ސައުދީ އަރަބިއްޔާ އަށް ކުރަމުންދާ ބޯ ވިއްސާރައެއްގައި މައްކާ އާއި މަދީނާ އަށް އަސަރުކޮށް މަދީނާގެ ވަރަށް ގިނަ ވެހިކްލަތަކަށާއި އެހެން ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަދީނާ އާއި މައްކާގެ އިތުރުން ދަވަދްމީ އަދި އަލް ބަހާ ޕްރޮވިންސަށް ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ނަމަވެސް މަދީނާ ފިޔަވައި އެހެން ރަށަކަށް އަދި ބޮޑު ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނުލިބެއެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ވިއްސާރައިގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ނަމަވެސް މިވިއްސާރަ އަކީ ތޫފާނެއްގެ ސަބަބުން ކުރާ ވިއްސާރައެއް ނޫން ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ކުރިއަށް އޮތް ދެދުވަހު ވެސް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބެ

    ތީ ބުހުތާން ދޮގެއް. ނުވާނެ

  2. އަޙްމަދު

    ބަޔަކުމީހުން ދަނީ މިދުނިޔެ މަތީގައިވާ އެންމެ މާތް ބިމުގެ ހުރުމަށް ކަނޑަމުން. ފާއިތުވި 1400 އަހަރު ތެރޭ ނުފެންނަ މުންކަރާތްތަކަށް ދަނީ ވާނީ ދޮރު ހުޅުވާދީފައި އަދި އެއަށްވުރެ ބޮޑެތި މުންކަރާތްރަތަށް ދޮރު ހުޅުވަމުން. މިކަންކުރާ ބަޔަކު ނިކަމެތި ކުރައްވާފާނދޭވެ އެހެންނޫންނަމަ އެމީހުންގެ އީމާންތެރިކަން ވަރުގަދަ ކުރައްވާފާނދޭވެ. އާމީން