ރޭޕް ކުރުން އާންމު އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރު ޕްރަދޭޝްގެ ސިޓީއެއްގައި އުމުރުން 30 އަހަރުގެ އަންހެނަކު ރޭޕްކޮށްލައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، މަތުރާ ނަމަކަށް ކިޔާ ސިޓީގައި ހަތަރު މީހަކު ވެގެން އެ އަންހެން މީހާ ރޭޕްކުރީ ހޮސްޕިޓަލުގައި އޮތް އޭނާގެ ފިރިމީހާއަށް ކާން ދިނުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. އަދި އަންހެން މީހާ ރޭޕްކޮށް އަނިޔާ ކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

ގޭންގު ރޭޕެއްގެ ގޮތުގައި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން، ރޭޕްކުރި ކަމަށް ބުނާ ހަތަރު މީހުންގެ ތެރޭގައި މަތުރާ ސިޓީގައި އޮންނަ ފަރާހް ނަމަކަށް ކިޔާ ސަހަރެއްގެ ވެރިއަކު ވެސް ހިމެނެއެވެ.

ފަރަހް ސަހަރުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އަންހެން މީހާ ރޭޕްކޮށް އެއްލާލާފައި އޮއްވާ ފެނުނީ، ހޮސްޕިޓަލުގައި އޮތް އޭނާގެ ފިރިމީހާ ކައިރިން އެނބުރި ގެއަށް ގޮސް ހަބަރެއް ނުވެ ގިނަ އިރުތަކެއް ވުމުން، އަވަށު މީހުން ނުކުމެ ހޯދަނިކޮށް، އޭނާ ދިރިއުޅޭ އަވަށާ ދުރު ހިސާބަކަށް އެއްލާލާފައި އޮއްވައެވެ.

އަދި އަންހެން މީހާ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ޑޮކްޓަރުން ހެދި ޓެސްޓުތަކުން އަންހެން މީހާ ރޭޕްކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ އެ އަވަށުގެ ފުލުހުން ތަހުގީގުކުރަމުން އަންނަ ޝައްކު ކުރެވޭ ތިން މީހަކަށް ފާރަލަމުން އަންނަ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާއަކީ މުޅި ދުނިޔެއިން ވެސް ރޭޕްގެ މައްސަލަތަށް އެންމެ ގިނަ ގައުމެވެ. އެއީ އަންހެނުންނަށާއި ކުޑަކުދިންނަށް އެންމެ ނުރައްކާ ގައުމުގެ ގޮތުގައި ފާހަގަވެފައި އޮންނަ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވީރަސް

    ރޭޕް އިންޑިޔާ

  2. ނާސާ

    މި މީހިންގެ ސަގާފީ ކަމެއްމީ. މި މީހުން ކުރިން ކުޅެ އުޅުނު ފިލްމުތަކުގަވެސް ގަދަކަމުން ކުރާ މަންޒަރު ދައްކާނެ. ޖުމްލަކޮށް ހުރިހާ ފިލްމެއްގަވެސް

  3. އަހުމަދު

    ރޭޕިސްތާން