މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމެރިކާގެ އާއްމު އިންތިޙާބުގައި ވާދަކުރާނެ މެންބަރުން ހޮވުމަށްޓަކައި، ބޭއްވި ޕްރައިމަރީ އެއްގައި، މުސްލިމު އަންހެނު ހޮވިއްޖެއެވެ. އިންތިޙާބުގެ ކުރިން ބާއްވާ، އަވަށު ފެންވަރުގެ ޕްރައިމަރީ އިން މި އަންހެން މީހާއަށް ފަސޭހަ މޮޅެއް ލިބިފައިވުމުން، އިންތިޙާބުގައިވެސް ކާމިޔާބުވާނެކަމަށް ބެލެވެއެވެ.

ނޮވެމްބަރު މަހު އޮންނަ އާއްމު އިންތިޙާބު ކާމިޔާބު ކުރެއްވިއްޖެކަމުގައިވާނަމަ، ރާޝިދާ ތްލައިބު ނަމަކަށް ކިޔާ މި އަންހެން މީހާ ވެގެންދާނީ، އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސް އަށް އިންތިޙާބުވާ ފުރަތަމަ މުސްލިމު އަންހެނާއަށެވެ.

މީޑިޔާތަކުން ބުނެފައިވާ ގޮތުގައި، ރާޝިދާ އަކީ، ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ. އޭނާގެ މައިންބަފައިންނަކީ، މީގެ އަހަރުތަކެއް ކުރިން ފަލަސްތީނު ދޫކޮށް، އެމެރިކާއަށް ހިޖުރަކޮށްގެން، އެމެރިކާގައި ދިރިއުޅެމުންދާ ބައެކެވެ.

އެމެރިކާގައި، ކޮންމެ ދާއިރާއަކުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބާއްވާައިރު މި ޕްރައިމަރީގައި ރާޝިދާ އަށް 33.6 އިންސައްތައިގެ ވޯޓު ލިބިފައިވެއެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރި ކެންޑިޑޭޓަށް ލިބިފައިވަނީ، ޕްރައިމަރީގައި ވޯޓުލީ މީހުންގެ 28.5 އިންސައްތަ ވޯޓެވެ.

ރާޝިދާ ކުރިމަތިލައިފައިވަނީ، އެޤައުމުގެ އިދިކޮޅު މައި ޕާޓީ، ޑިމޮކްރަޓިކް ޕާޓީގެ ފަރާތުންނެވެ. އޭނާއަށް އިންތިޙާބު ކާމިޔާބު ކުރުމުގެ ފުރުޞަތު ބޮޑުވެފައިވަނީ، އެދާއިރާ އިން، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަދި އެހެން އިތުރު ޕާޓީއެއްގެ ކެންޑިޑޭޓަކުވެސް ކުރިމަތިލައިފައި ނުވާތީއެވެ.

މިޝިގަންގެ ދާއިރާއަކުން ރާޝިދާ ކުރިމަތިލުމަށް ނިންމާފައިވާއިރު، މިކަމާ ގުޅިގެން، އޭނާވަނީ އޭނާއަށް ވޯޓުލީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނެފައިވަނީ މިއީ ޤަބޫލު ކުރަން ދަތިކަމެއްކަމަށާއި، މަޖިލީހުގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ކެތްމަދުވެފައި ހުރިކަމަށެވެ.

ރާޝިދާވަނީ ވަރަށް ބޮޑަށް، ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، މުސްލިމުންނަށް ކުރަމުންދާ ދުއްތުރާތަކަށް ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބޯބުރި

    ބުރުގާ ކޮބާ؟

  2. މުނާ

    މުސްލިމު އަންހެނުން ތިބޭނީ ރީތިކޮށް ޙިޖާބުވެގެން، ނަމަވެސް ކާފަރުން ގާތުގައި ޙިޖާބަކީ އަގެއްނެއް އެއްޗަކަށްވުމުން ބައެއް އަންހެނުން ދުނިޔެއަށްޓަކައި އެކަން ދޫކޮށްލާތީ ވަރަށް ދެރަ އަދި އާޚިރަތުގައި ވެސް އެކަނބަލުނަށް ދެރަގޮތެއް ވެދާނެތީ ބިރުގަނޭ

    • އަލީ

      މިސަރުކާރުގަވެސް ވަޒީފާ ދެނީ ތިހެންތިބޭ އަންހެނުންނައް

      • އަލީ

        މުސްލިމާގެ މާނަޔަކީ ހައްދުންފަހަނަ އަޅާ ދިއުމެއްނޫން

        • Anonymous

          މުސްލޮމާގެ މާނަ އަކީ ލާދީނީ ވުމެއް ނޫން. އޭނަ ވާން ޖެހޭނީ ބޭރު ފުށުންވެސް މުސްލިމް އަންހެނަކައް.

          • މަގޭ މަސް

            ކަލެޔެކަށް ނުފެނޭތަ އެހެރީނުފެންނަން މުސްލިމް ނޫންކަން ކަލޭ ބަލަނީ ސުތުލި ގޯންޔެއް ފެއްތީމަތަ

          • ކުކުޅު

            މުސްލިމެއްކަން އެނގޭ އެއްވެސް ކަމެއް ނެތް ފެންނާކައް.ލާދީނީ ހުރިހާ ކަމެއް ބޭރުފުށުން އެބަ ފެނޭ

      • ނުރަބޯ

        މިސަރުކާރުން ވަޒީފާދިނުމުގައި ވަކިގޮތަކަށް ހެދުން އަޅައިގެން ތިބޭ އަންހެނުންނަށް އިސްކަންދޭ ގޮތެއް އަދި ނުގެންގުޅޭ. އަންހެނުންގެ ޢައުރައަކީ ކޮބައިިކަން އެނގޭ މީހުން ތިޔަ ކަހަލަ ވާހަކައެއް ނުދައްކާނެ.

    • އެ

      އަޅުގަނޑުމެން މުސްލިމުންނަށް މާތްﷲ ފުދޭނެ އިންޝާﷲ ދެދުނިޔޭގެވެސް ހެޔޮގޮތް އޮތީ މުސްލިމުންނަށް އަލްހަމްދުﷲ. ހަދާނުގަ ބަހައްޓަންވީ ދުނިޔެއަކީ ހެއްލުންތެރިކަމުގެ ވަގުތީ ދަޅައެއްކަން އިސްލާމް އަކީ އަސްލުދީންކަމުގާވުމުން ނުރުހޭމީހުން ނޭނގިވެސް އެނގިގެންވެސް ނުރުހޭނީ އިސްލާމް ދީންއަށްކަން. ނުރުހޭ މީހުނަށްވެސް މަތީ މަގާމުތަކަށް އާދެވޭނެކަން އެހިސާބުން އުނދަގޫބޮޑުވާނެކަން އެކަމްވެސް ހަނދާންކުރަންވީ މިދުނިޔޭގަވެސް މާތްﷲ އިރާދަފުޅުން ދީނަށްރުހޭ ކެއްތެރިވާ މީހުނަށް ލިބޭ ހެވާލާބަ ބޮޑުވާނެކަން އަލްހަމްދުﷲ

  3. މުސްލިމް

    ކިހިނެތްވާނެބާ މުސްލިމްއަނަހެނާ މިހާރުވެސްހުރީރަގަޅަށް އައުރަނިވާނުކޮށް

    • ހުސެން

      ތިޔަކިޔާ އައުރަޔަކީ ކޮބާ

  4. ޒަޕް

    އަޅެ އެއްފަހަރުވެސް އޭނާ އަށް ތެދުމަގު ދައްކަވާތޯ ދުޢާ ކޮށްލަބަލަދޯ ތިހުރިހާ ވާހަކައެއް ނުދައްކާ. އެއީ ދޯ މުސްލިމުންގެ ގޮތަކީ. މި މާލޭގަ އުޅޭ މީހުން މިޔަށްވުރެ ނިވާ ކުޑަ އެއްޗެހި ލާ ދޯ.

  5. ޖާާހިލިއްޔަ

    އަހަރެމެން މުސްލިމު ކިޔަނީ ޖިލްބާބުލާފަ ތިބޭ އަންހެނުންނަށް . ފަގުޑިއަޅައި ޖުއްބާލީ ފިރިހެނުންނަށް

  6. Anonymous

    ނަމެއްގަ މުސިލިމެކޭ ތީ. އެމެރިކާގަ ތިބޭނީ އޮޕެން މައިންޑް މުސްލިމުން. އެމީހުންނެކޭ ކާފަރުން ނެކޭ އެއްފަދަ ވާނެ. މި ރާއްޖޭގަވެސް އެބައުޅޭތާ 100% މުސްލިމުން އެކަމަކު ހަގީގަތަކީ 3% ވެސް މިހާރު ނެތް.

  7. ހިމް

    ކުރީގަ ރާއްޖޭ ގަ އުޅުނު އެއްމެން ދާނީ ނަރަކައަށް ދޯ.. ކުރީގަ އެއް ތި ކިޔާ ބުރުގާ އެއް ނާޅާ... ހެދުމަކުން ނެއް ނުން މީހާ ގެ އީމާން ތެރިކަން ބަލަނީ.. އެތެރެފުށް ބަލަން ޖެހެނީ... ބުރުގާ އަޅާފަ ހެޔޮދޯ ކޮންމެ ކަމެއް ކުރިއަސް

  8. Anonymous

    ނަންވަނީ މުސްލިމް އެކަމް އުޅެނީ ނަސާރާގޮތުގައި

  9. ކެނެޑީ

    މިތާ ކޮމެންޓު ކުރާ މީހުންނަކާ މަތިން ހަވާލުކުރީތޯ އެހެންމީހުން ތެރޭ ސުވަރުގެދާމީހުންނާ ނަރަކަދާ މީހުންނާ ފާފަވެރިންނާ ފާސިގުން ކަނޑައަޅަން.. ތިމާގެ އަމިއްލަ ނަފްސު މިނެކިރާލުން މާބުއްދިވެރިވާނެ

  10. Anonymous

    ތިއީ މުސްލިމް އަންހެނެއް ނޫން.ތިއީ ކާފަރު އަންހެނެއް މުސްލިމް ނަމެއް ކިޔާ

    • އިމް

      ހަމަ ވެދާނެ އޭނަޔަށް އަދި ދީން ރަނގަޅަށް ނޭނގެނީކަމަސް އެހެންވީމަ ކާފަރަކަށް ނޫންތާވާނީ. މުސްލިމަކަށް ކާފަރު ކިޔާކަށް ނުވާނެ

    • ގަމާރުމޯލްޑިވިއަން

      ދޮރު މަތީ ނަރަކައިގެ ހުރި މީހާ މީ ދޯ

  11. ޑީޑީ ޖޖޖޖ

    މުސްލިމުން ތިބޭނީ ސައުދީގައާ ޕާކިސްތާނުގަ