އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެއެވެ.

ވަޖްޕާއީ އަވަހާރަވީ، ކިޑްނީ އިންފެކްޝަނެއްގެ ސަބަބުން ހާލުދެރަވެގެން އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް) ގައި ފަރުވާދެމުން ދަނިކޮށެވެ.

ވަޖްޕާއީ އަވަހާރަވުމާއި ގުޅިގެން ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަޖްޕާއީ އަވަހާރަވީ ހާލު ސީރިއަސްވެ ލައިފް ސަޕޯޓްގައި އޮންނެވުމަށްފަހު މިއަދުގެ ވަގުތެއްގައި ކަމަށެވެ. މިކަމާއި ގުޅިގެން އިންޑިއާގެ ސިޔާސީ ފަރާތްތަކާއި ބައެއް ޤައުމުތަކުގެ އިސް ފަރާތްތަކުން ދަނީ ތައުޒިޔާގެ މެސެޖުތައް ވަޖްޕާއީގެ އާއިލާއަށް ފޮނުވަމުންނެވެ.

ވަޖްޕާއީއަކީ އިންޑިއާގެ ދިހަވަނަ ބޮޑުވަޒީރެވެ. ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ވަޖްޕާއީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ މަޤާމު އަދާކުރައްވާފައެވެ. އެގޮތުން 1996 ވަނަ އަހަރު، 13 ދުވަހުގެ މުއްދަތަކަށް ވަޖްޕާއީ އެޤައުމުގެ ބޮޑުވަޒީކުރަން ކުރެއްވިއިރު، 1998 ވަނަ އަހަރު، 11 މަސް ވަންދެން އެ މަޤާމުގައި ހުންނެވިއެވެ. އޭގެ އިތުރުން 1999 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމައަށްވެސް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ ވަޖްޕާއީއެވެ.

ވަޖްޕާއީ ސިޔާސީ ކަންކަމުން ރިޓަޔަރވެވަޑައިގަތީ 2005 ވަނަ އަހަރުގައެވެ. އަދި 2009 ވަނަ އަހަރު އެމަނިކުފާނަށް ސްޓްރޯކެއް ޖެހިގެން ފަރުވާދިންއިރު، އެއަށްފަހު ހާލުކޮޅުދަށް ކަމަށް އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުން ބުނެއެވެ. ވަޖްޕާއީ އަވަހާރަވިއިރު އުމުރުފުޅުން 93 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙ×

    ކޮބާ މަވެސް ޔާންޓޭވެސް އެންމެންވެސް ނެތިދާނެ އެހެންވީމަ ހިނގާ ކުށެއް ސާބިތުނުވާ އެންމެން ދޫކޮށްލަން އެހާބޯހަރުވާކަށް ނުވާނެ އެހެންނޫނީ އަނެއްކާ އެމީހުން އައިސް ޔާންޓޭ ހިފަހައްޓާނެދޯ އޭތި ކަޑައެއްނުދޯ

  2. ކެނެރީ މުގާބޭ

    ކާފަރަކު އަވަހާރަވީ
    މުސްލިމަކު ނަމަ މަރުވީ

  3. ޑީޑީ ޖޖޖޖ

    މަރުހޫމަށް ހެޔޮ ރަހުމަށް ލައްވާސި

  4. ޑީޑީ ޖޖޖޖ

    ހެއޮ ރަހުމަތް ލައްވާށި