އާންމު ތަނެއްގައި މޫނުބުރުގާ އަޅައިގެން ހުރި އަންހެނަކު، ޑެންމާކުގައި ފުރަތަމަ ފަހަރަށް ޖޫރިމަނާކޮށްފިއެވެ.

ޑެންމާކުގެ ކަމާއި ބެހޭ އިދާރާތަކުން، އުމުރުން 28 އަހަރުގެ އެ އަންހެން މީހާ އާއި މެދު ފިޔަވަޅު އަޅާފައިވަނީ އޭނާ އާންމު ތަނެއްގައި މޫނުބުރުގާ އަޅައިގެން ހުރުމުން އެއީ އެޤައުމުގެ އާ ޤާނޫނު އަސާސީ އާއި ޚިލާފުކަމެއް ކަމަށް ބުނެއެވެ.

މި އަންހެން މީހާ އާއި މެދު ޑެންމާކު ފުލުހުން ފިޔަވަޅު އަޅާފައިވަނީ އޭނާ ޝޮޕިންގ ސެންޓަރެއްގައި ހުއްޓައި އެހެން އަންހެނަކު އައިސް އޭނާގެ މޫނުގައި އަޅާފައި އިން ބުރުގާ ވީދާލުމަށް މަސައްކަތްކުރުމާއި ގުޅިގެން ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް އެ މަންޒަރު ވީޑިއޯކޮށް ފޮޓޯވެސް ނަގާފައެވެ.

މި ހާދިސާ އާއި ގުޅިގެން އެ އަންހެން މީހާ ޖޫރިމަނާކޮށްފައިވަނީ 156 އެމެރިކާ ޑޮލަރުންނެވެ. އެއަށްފަހު ފުލުހުން ވަނީ އެތަނުގައި ހުރެ މޫނުބުރުގާ ނެގުމަށް، ނުވަތަ އެ ސަރަޙައްދު ދޫކޮށް ދިއުމަށް އެ އަންހެން މީހާއަށް އަމުރުކޮށްފައެވެ.

ޑެންމާކުގެ އިތުރުން ބެލްޖިއަމް، ފްރާންސް، ޖާމަނީ އަދި އޮސްޓްރިއާގައިވެސް އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން އޮންނަނީ މަނާކޮށްފައެވެ. މުސްލިމުންނަށް ދުއްތުރާކުރުމުގެ ގޮތުން އެޤައުމުތަކުގައި މިގޮތަށް ޤަވާއިދު ހަދާފައިވާއިރު، މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މޫނު ބުރުގާ އަޅައިގެން ތިބޭ އަންހެނުންނަށް އެޤައުމުތަކުން ވަނީ އަނިޔާލިބިފައެވެ.

ނަމަވެސް މިކަންކަމާއި ގުޅިގެން އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ކަމަށް ބުނާ ބޮޑެތި ޖަމިއްޔާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަސީމު

    އިންސާނީ ހައްގު އެއީ ވަކިބަޔަކަށް ލިބިފަ އިން އެއްޗެއް ކީއްކުރާނީ ޑިމޮކުރަސީގެ ދޮންބައްޕަ ލަންކާގައި ހުރުމުން ދިވެހިއްނަށްވެސް ތިޔަބުނާ ހައްގު ނުލިބޭ

  2. ގަމާރުމޯލްޑިވިއަން

    މޫނު ބުރުގާއަކީ އިސްލާމްދީނާ ބެހޭ އެއްޗެއް ނޫން.ރާއްޖޭގަ ވެސް މަނާ ކުރަން ވީ

    1
    4
    • ކިޔާ

      އިސްލާމްދީނުގެ ކަންކަން ބިނާވެފަ ހުންނަނީ ތިމާމެން ހިތް އެދޭ ފަދަ ގޮތަކަށްނޫން.ތިމާއަށާއި މުޅިމުޖުތަމަޢުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ.ނޭނގޭ ވާހަކަ ނުދައްކާ މަޑުމަޑުން ހުރެބަލަ.ނޫނީ އެނގޭ މީހެއްގެ ކައިރީން އަހާއޮޅުން ފިލުވަބަލަ.

      • ޑިމޮކްރަޓިސްޓް

        އަހަރުންނަށް އެނގިފަ އޮންނަ ގޮތުގަ އަންހެނާ މޫނާ ދެއަތްތިލަ ފޮރުވުން މަޖުބޫރެއްނޫން. އެއީ މިކަހަލަ އެތައްކަމެއް ހިނގާ އަނިޔާވެރިކަން ފެތުރިދާނެތީ ދީނުގަ އެކަން ލުއިކޮށްދީފަ އޮންނަވަރު. ދެން އެކްސްޓްރީމްވެގެން މުޅިމީފާ ފޮތިމާއްޔަކަށްވެގެން އުޅޭކަށްނުޖެހޭ.

        1
        1
        • ކިޔާ

          ދީނުގަ ހަމައެކަނި ކުރަން އޮންނަނީ އެންމެ ދަރަޖައިގެ ކަންކަމެއް ނޫން.ކުރުމާއި ނުކުރުމުގެ އިހްތިޔާރު ދެއްވާފަވާ ކަންކަންވެސް ހުރޭ.މޫނުބުރުގާއަކީވެސް އެއަޅަން ބޭނުންވެއްޖެ މީހަކަށް އެޅޭނެއެއްޗެއް.އެކަމަކު ހެދުންލައިގެން އޮރިޔާމުން ތިބުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް.ކީއްވެބާ ތިކޮމެންޓުކުރާފަރާތުންވެސް މިކަން މައްސަލައަކަށް ނުހަދަނީ؟؟މައްސަލައަކަށްވަނީ ދީނުގަ އޮތްކަމެއް ކުރީމަދޯ؟؟ކިތަންމެ ނުރުހުނަސް އެއަޅަން ބޭނުން މީހަކު އަޅާނެ ދޯ...އެގޮތައް މުސްލިމުއަންހެނުން ހެދުންއަޅަންފެށީކީ އިއްޔެ މިއަދަކުނޫން.ކޮންމެ އެއްޗެއްވެސް ނުރައްކާތެރި އެއްޗަކަށްހެދީމަ އޮންނާނި ނުރައްކާވެފަ.މީގެ އެންމެ ބޮޑު އެއްމިސާލަކީ އިންޓަރނެޓު.ފައިދާ ހުރިއެއްޗެއް އަދި ނަހަމަ ގޮތުގަ ބޭނުންކޮށްފިނަމަ އިންތިހާއަށް ގެއްލުންބޮޑު އެއްޗެއް.މިއާއި އަޅާބަލާފަ މޫނުބުރުގާ ނުވާނެ އެއްޗަކަށްވެސް.އެހެންނޫނަސް މޫނުބުރުގާ ގައުމީ ސަލާމަތަށް ހުރިނުރައްކަލަކަށް ހުޅަނގާއި ޔޫރަޕްގެ ގައުމުތައް މިއަދު ހަދައިގެން އުޅެންފެށީ ސީދާ މުސްލިމުންނަށް ދުއްތުރާކުރުމުގެ ބޭނުމުގަ.އެމީހުން ތައާރަޕްކޮށްގެންއުޅޭ މޫނުނިވާކުރާ މާސްކް އަޅައިގެން ގޭންގް ގުރޫޕްތައް ހިންގާފަވާ ޖަރީމާތައް މަދުތޯބަލާލަބަލަ.ކީއްވެތަ އެއީ ގައުމީ ސަލާމަތައް ހުރިނުރައްކަލަކަށް ނުވަނީ؟؟؟މީމިހާރުވެސް އެކިއެކި ބޭނުމުގަ އެކިސިފަސިފައިގަ ބޭނުން ކުރާއެއްޗެއް.ތި ޑެންމާރކްފަދަ ގައުމުތަށް މުސްލިމުންގެ ފުށުން ނުރައްކާނުވާ ކަމެއް ދައްކަބަލަ!!!އަމިއްލަ ފަސްގަނޑުގަ ދިރިއުޅޭތީވެސް އަމިއްލަބަހުން ބަހެއްބުނެލިޔަސް އޮންނަނީ ގައުމީ ސަލާމަތައް ނުރައްކާވެފަ.ފްލައިޓަކަށް އެރިޔަސް ވާހަކަ ދެއްކުމުގެތެރޭގަ އަރަބިން އެއްޗެއް ބުނެލިޔަސް މިއޮންނަނީ އެފުލައިޓުންވެސް ދަތުރު ނުކުރެވޭ ގޮތްވެފަ.މިދިވެހިރާއްޖެއަށް ބަލާލިޔަސް ފެންނަނީ މިކަންކަން.ރިސޯޓެއްގަ މުސްލިމު ފިރިހެނުންނަށް ތުނބުޅިއެއް ނުބެހެއްޓޭ.ކައިރިރަށަކުން ތަންކޮޅެއްބާރަށް ބަންގީގެ އަޑުއިވެންޏާ އެއަޑުމަޑުކުރަން އަންގާ..މީވެސް ހަމަ އެމީހުންގެ ނުފޫޒުން ކޮންތަނެއްގެ ސަލާމަތަކަށް ނުރައްކާވެގެން ކުރާހާކަންކަމެއް ބާއޭ ހިތަށްއަރާ....އަހަރެން ދެރަވެ ހިތާމަކުރަން މިރާއްޖޭގެ މުސްލިމުންތެރެއިން ބަޔަކު އެމީހުންކިޔާލަވަ އެއަޑުދަށުން އެގޮތަށް ކިޔާތީ..ލޯމަށްޗަށް މިހުރީ ފެންނަން މުޅިދުނިޔޭގަވެސް މުސްލިމުންނާއިމެދު ކަންހިނގާގޮތް..އެކަމުވެސް ތިބުނަނީ އެކްސްޓްރީމްވެގެންނޭ؟؟؟؟

          3
          1
          • ގަމާރުމޯލްޑިވިއަންމ

            މިތަން އަފްގާނިސްތާނަށް ހަދަން ދަށްކާހާ ވާހަކަ

            1
            1
          • މުސްލިމާ

            ވ. ފުރިހަމަ ބަސްކޮޅެއް.. ބާރަކަﷲ
            ވަޅި އަކީ ނުރައްކާތެރި އެއްޗެއް. ބަދިގެތަކުގައި ވަޅިގެންގުޅުން މަނާ ކުރަންވީނު!
            ފިހާރަތަާކަކީ އާންމުން ވިޔަފާރިކުރަންގޮސްއުޅޭ ތަންތަން.. އެތަންތާ ވަޅިވިއްކުން މަނާކުރަންވީނު!

            1
            1
      • ނިންނި

        މޫނުބުރުގާ އަޅާފަތިބޭ ކަނބަލުންނަށް މި ގައުމުގައިވެސް އެއްބާރު ލުމެއް ނުދޭ އެހެންވީމާ ތާ އެ ކަނބަލުންނަށް ވަޒީފާވެސްނުދޭ

    • ޑޮންޑޮން

      ދީނާބެހޭ ކަމެއްނޫނެކޭ ނުބުނާނަން. ހަމަ ޔަގީނުންވެސް މަނާކުރަން ޖެހޭ.

      1
      1
    • ?

      .އަނގައޭކިޔާބަލަ?

      1
      1
  3. މީ

    ހަމަގައިމުވެސް ނަމާދުކުރާންށާ ތޮވާފުކުރާއިރު މޫނުބުރުގާ މަގަންޖެހޭ ދެންކީކުރާ އާމުތަންތަނެއް

  4. އިސްލާމް

    ގަމާރު އަށް އިނގޭތަށް އިސްލާމް ދީނަކީ ކޮބާކަން ބުރާންޗާ...

  5. .....

    މާ ގިނަ އެއްޗެއް ބުނާކަށް ބޭނުމެއްނެތް....
    މުސްލިމް އަންހެނާ ނިވާ ކުރަންޖެހޭ މިންވަރު ވަރަށް ސާފުކޮށް އެގެން އޮންނާނެ އަލް އަހްޒާބް ސޫރަތުގެ 59 އާޔަތުގަ...
    މުޅި ގުރުއާންގަވެސް ނެތް އަންހެނާގެ މޫނާ ދެއަތް ތިލަ އެއީ އައުރައެއް ނޫނޭ ނުވަތަ ނިވާ ކުރާކަށް ނުޖެހޭނެޔޭވެސް...