އެމެރިކާގެ ދިފާއީ ނިޒާމު ފޫއަޅުވާލެވޭނެ މިސައިލެއް ރަޝިއާ އިން އުފައްދައިފިއެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މިއީ މުޅި ދުނިއެއަށާއި އަދި ވަކިން ހާއްސަކޮށް ދުނިޔޭގެ އެންމެ ގަދަ ބާރު ކަމަށް ދައުވާކުރަންމުން އަންނަ އެމެރިކާއަށް ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަލަށް އުފެއްދި ނިއުކުލިއާ މިސައިލަކީ ބޭނުންވާ ތަނަށްކަށް ވަކި ލިމިޓެއް ނެތި ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މި މިސައިލަކީ އެމެރިކާއަށް އަމާޒުވާ މިސައިލް ތަކުން ރައްކާތެރިވާން ހަރުކޮށްފައިވާ ނިޒާމު ފޫއަޅުވާލެވޭނެ ވަރުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް ރަޝިއާ އިން ބުނެއެވެ.

ރަޝިއާގެ ރައީސްގެ ވާހަކަފުޅުގައި ފާހަކޮށްފައިވާ ގޮތުން މި މިސައިލް އަކީ އަޑަށް ވުރެން އެތަށް ގުނައެއް ބާރުމިނުގައި ދަރުތުކުރުމުގެ ގާބިލުކަން ލިބިފައިވާ ހައިޕާސޮނިކް މިސައިލެކެވެ.

ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ، ކުރިއަށް ވުރެ ވަރުގަދަ 40 އަށް ވުރެ ގިނަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އުފައްދާނެ ކަމަށް ރަޝިއާ އިން ފުރަތަމަ އިއުލާން ކުރީ 2015 ވަނަ އަހަރުއެވެ.

ރަޝިޔާގެ ރައީސް ޕޫޓިން ގެންދަވަނީ މެދުއިރުމަތީގެ އިތުރުން އދ. އާއި ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވެސް އެމެރިކާ އަށް އާދިޔާ ޚިލާފަށް ގޮންޖަހައި އެމެރިކާ އަށް ވުރެން އަސްކަރީ ގޮތުން ބާރުގަދަ ވާން މަސައްކަތް ކުރަމުންނެވެ.

އަސްކަރީ ގޮތުން އެމެރިކާ ފަހަތަށްލުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތަށް އަލަަށް މިއިތުރުވި ބޮޅުގެ ސަބަބުން އަނެއްކާވެސް ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެކަމަށް ބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕަކާސް

    ރަޝިޔާއަކަށް ދުވަހަކުވެސް އެމެރިކާއަށްވުރެ ކުރިއެއް ނޭރޭނެ. މިކަން އެނގޭނެ ވަގުތުގަ ތަންދޮރު އެނގޭ ބައެއް އުޅޭނަމަ. އެމެރިކާގެ މިސައިލަކުން ވަކި ރަޝިޔާވެސް ސަލާމަތެއް ނުވާނެ. ސޯ އިޓްސް ކޯލްޑް މޭޑް. މިއުޗުއަލް އެޝޯޑް ޑިސްޓްރަކްޝަން. ރަޝިޔާ އަދި ޗައިނާއަކީ ރައްޔިތުން ބޮލަށް ރީފަ ވެރިކަން ކުރަން އުޅޭ ދެގައުމު. މިހެންވެ ސުޕަޕަވަރ އަކަށް ނުވެ އެއޮންނަނީވެސް

  2. ސަޔާލީ

    އާމް ރޭސް ނެވާރ އެންޑިން އިސްޓޯރީ

  3. މެހެންދުރާ

    ތިޔަ މިސައިލްގެ ކޯޑް ނޭމް ބުނެބަލަ.. އެއިރުން ތިޔާ ބެހޭ އިތުރު މައުލޫމާތެއްވެސް ހޯދޭނީ...

  4. ގ

    ސަޅި

  5. ފަޓާސް

    ޕކސ ތި އުޅެނީ ހަސަދަ ވެރިވެގެން ، ޗައިނާއިކީ ޤައުމް ތަކުގެ ކަންތައްތައް އެ ގައުމަކުން ބޭނުންވާގޮތަށް ކޮށްދޭ ބައެއް ( ރީޕޭމަންޓް ކުޑަކޮށް ލޯންގޓާރމް އިން ދައްކާ ގޮތަށް ) މުޅި އިންފްރާ ސްޓްރަކްޗަރ ބެލެންސް ކޮށްދޭ ބައެއް އެހެންވެ ޤައުމް ތަކުން ޗައިނާއަށް އިތުބާރުކޮށް އިޙްތިރާމް ކުރަންފެށީ ....