ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަަބަބުން އިންޑިއާގެ ކެރެލާއިން މަރުވި މީހުންގެ އަދަދު 29 އަށް އަރައިފިއެވެ.

އެގޮތުން ވިއްސާރާގައި ޓްރިވެންޑްރަމްގެ ފެން ރައްކާ ކުރާ ޑޭމް ތަކާއި ކޯރުތައް ފުރިގެން ބަންޑު ވުމުގެ އިތުރުން ، މަގުތައް ހަލާކުވެ، ހައިވޭ ފަދަ ތަންތަން ވެއްޓި އަދި ގެތައް ވަނީ އޮޔާ ގޮސްފައި ކަމަށް އިންޑިޔާގެ ކަމާބެހޭ އޮފިޝަލުން މައުލޫމާތު ދެއެވެ

ވިއްސާރާގައި ހާލުގައި ޖެހުން އެތަށް ސަތޭކަ ބަޔަކު ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި ބަދަލު ކުރާ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް 500 ރިލީފް ކޭމްޕް ވަނީ ގާއިމުކޮށްފައެވެ.

ވިއްސާރާގައި އެންމެ ބޮޑު އަސަރެއް ކުރި ހިސާބު ތަކުގެ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބު ތަކަށް ބަދަލު ކުރުމަށް އިންޑިޔާގެ އަސްކަރިއްޔާ އިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން ނޭވީ، އެއާފޯސް އަދި ޑިޒާސްޓަރ ރިސްޕޯންސް ފޯސް އިން ދަނީ އެއޮޕަރޭޝަން ގައި ބައިވެރިވެ މީހުން ސަލާމަތްކުރުމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އިންޑިޔާ އަސްކަރިއްޔާ އިން މައުލޫމާތުދޭ ގޮތުގައި ވިއްސާރާގައި ކެރެލާގެ އެކި ހިސާބުތަކަށް ޒިޔާރަތް ކުރަން ގޮސް އުޅުނު ފަތުރުވެރިންވެސް ވަނީ އަނބުރާ ގައުމަށް ނުދެވި ތާށިވެފައެވެ.

އިންޑިޔާގެ ކަމާބެހޭ ވުޒާރާތަކާ ހަވާލާދީ މީޑިޔާތަކުން ބުނާ ގޮތުގައި ހުއްޓާނުލާ ބޯކޮށްވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މުޅި ކެރެލާގައި 54،000 މީހުންގެ ބޯހިޔާވެހިކަން ވަނީ ގެއްލިފައެވެ. އަދި ވިއްސާރައާ ގުޅިގެން އިންޑިޔާގަ ކެރެލާ ގައި ވަނީ މޫސުމަށް ސަމާލުވުމުގެ ގޮތުން ހަތަރުވަނަ ދަރަޖައިގަ ރެޑް އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިޒީ

    ރަނުގެ ފުރުސަތެއް ހުރިހާ އަންހެނުންތައް އަވަހައް ރޭޕް ކޮއްލާ

  2. މީ

    ސުބުހާނަﷲ