އެމެރިކާގެ ޓެކްސަސް އަކީ އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދޭ އެމެރިކާގެ ސްޓޭޓެވެ. ޓެކްސަސްގެ މީހުން މަރަން ހާއްސަކޮށްފައިވާ ޖަލުގައި މީހުންނަށް މަރުގެ އަދަބު ދިނުމުގައި އެންމެ އިސްކޮށް ފާއިތުވި 25 އަހަރު މަސައްކަތް ކުރި މައިކަލް ގްރީޒް ވަނީ އޭނާ އަށް ފެނުނު މަންޒަރުތަކާއި އެކިފަހަރު މަތިން 400 އަށް ވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދިން އިރު އެތަނުގައި ހުރި މީހެއްގެ ހައިސިއްޔަތުން އޭނާ އަށް ކުރެވުނު ތަޖުރިބާތައް މީޑިއާ އާއި ހިއްސާ ކޮށްފައެވެ.

"އެއީ ކުޑަ ކޮޓަރިއެކެވެ. ބެލްޓްތަކެއް ހަރުކޮށްފައި ހުންނަ އެނދެއް ކޮޓަރީގެ މެދުގައި ހުންނާނެއެވެ. މީހުން މަރަނީ ލީތަލް އިންޖެކްޝަނެއް ޖަހައިގެންނެވެ. އިންޖެކްޝަން ޖެހުމުގެ ކުރިން ބެލްޓް އަޅުވާ މީހަކަށް ހިރިނުލެވޭ ވަރަށް ބާރު ކުރާނެއެވެ. މަރުގެ އަދަބު ތަންފީޒު ކުރަން ގެންނަ މީހުން ވަރަށް ތަފާތެވެ. މަރު ވުމުގެ ކުރިން އެމީހުން ދައްކާ ވާހަކަ ވެސް ތަފާތެވެ." ގްރީޒް ބުންޏެވެ.

ޓެކްސަސްގައި މަރުގެ އަދަބު ދެނީ މީހުން މަރާފައިވާ މީހުންނަށެވެ. އެހެންކަމުން ގްރީޒް އަށް ފެނުނު އެންމެންނަކީ ވެސް މަދުވެގެން އެކަކު މަރާފައިވާ މީހެކެވެ.

ގްރީޒް ބުނީ އޭނާ އަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ އަކީ ބައެއް މީހުން މަރަން އެނދުމައްޗަށް އެރުވުމަށް ފަހު އިންޖެކްޝަން ޖަހާ އެމީހަކަށް މަރުގެ ރަހަ ލައިފިހެން ހީވުމުން ބިރުން ތެޅިގަންނަ ތެޅިގަތުމެވެ. "އެއީ އެމީހުންނަށް އިތުރު ނުރައްކަލެއް ފެނިގެން ހަށިގަނޑަށް އަންނަ ބަދަލެއްހެން ބަލަން ހުންނައިރު ބައެއް ފަހަރު އަހަރެންނަށް ހީވެއެވެ. އެއީ ފިލްމްތަކުން ފެންނަ ގޮތައް ޖިންނި އަވަލުމުން މީހުންނަށް ވާފަދަ ގޮތެކެވެ. ބައެއް ފަހަރު އަހަރެންނަށް ހީވަނީ އެމީހުންގެ ކައިރީގައި ނުފެންނަ އެހެން މީހަކު ހުންނަ ހެންނެވެ." ގްރީޒް ބުންޏެވެ.

ގްރީޒް ބުނީ ބައެއް މީހުން މަރުގެ އަދަބު ދިނުމުގެ ކުރިން ކެއުމަށް އޯޑަރު ކުރާ އެއްޗެހީގެ ސަބަބުން ވެސް އޭނާ އަށް ހައިރާންކަން ލިބެއެވެ. މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން އެއްޗެއް ކެއުމުގެ ފުރުސަތު ދެއެވެ.

ގްރީޒް ބުނީ މަރުވުމުގެ ކުރިން ގިނަ މީހުން އެމީހުންގެ ކުށަށް އިއުތިރާފުވެ އަވަހަށް މަރުވުމަށް އެދޭކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވިސްނާ

    އެވަގުތުގަ މަރުގެ މަލާއިކަތާ އޭނާގެ ފުރާނަ ބަލާ އައިސް ހުންނާނެ. ﷲއަކްބަރު.

  2. ހައިރާން

    އެމީހަކީ ނުބައި މީހެއްނަމަ އެމީހާގެ ފުރާނަ ހަށިގަނޑުން ނުކުންނަނީ ކަށިފަޅާފަ އޮންނަ އެއްޗެއް ފޮތިގަނޑެއްގެ ތެރެއަށްލާފަ ދަމާލީމަ ނުކުންނަ މިސާލެވެ.

    • ކިޔުންތެރިޔާ

      ތިބުނީ ކީކޭތަ؟ ގެޓެއްނުވި !

      • ޜަނީ

        ޢަލައް އަޑު އެހި ވާހަކައެއްތަ.
        އެއީ ނުބައި މީހުންގެ ފުރާނަ ގެންދެވޭގޮތުގެ މިސާލު ކީ ރިތި ގުރުއާން ގަސިފަކޮއް ދެއްވާ ފަ ވާ ގޮތް.

      • ޔޫސުފް

        އެބުނީ ނުބައި މީހާގެ ފުރާނަ ހަށިގަނޑުން ނުނިކުންނަން ގަދަ ހަދާލާ ވާހަކަ. އަދި ގަދަ ކަމުން ފުރާނަ ނެރެވޭ އިރު އެތެރެހަށި ވީދި ހަލާކުވާފަދަ އިޙްސާސް އެމީހަކަށް ކުރެވޭނެ ވާހަކަ.

  3. ނުރަބޯ

    ސުބްޙާނަﷲ. މާތްﷲ ކަންކަން ރާއްވަވާފައިވާލެއް ފުރިހަމަކަމާއެވެ.

  4. ޔަގީން ކަށަވަރު

    ހީވާނީ އެއް ނޫން އަހަރެމެންނަށް، ޔަގީން ކަށަވަރު މަލާއިކަތް ބޭކަލުން ވަޑައިގަންނަވާނެކަން. ޣައިބުގެ ކަންކަން ހަމަ އެކަނި ޔަގީން ކުރެވޭނީ ދެ ވަޙީގެ ޒަރީޢާއިން، ގުރުއާން އަދި ސުންނަތުން. އަލްޙަމްދުލﷲ އިސްލާމީ މާތް އަގީދާގެ ނިއުމަތަށް. އެއަށް އީމާން ނުވާ ނަމަ ނަފްސާނީ ވިސްނުން ވަނީ ހައިރާންކަމެއް ތެރޭގައި