އެމެރިކާއަށް ދާދި ދެންމެއަކި ބާރުގަދަ ބިންހެލުމެއް އައިތާ ގިނައިރެއް ނުވަނީސް އަނެއްކާވެސް ބާރުގަދަ ލޮޅުންތައް، ކުރިން ބިންހެލުން އައި ސަރަޙައްދަށް އަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިރޭ ފުރަތަމަ ބިންހެލުން އައިސްފައިވަނީ އެމެރިކާގެ އެލެސްކާގެ އުތުރުގެ ސަރަޙައްދަކަށް ރެކްޓަރ މިންގަނޑުން 6.4ގެ ބާރުމިނުގައެވެ. މި ބިންހެލުން އައިތާ 16 މިނެޓު ފަހުން ހަމަ އެ ސަރަޙައްދަށް އިތުރު ލޮޅުންތަކެއް އަންނަމުންދާއިރު، އެންމެ ބާރުގަދަ ދެ ލޮޅުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 5.0 އަށް އަރައެވެ.

މިރޭގެ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް އަދި ނެރެފައި ނުވާއިރު، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބިންހެލުން އައި ވަގުތު ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއަށް މިރޭ ބާރުގަދަ ބިންހެލުމެއް އައިއިރު، މީގެ ހަފްތާއެއްހައި ދުވަސްކުރިން އިންޑޮނޭޝިއާގެ ޖަޒީރާ ރަށަކަށްވެސް ބަރުގަދަ ބިންހެލުމެއް އައެވެ. ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

އެމެރިކާއާއި އިންޑޮނޭޝިއާ ހިމެނޭ ސަރަޙައްދަށް ބިންހެލުން އައިސްފައިވާއިރު، މި ދެ ސަރަޙައްދަކީ ދުނިޔެ ނުދެކޭފަދަ ބޮޑު ބިންހެލުމެއް އަންނާނެ ކަމަށް ބެލެވޭ ދެ ހިސާބެކެވެ. މި ބިންހެލުންތައް އަންނާނެ ސީދާ ވަގުތެއް ނޭނގުނު ނަމަވެސް، ބިންހެލުން އައުމުގެ އެންމެ ފަހުގެ ނިޝާނެއްގެ ގޮތުން އާދައިގެ ބިންހެލުންތައް އިތުރުވާނެ ކަމަށް ދިރާސާވެރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިސްކުރު

    އަސްތާ މުސްލިމުންގެ ކޮޅު ގަދަވާ ކޮޅުމަތި ފެންނަން ފެށީތާ

  2. ފަޤީރު ކަލޯ!

    ދުނިޔޭގައި މުސީބާތް ބޮޑުވާނީ މުސްލިމުންނަށެވެ. ދުނިޔޭގެ އަރާމާއި އުފާ ބޮޑުވާނީ ކާފަރުންނަށެވެ. ގިނަ އިމްތުހާނު ތައް ކުރިމަތިވާނީވެސް މުސްލިމުންނާއެވެ. ޚާއްޞަކޮށް މުއުމިނުންނަށް ކުރިމަތިވާ އިމްތިހާނުތައް މާބޮޑެތި ވެފައި ވަރުގަދަ ވާނެއެވެ. ކާފަރުންނަށް ދުނިޔޭގެ މުއްސަދި ކަމާއި ތަނަވަސް ކަން ބޮޑުވި ވަރަކަށް ޣާފިލުކަމުގައި މަޖަލާ އަރާމުގައި ދުނިޔެ ހޭދަކުރުމުގެ ފުރުސަތު އެމީހުން އެދޭފަދައިން އެމީހުންނަށް ﷲ ދެއްވައެވެ. ދުނިޔެ ޤިޔާމަތް ވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

    • އެނޯނިމަސްގެ ބޭބޭ

      ހާދަ މަޖާލޮޖިކެކޭ ތީ

      • ހުދުބޯ

        މަވެސް މިހިރީ ހަމަ ހައިރާންވެފަ. އަޅެ އެމެރިކާ މީހުން އުފެއްދެވީ ކޮންފަރާތަކުން ބާއޭވެސް އެބަހިތަށް އަރާ

      • ގެގް

        މަޖަލެއް ނޫން. ޢެއީ ހަގީގަތް. ޥިސްނާ ފިކުރު ކުރާމީހަކައް އެކްނަ އޮޅުން ފިލާނީ

        • މަގެ

          ވިސްނީމަ ވެސް ތީތި ދިމާނުވޭ

      • އަހުމަދު

        ކަލޯ އެއީ ލޮޖިކެއް ނޫން. އެއީ ޤުރުއާނުންވެސް އެކަން އެނގެން އޮތް ގޮތް

    • ާއަހުމދެ8

      ފަގީރުވެ ނިކަމެތި ވާ ވަރަކަށް ރަނގަޅީ ދޯ

    • މީ

      ދުނިޔޭގެ ކާފަރުން ބޭނުން ކޮންމެ ގޮތަކަށް އުޅުނަސް ހިއްތަކަށް ހަމަޖެހުން މާތްﷲ ދެއްވަވާނީ މުސްލިމުންނަށް. އެއީ އަސްލް އުފަލަކީ. ކާފަރުންނަށް ނެތެއްނު އުފަލެއް އަސްލް އެހެންވީމަ

  3. މުކި

    ހަމަ ކަމެއްވާއިރައް މުސްލިމޭ ދީނޭ ތިކިޔަނީ ބަލަ އެއީ ދުނިޔެ އުފެދިފަ ވާގޮތޭ. ކޮންމެ ކަމެއް ދީނާ ތިގުޅުވަނީ މިދީނީ ބައިގަނޑު ހަމަ އެހާ ހޯޕުލެސްވެފަތަ ތިތިބެނޯ؟

    • މަ

      ދުނިޔެ އެގޮތަށް މާތްﷲ އުފެއްދެވީ ސަބަބުތަކަކާލައިގެން މާތްﷲ މޮޅަށް ދެނެވޮޑިގަންނަވާނީ. މިދުނިޔޭގާ ހިނގާ އެއްވެސްކަމަކީ ބޭކާރު ގޮތުގަލައްވަވާފަވާ ކަމެއްނޫން