ދޮގުތަކެއް ހެއްދެވިކަމަށް އިއުތިރާފްވެ، ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހޯޕް ހިކްސް އިސްތިއުފާ ދެއްވައިފިއެވެ.

މީޑީޔާ ރިޕޯޓްތަށް ބުނާގޮތުން ހޯޕް ހިކްސް އިސްތިއުފާ ދެއްވީ އިއްޔެއެވެ. ހޯޕް ހިކްސް އިސްތިއުފާ ދެއްވީ ވައިޓް ހައުސްގައި އޭނާ އަށް ކުރެވެން އޮތް ހުރިހާ ކަމެއްކޮށް ނިމުމުން ކަމަށް ހިކްސް ވިދާޅުވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ބައެއް މީޑިޔާތަކުން ތުހުމަތު ކުރާ ގޮތުގައި ހޯޕް ހިކްސް އިސްތިއުފާ ދެއްވީ، ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލައިގާ ގާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީއަށް އޭނާ ދެއްވި ހެކި ބަހުގެ ސަބަބުން ނޫނެވެ. ހޯޕް ހިކްސް އިސްތިއުފާ ދެއްވަމުން ބުނެފައިވަނީ ޤާނޫން ހަދާ މަޖިލީހަށް ޓުރަންޕް ދިފާއުކުރުމަށް ކުދި ކުދި ދޮގު ހަދާފައިވާނެ ކަމަށާއި ބޮޑު ދޮގެއް ނުވަތަ އެއްވެސް މައުލޫމާތެއް އޮޅުވާލާފައި ނުވާޏެ ކަމަށެވެ.

އެހެންނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު މިކަން ދޮގު ކުރެއެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ސޭންޑާސް އިތުރަށް ވިދާޅުވެފައިވަނީ އަދި އިތުރު ދެތިން ހަފްތާގައި ވައިޓް ހައުސްގައި ހޯޕް ހިކްސް ހުންނަވާނެކަމަށެވެ.

ހިކްސް އަކީ ޓްރަމްޕް ސަރުކާރުގެ ހަތަރު ވަނަ ކޮމިއުނިކޭޝަންސް ޑިރެކްޓަރެވެ. މީގެ ކުރިން މައިކް ޑަބްކީ އާއި ޝޯން ސްޕައިސާ އާއި އެންތަނީ ސްކަރަމޫޗީ ވަނީ އެ މަގާމު ފުރުއްވައިފަ އެވެ.