ސުރީލަންކާގައި ހިންގި ހަމަނުޖެހުންތަކެއްގައި ބުދިޝްޓުންގެ ބަޔަކު މުސްލިމުންގެ ފިހާރަތަކަށާއި މިސްކިތްތަކަށް ހަމަލާދީފިއެވެ.

މިހަމަލާތަކުގައި ގިނަ އަދަދެއްގެ އަދެއްގެ މިސްކިތަތަކަށާއި ފިހާރަތަކަށް ގެއްލުން ދީފައިވާއިރު 5 މީހަކަށްވަނީ ބޮޑަތި ޒަހަމަށްތަކެއް ލިބިފައެވެ. މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ބުދިޝްޓުނާއި މުސްލިމުންނާއި ދެމެދު ބޮޑަތި ހަމަނުޖެހުންތަކެއް ކުރިޔަށްދާތާ އަހަރެއް ވެފައިވާ ކަމަށާއި ހަމަލާދޭ ބުދިޝްޓުން ބުނަމުން ގެންދަނީ ބުދިޝްޓުންގެ ބައެއްމީހުން މުސްލިމުންގެ ދީނަށް ގަދަކަމުން ގަދަކަމުން ވެއްދުމުގެ މަސައްކަތް މުސްލިމުން ކުރަމުންދާކަމަށެވެ.

ލަންކާގެ އިރުމަތީ އަވަށްތަކުގައި މިހާރު ހިންގަމުންދާ މިދާ އަމަލްތަށް ދަ މުސްލިމް ކޮމިއުނިޓީ އޮފް ސިރީލަންކާ އިންވަނީ ކުށްވެރިކޮށްފައެވެ. އަދި ދީނީ ފިކުރަށް ބެލުމެއްނެތި ހައްޤުތަށް ކަށަވަރު ކޮށްދެއްވުމަށް ސިރިސޭނާގެ ސަރުކާރަށް މުސްލިމުންގެ ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިދިޔަ އަހަރު އެކަނިވެސް މުސްލިމުންނަށް އަމާޒުކޮށް ވިއްސަށްވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ. 21 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުލީލަންކާ ދިރިއުޅޭ މުސްލިމުންގެ ނިސްބަތް ވަރަށް މަދެވެ. އާބާދީގެ 13 ޕަރސެންޓަކީ ހިންދޫނެވެ އަދި 70 ޕަސެންޓަކީ ބުދިޝްޓުންނެވެ. މުސްލިމުންގެ އިންސައްތައަކީ އެންމެ 9 އިންސައްތައެވެ.

ސުރީ ލަންކާގެ އާބާދީގައި މުސްލިމުންގެ ނިސްބަތް އިތުރު ވަމުންދާއިރު މުސްލިމުނަނަށްދޭ މިފަދަ ހަމަލާތަަށްދަނީ އިތުރުވަމުންނެވެ. ސުރީލަންކާގެ މުސްލިމުންގެ ދެކޭގޮތުގައި މިއީ މުސްލިމުންގެ އަދަދު އިތުރުވެ، މުސްލުންގެ ބާރުވެރިކަން ބޮޑުވާން ފެށުމެން، މުސްލިމުންގެ ބާރު ނެރިކޮށްލުމަށްޓަކައި ދެވެމުންދާ ހަމަލާތަކެވެ.

ސިރިސޭނާގެ ސަރުކާރުން ސުރީލަންގައި ދިރިއުޅޭ ހުރިހާ ރައްވެހިންނަށް ހިމާޔަތްދޭނެކަމަށާއި މައިނޯރިޓީ ވިސްނުންތަކަށް ހިމާޔަތްދޭނެ ކަމަށް ބުނެފައިވިޔަސް، މުސްލިމުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ހުއްޓުމެއްނެތި ދޭތީ ސިރިސޭގެ ސަރުކާރަށް ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހަންމަދޭ

    ނަރަކައިގެން އަލިފާން ދަރުބުރިތައް މިސްކިތްތަކަށް ހަމަލާ ދޭއިރު މުސްލިމުން ދުވަހަކުވެސް މުސްލިމުން ކަލޭމެންގެ ޝިރުކު ކުރާ ތަންތަނަށް ހަމަލާ ނުދޭކަމީ މުސްލިމުންގެ އަޚްލާޤާއި ކެތްތެރިކަން އަންގައިދޭ މިސާލެއް. ކާފަރުންތަކާ ދިމާއަށް އަހަރުމެން ހޭ ދުވަހު ބަލަން ތިބޭތި.

  2. ގަނޑިޔާ!!!

    ބާކީ %8 ކޮބާ؟!!؟؟ އެއީ ކޮންބައެއް؟؟

    • މޮޔަ ގަނޑިޔަ

      ސަބަސް! ޢެއީ ދީން ގަބޫލު ނުކުރާ އެތިއެސްޓުން ނޭ ގަނޑިޔާ!!

  3. އަހަނދޭ

    ބީ އޯ ސީ އަށް ޕޭމަންޓްގާ އުކަންވީ