އިންޑިޔާގެ ރާޖަސްތާނުގައި ހުރި، މުސްލިމު ނަންތަކުން ނަން ކިޔާފައިވާ އަވަށްތަކުގެ ނަންތައް، އެނޫން ނަންތަކަކަށް ބަދަލުކުރަން، އެސަރަޙައްދުގައި މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުން ނިންމައިފިއެވެ. ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އެސަރަޙައްދުގައި ވެރިކަން ކުރަމުންދާއިރު، މި ނިންމުން ނިންމާފައިވަނީ، އެ ސްޓޭޓުގެ ޗީފް މިނިސްޓަރެވެ.

އެޤައުމުގެ ރެވެނިއު ޑިޕާޓްމަންޓް އިން، ނަންތައް ބަދަލުކުރުމުގެ ރަސްމީ ނިންމުން ނިންމާ، އެކަން ހާމަކުރާއިރު، އެފަރާތުން ބުނެފައިވަނީ އަދި މިހާތަނަށް ހުށަހަޅާފައިވަނީ ހަތަރު އަވަށެއްގެ ނަން ބަދަލު ކުރުމަށްކަމަށެވެ. މުސްލިމު ނަން އުވާލުމަށްފަހު، ދެން ކިޔާނެ ނަމެއްވެސް، އެފަރާތުން ހުށަހަޅާފައިވެއެވެ.

އެގޮތުން، ރާޖަސްތާނުގައި އޮންނަ މުޙައްމަދުޕޫރުގެ ނަން، މަދިޚް ކެޑާގެ ނަމަކަށް ބަދަލު ކުރަން ހުށަހަޅާފައިވާއިރު، ނަވާބުޕޫރުގެ ނަން ބަދަލު ކުރަން ހުށަހަޅާފައިވަނީ ނައި ސަރުތާލުގެ ނަމަށެވެ. ރަމްޕުރާ އަޖަމްޕުރާގެ ނަން ސިތަރަމްޖީ ކެޑާގެ ނަމަށް ބަދަލު ކުރަން ހުށަހަޅާފައިވާއިރު، މަންދުފިއްޔާގެ ނަން، ސަންވަލިޔަޖީ އަށް ބަދަލު ކުރަން ހުށަހަޅާފައިވެއެވެ.

މި ހުށަހެޅުންތައް، ރެވެނިއު ޑިޕާޓްމަންޓުން ވަނީ މިހާރު ޤަބޫލުވެސްކޮށް، ޢަމަލު ކުރެވޭނެކަމަށް ފާސްކޮށްފައެވެ.

މީގެއިތުރުންވެސް، އިސްލާމްޕޫރު ނަމަކަށް ކިޔާ އަވަށެއްގެ ނަންވެސް، ހިންދޫ އިންގެ އަޣުލަބިއްޔަތަކާއެކު ހިންގަމުންދާ ބީޖޭޕީގެ ސަރުކާރުން ހުށަހަޅާފައިވެއެވެ.

އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުން، ރާޖަސްތާނުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، އެސަރަޙައްދުގައި ދިރިއުޅޭ ހިންދޫ އިންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ. އަންނަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި އެސަރަޙައްދުގެ އިންތިޙާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން އިންތިޙާބަށް ފަސޭހަވެގެންދާނެކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، ރާޖަސްތާނުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި މުސްލިމުންގެ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން ބުނެފައިވަނީ، މިއީ ނާއިންސާފު ނިންމުމެއްކަމަށެވެ. އަދި، ރާޖަސްތާނުގައި، މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް އެންމެ އިތުރުވީ، މިހާރު އޮތް ސަރުކާރުގައިކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގެރިސް ކެޑާ

    ތީވެސް މުސްލިނުންނަށް ޖެއްސުންކުރުމަށް ކުރާހާ ކަންކަން.މިހާރު ދޭންގަސްދުކުރާ ނަންނަމުގެތެރޭގަ ގެރިޔާއި ގުޅުންހުރި ނަމެއް ނެތްބާ؟؟؟ބަސްއެނގޭ ކުއްޖަކު ތަރުޖަމާކޮށްލަދީބަލަ...

  2. ބަފާބެ

    2018 ނޮވެމްބަރުގެ ފަހުން ރީދޫ ބޮޑޭގެ ވެރިކަން ކުރަން ލިބިއްޖެއްޔާމު ދިވެހި ރާއްޖޭގެ ނަންވެސް ބަދަލުކުރާނެ “ނާޅި ގެރި އިއްލެ ވަޑާ” ގެ ނަމަށް!

  3. އެ

    ތިހެން އަދި ނަން ބަދަލްވިކަމަކަށް ނުވާނެ މުސްލިމުންގެ ހިއްތަކުގަ އިންޝާﷲ ތިނަންތަށްވާނޭ އަބަދަށް

  4. އޮޅުންއަރާމީހާ

    ތިޔަގޮތަށް މިގައުމުގެ ބަޔަކުވެސް މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ނަން ޖަޒީރާ ރާއްޖެ ކިޔައިގެން ދިވެހިވަންތަކަން ކަނޑާލަން.. އެމީހުންނަށް ވެރިކަން ލިބިއްޖެއްޔާ އެނަން މުޅިދިވެހިރާއްޖެއަށް ނުކިޔާނެކަމެއް ނޭނގޭ! ފަހަރެއްގައި ޖީއެމްއާރުއަށް ހުޅުލެ ދީފައި ދުވަސްކޮޅެއްފަހުން ހިންދޫރާއްޖެވެސް އެމީހުން ކިޔާފާނެ... ނޭނގެ.. ހަމަހީވަނީ..

  5. އަލީގެ މަލީ

    ޢިންޑިއާގެ ނަން ގައުމާތާ އަށް ބަދަލު ކުރަންފެނޭ...

  6. ހުސޭނުބޭ

    މޮޔަގެރި، ގެރި ގުއި، ގެރިނަގޫ، ގެރިދަޅު، ގެރިއޮށް........... މިހުރީ މުޅިންވެސް މުނާސަބު ނަންތައް. މިނަންތައް މަތިން ހަދާންނައްތާނުލައްޗޭ!

  7. އައްޔޫބް

    ހިންދޫންނަކީ ދުނިޔޭގައިވާ އެންމެ ތާކުންތާކުނުޖެހޭ ހެއްވާޒާތުގެ ދީން މިމީހުން އިންސާނުންނައް ނުކުރާ އިހްތިރާމް ގެރިއަށް ކުރޭ ގެރިގުއި ކައި ގައިގާ އުގުޅާހަދާ އަޅުކަންނުކުރާ އެއްޗެއްނެތް!

  8. ދިރާސާ

    މިކަމުންވެސްއެގޭ މުސްލިމްއުއްމަތަށް ނިސްބަތްވާނަމަވެސް މިފަދަފަރާތްތަށް ނަފުރަތު
    ކުރާވަރު ނަމަވެސް މުސްލިމުންގެހިތްތަކުގައިވާ ﷲގެ ނަންފުޅެއް ބަދަލެއްނުކުރެވޭނެ
    ވިސްނޭބަޔަކަށް އެގިލައްވާނެ އިސްލާމްދީނާ ދުޝްމަންވާފަރާތްތަކުން މުސްލިމުންނަށް
    މުސްލިމްގައުމަކަށް ހެވެއްނޭދޭނެކަން ނަމަވެސް ރާއްޖޭގައި ނަމުގައި އިސްލާމްދީނަށްޓަކާ
    އުޅުއްވާބަޔަކު ތިއްބަވައިގެން ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށް ސިފައިންފޮނުވުމަށް
    ދައުވަތުދެއްވާ މިބޭފުޅުން އިސްލާމް މިނަންފުޅު ހަތިޔާރަކަށްބޭނުންކުރައްވަނީތޯ