ޔޫރަޕުގައި ބިނާކުރާ އެންމެ އުސް އިމާރާތް ކަމުގައިވާ ލަކްޓާ ސެންޓަރުގެ މަސައްކަތްތަކެއް، ނިމުމަކާ ގާތްވެއްޖެއެވެ. ޔޫރަޕާއި، ދުނިޔާގެ އުތުރު ބިތުގައި ގާއިމުކުރާ އެންމެ އުސް އިމާރާތް ހުންނަނީ، ރަޝިޔާގެ ސެއިންޓް ޕީޓަސްބާގުގައެވެ.

ދުނިޔޭގެ އިރު އުތުރު ސަރަޙައްދުގައި ބިނާކުރަމުންދާ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް، މިހާރު އެއްކޮށް ނިންމާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ކޮންސްޓްރަކްޝަން މަސައްކަތްތައް ނިންމާލާފައިވީކަމުގައިވިޔަސް، ދެން ކުރަން ޖެހޭ އެހެން މަސައްކަތްތައް، ބާރަށް ކުރަމުންދާކަމުގެ މައުލޫމާތުވެސް ލިބެއެވެ.

ލަކްޓާ ސެންޓަރު އިމާރާތް ފަރުމާކޮށްފައިވަނީ، ފައުންޑޭޝަނުން ނުވަތަ ބިމުގެ ސަތަހައިން ފެށިގެން މައްޗަށް އަރާވަރަކަށް، ހިމަވާ ގޮތަށް އިންނަ ފަރުމާއަކަށް ބަލައިގެންނެވެ. އަދި، އިމާރާތުގެ ހަތަރު ފަރާތްވެސް ބިނާކޮށްފައިވަނީ 90 ޑިގްރީ ހުންނާނެ ގޮތަށެވެ.

ލަކްޓާ ސެންޓަރު

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އިމާރާތަކީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގުގައި ބިނާކުރާ، މިފަދަ އެންމެ އުސް އިމާރާތެވެ. އެ ސިޓީގައި ހިންގަމުންދާ މި މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ، ދުނިޔޭގެ ލިސްޓުން ޖާގަ ހޯދޭވަރުގެ މި އިމާރާތުގެ އުސް މިނުގައި 1516 ފޫޓު ހުންނަކަމަށްވެއެވެ. އަދި، މި އިމާރާތުގައި 87 ފަންގިފިލާ ހުންނާނޭކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޕީޓަސްބާގުގައި ބިނާކުރަމުންދާ މި އިމާރާތަކީ އެކި ބޭނުންތައް ކުރެވޭ ގޮތަށް ބިނާކުރަމުންދާ ތަނެކެވެ. އެގޮތުން، މި އިމާރާތުގައި މީހުންނަށް ދިރިއުޅެވޭނެ ތަންތަންވެސް ޤާއިމްކުރުމަށް ނިންމާފައިވާއިރު، ތަފާތު ވިޔަފާރިތައް ހިންގުމަށް ފަހިވާނޭ ގޮތަށްވެސް، ބައެއް ތަންތަން ޤާއިމު ކުރުމަށްވަނީ ނިންމާފައެވެ. އަދި، މި ތަނަކީ، ރަޝިޔާގެ ގޭސް ކުންފުންޏެއްކަމުގައިވާ، ދުނިޔޭގެ މަޝްހޫރު "ގަޒްޕްރޮމް" ގެ ހެޑްކުއާޓަރުގެ ގޮތުގައިވެސް ބޭނުންކުރާނޭ އިމާރާތެވެ.

މި އިމާރާތުގެ ކުރިން، ޔޫރަޕު ސަރަޙައްދުގައި ބިނާކޮށްފައިވާ އެންމެ އުސް އިމާރާތްވެސް ހުރީ ރަޝިޔާގައެވެ. އެޤައުމުގެ ވެރިރަށް މޮސްކޯގައި ހުންނަ ފެޑެރޭޝަން ޓަވަރަކީ، މީގެކުރިން ޔޫރަޕުގެ އެންމެ އުސް އިމާރާތް ކަމުގައިވާއިރު، ޔޫރަޕުގެ އުސް އިމާރާތުގެ ލިސްޓުން ޖާގަ ހޯދާ އެހެން ގިނަ އިމާރާތައްވެސް ހުރީ ރަޝިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރުމަ

    ދަރުމަވަންތަ ހޮސްޕިޓަލަށްވުރެން 25 ބުރި ތިރިވާނެހެންހީވޭ ؟

    • އޭނާ

      މޮޅު އެއްޗެއް ބުނެފި އިނގޭ

    • Anonymous

      ކަލޭ ދަރުމަވަންތަ ހޮސްޕިޓަލަށް އޮޅިގެންވެސް ނުވަންނާތި! ތިކަހަލަ ގަމާރުން އެތަނަށް ވަދެއްޖިއްޔާމުން އެރެން އަންނަންޖެހޭނީ ސިފައިންގެ ފަޔަރުލޮރީތަކާ ފުލުހުން.!!

  2. ވިސްނާ

    އުސް އިމާރާތްތައް ބިނާ ކުރުމަށް އެއްބަޔަކު އަނެއްބަޔަކާ ވާދަ ކުރުން: ޤިޔާމަތުގެ އަލާމާތެއް