަމަށެވެ.

މިގޮތަށް ކޯޓުން އަމުރު ނެރެފައިވަނީ ޖަރުމަނުން ބޭރުކުރާ ވިހަ ދުންތައް މަދުކުރުމަށް ގުރީންޕީސް ޖާމަނީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއް ގައެވެ.

ޖަރުމަން ވިލާތުން މިނިންމި ނިންމުމާއެކު ޑީސަލް ތެލަށް އޮންނަ ޑިމާން ވަރަށް ބޮޑަށް ދައްވާނެ ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު