އަވަށްޓެރި އިންޑިއާގައި އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އެ ޤައުމުގެ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފޭކް އަމުރެއް ތަންފީޒް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ހާދިޘާ ހިނގާފައި ވަނީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައެވެ. ދިއްލީގެ މަޝްހޫރު ކޮލެޖެއްގައި މަސައްކަތް ކުރަމުން އައި އެސިސްޓަންޓް ޕްރޮފެސަރަކު ވަނީ އެތަނުގެ ޕްރިންސިޕަލާއި، އިސް ފަރާރްތަކާއި ދެކޮޅަށް މައްސަލަ އެއް ކޯޓަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް، ކޯޓުތަކުން އެ މައްސަލަ ބަލައި ނުގަތުމުން އެ ފްރޮޕެސަރު ދަރިފުޅު ކަންތައް ކުރީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

އެނގިފައިވާ ގޮތުގައި އެ ޕްރޮފެސަރަކީ ލޯފަން މީހެއް ކަމުގައި ވާއިރު، އެ މައްސަލަ ބަލައި ނުގަތުމުން އޭނާގެ ދަރިފުޅު ވަނީ ބައްޕަ އަށް މީހުން ކުރާ އިޙްތިރާމް ކުޑަވިޔަ ނުދިނުމަށްޓަކައި، ފޭކް ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އަމުރެއް ނެރެފައެވެ.

ކޯޓްތަކުފެ ފޭކް ވެބްސައިޓެއް ހަދައި، ފޭކް އަމުރެއް ނެރުމަށް ފަހުގައި ދަށް ކޯޓުތަކަށްވެސް އެ އަމުރު އެ ކުއްޖާ ފޮނުވާފައި ވާއިރު، މާ ގިނަ އިރުތަކެއް ނުވެ މިކަން ވަނީ ފަޅާ އަރާފައެވެ. މި މައްސަލާގައި މި ކުއްޖާ ހައްޔަރު ކޮށް، ނަސޭހަތްދީ ކަފާލާތުގެ ދަށުން ދޫކޮށްލުމުންވެސް އޭނާ ވަނީ އަނެއްކާވެސް މި މަސައްކަތް ފަށާފައެވެ. އެހެންކަމުން އެ ޤައުމުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެ ކުއްޖާ މޮނިޓާ ކުރެވޭ ފަދަ ތަނަކަށް ބަދަލު ކުރަން ނިންމާފައެވެ.

އެ ޤައުމުގެ ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާ މިކަން ކޮށްފައި ވަނީ އޭނާގެ ލޯފަން ބައްޕަގެ އިރުޝާދުގެ ދަށުންނެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    ކޯޓްގެ ނަމުގައި ކޮއްމެއެއްޗެއް ނެރުނަސް ނާ ކަމުދާނެތާ އަލީހަމީދުމެން ނެރުނުއެތިވެސް ރަނގަޅޯ!!