ސީރިއާގައި ކުރަމުން ގެންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ވަކިވެފައިވާ އާއިލާއެއްގެ މެންބަރުންތަކަކަށް ހައްޖުގެ އަޅުކަމުގެ ތެރެއިން ބައްދަލުވެވިއްޖެއެވެ.

އަހަރުތަކެއް ކުރިން ވަކިވެފައިވާ އާއިލާގެ ހަތަރު މެންބަރުންނަށް އަލުން ބައްދަލު ކުރެވުނީ ސައުދީ އަރަބިއްޔާގެ ޖިއްދާ އިންނެވެ. ގިނަ ދުވަސްތަކަކަށް ފަހު އާއިލާގެ މެންބަރުންނަށް ބައްދަލު ވެވުމުން އެމީހުން އުފަލުން ރުއި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.

ދެއަންހެނުންނާއި ދެފިރިހެނުން އެކަކު އަނެކަކުގައި ގައިގައި ބައްދައިގެން ރުއި މަންޒަރު ވީޑިއޯ އިން ފެނެއެވެ. އެމީހުން ވަކިވެ، މިހާތަނަށް ދިރިއުޅެމުން އައީ ކޮންތަނެއްގައި ކަމެއް މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ސައުދީ އަރަބިއްޔާގެ ނޫހެއްގައި ބުނެފައި ވަނީ އެއާއިލާގެ އެއް މެންބަރަކު މިހާރު ވެސް ޖޯޑަން ގައި ދިރިއުޅެމުން އަންނަ ކަމަށާއި އާއިލާގެ އިތުރު މެންބަރުންތަކެއް އަދިވެސް ސީރިއާގައި ދިރިއުޅެމުން އަންނަ ކަމަށެވެ.

2011 ވަނަ އަހަރު ފެށުނު ސީރިއާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން 22 މިލިއަން މީހުންގެ ގެދޮރު ގެއްލި ވަނީ ރެފިއުޖީންނަށް ވެފައެވެ. އޭގެތެރެއިން އެހެން ގައުމުތަކުގައި ފަސް މިލިއަން ރެފިއުޖީން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުއްޅަބޭ

    އަދިވެސް އަރަބީންނަކަށް މިވާނުވާ އެބަ އެގޭތަ! މިއީ ޔަހޫދީން ގަސްތުގައި ރާވައިގެން އަރަބިން ބިކަ ކުރަން ހިނަގާ ޖަރީމާއެއް! އެކަމަކު ހަމަ ހެވިފަ ﷲ އަކުބަރު ކިޔަމުން ދުވަނީ!

  2. ގަމާރުމޯލްޑިވިއަން

    ކީއްވެ މުސްލިމުންމިހާ ވަޔަލެންސަށް ލޯބި ކުރަނީ

    • ފޭކްޓިސްޓް

      އޭތިކަހަލަ ލާދީނީ މީހުން ފަތުރާ ދޮގު.. މުސްލިމުންތޯ އެކިއެކި ގައުމުތަކަށް ބޮންއަޅާ ސުންނާފަތި ކުރަމުން ދުވަނީ

      • ޑީޑީ ޖޖޖޖ

        ސައުދީން ޔަމަނަށް އަޅަނީ މާ