ސައުދީ އަރަބިއްޔާގައި އަންހެނަކާއި މެދު އަނިޔާވެރިވެ އޭނާ މަރާލި މައްސަލައަކާއި ގުޅިގެން ފިރިހެނަކު ސަލީބަށް އަރުވައިފިއެވެ.
މިދިޔަ ބުދަ ދުވަހު މިޔަންމާއަށް ނިސްބަތްވާ، އެލިއަސް ޖަމާލެއްދީން ނަމަކަށްކިޔާ އެމީހާގެ ބޯ ބުރިކޮށްލުމަށްފަހު ސަލީބަށް އަރުވާފައިވަނީ، ސައުދީ އަންހެނަކަށް ބަޑިން ހަމަލާދީ، އަދި އެއަށްފަހު އެ އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ޖަހައި މަރާލިކަން އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.
އެލިއަސްގެ މައްޗަށް ވަނީ އެ އަންހެން މީހާ މަރާލުމުގެ ދަޢުވާގެ އިތުރުން، ރޭޕް އާއި ހަތިޔާރު ވަގަށްނެގި ކަމުގެ ދަޢުވާވެސްކޮށްފައެވެ. އެލިއަސް އެ އަންހެން މީހާ މަރާލާފައިވަނީ، އަންހެން މީހާ ދިރިއުޅޭ ގެއަށް ވަދެ އޭނާއަށް ބިރު ދައްކައިގެން އެގެއިން ވައްކަން ކުރަން އުޅުމުގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ކަމަށް ވެއެވެ.
މި މައްސަލަ އާއި ގުޅިގެން އެލިއަސްގެ ބޯބުރިކޮށް ސަލީބަށް އަރުވާފައިވަނީ ސައުދީގެ ދަށުކޯޓުން ކުރި ޙުކުމަށް މަތީ ކޯޓުން ތާއީދުކުރުމުންނެވެ. އެއަށްފަހު އޭނާގެ ބޯ ބުރިކޯށް ހަށިގަނޑު ވަނީ ސަލީބަށް އަރުވައި ގިނަ ބަޔަކަށް ފެންނާނެހެން ބަހައްޓާފައެވެ.
މަރުގެ ޙުކުމް އެންމެ ގިނައިން އިއްވައި އެފަދަ ޙުކުމްތައް އެންމެ ގިނައިން ތަންފީޒުކުރާ އެއް ޤައުމެއްގެ ގޮތުގައި ސައުދީ މުޅި ދުނިޔެއިންވެސް ފާހަނގަކުރެވޭއިރު، އެޤައުމުގައިވެސް ކުއްވެރިން ސަލީބަށް އެރުވުމަށް ޙުކުމް ކުރަނީ މަދު ފަހަރެއްގައެވެ.
އަންހެނަކާއި މެދު އަނިޔާވެރި ވުމުންނެއް ނޫން. ފޭރުމުގެ ތެރޭގައި ޤަތުލެއް ހިންގުމުން.
ﷲ އަކުބަރު
މީ ކޮންކަހަލަ ބައެއް.މި އޮށްފަދަ ޒަމާނުގަ ވިސްނުމާ ފިކުރުބހުރި ގޮތް ދޯ
ތިމާގެ ގާތްމީހަކަށް މިފަދައިން މީހަކު އަނިޔާވެރިވެ ގަތުލުކުރިޔަސް އެއްވެސް އަދަބެއް ނުދީ އޭނާއަށް ހެޔޮކޮށްހިތައި މަޢާފް ކޮށްފާނަންތަ؟؟ނޫސްތަކުގަ ފާޑު ފާޑުގެ ކޮމެންޓުކުރެވިދާނެ.ނަމަވެސް ވ.ކެތްތެރި ހިއްވަރުގަދަ މީހަކަށް ނޫނީ މިއީ ކުރެވޭނޭ ކަމެއް ނޫން....
ސުބުހާނަﷲ
މުސްލިމުން ވެސް ސަލީބަށް އަރުވާތަ؟
ސައުދީގަ އާންމުން ސޮލީބަށް އަރުވާފަ ދޭތެރެދޭތެރެއިން އަތްކަނޑާއިރު ޝާހީއާއިލާމީހުން ބިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލައިގަ ތިބީ ރިޒް ކާލްޓަން ހޮޓަލުގަ. ރާއްޖޭގަވެސް މީހުންމެރިމީހުނަށް މަރުގެއަދަބުދިންކަމެއްނޭނގެ، އެކަމަކު އޭރުގެ ދާދާ މަރަން ޖާދޫހަދައިފިއޭ ކިޔާފަ ހުވަދޫމީހުން ބަނދެފަ ބަޑިޖަހާ މެރީ.