ފާއިތުވެދިޔަ ދުވަސްތަކަކީ އިނގިރޭސިވިލާތަށް އާދަޔާއި ޚިލާފަށް ހޫނުގަދަވި ދުވަސްތަކެކެވެ. ހޫނުމޫސުމުގެ އެ ހޫނުގެ ސަބަބުން އެތައް ގެއްލުމަކާއި ގިނަ ބަޔަކު ކުރިމަތިލާން ޖެހުނުއިރު، އެޤައުމަށް މިހާރު ވަނީ ގަދަވަޔާއި ވިއްސާރައިގެ ބާރުގަދަ ތޫފާނެއްގެ ބިރު ބޮޑުވެފައެވެ.

"އާނެސްޓޯ"ގެ ނަމުން ނަންދީފައިވާ މި ތޫފާން މިހާރު އިނގިރޭސިވިލާތުގެ ހުޅަނގާއި އުތުރުގެ ސަރަޙައްދުތަކަށް މިއަދުގެ ވަގުތެއްގައި އަރާނެ ބެލެވިފައިވާއިރު، މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އުތުރު އެޓްލާންޓިކް ސަރަޙައްދުން އިނގިރޭސިވިލާތާި އަޔަލޭންޑާއި ދިމާލަށެވެ.

ތޫފާން އާނެސްޓޯގެ ސަބަބުން ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާ ސަރަޙައްދުތަކަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އަދި އާދަޔާއި ޚިލާފަށް ވައި ބާރުވެ އެކަމުގެ ސަބަބުން ގެއްލުންތަކާއިވެސް ކުރިމަތިވުމުގެ ބިރު ބައެއް ސަރަޙައްދުތަކަށް ވަނީ ބޮޑުވެފައެވެ.

އިނގިރޭސިވިލާތުގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ، މި ތޫފާނުގެ ބާރު ކުރިއަށްއޮތް ވަގުތުތަކުގައި ގަދަވާނެ ކަމަށް ބެލެވޭއިރު، ކުރިއަށްއޮތް ދެ ދުވަހު އާދަޔާއި ޚިލާފަށް ވައިބާރުވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިނގިރޭސިވިލާތުގެ އުތުރުގެ ސަރަޙައްދުތަކަށް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ތޫފާނުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވެތިބުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާ

    އެއްޖިންސުން ކައުވެނިކުރުމާ، ހަރާމް ކުރެއްވިހާ ކަންކަން ކުރަމުންދުވޭ.....މިކަހަލަ ކަންކން މެދުވެރިވަނީ މީހުންގެ ނުބައިކަމުން....މިޔައް ކިޔަނީ ކޯފާއޭ... ދަރިންނޭ ވަގުތު ފާއިތުވުމުގެކުރިން އޭގެ ފައިދާ ރަގަޅު ގޮތުގައި ލިބިގަންނާށެވެ.

    • ގަމާރުމޯލްޑިވިއަންއަ

      ދެން ސައުދީއަށް؟

  2. ހުދު ތުނބުޅި

    ސައުދީވެގެން ދިވެހި ރާއްޖެ ވެގެން ވަކިސަލާމަތެއް ނުވާނެ... ﷲ އަށް ބިރުވެތިވާންޖެހޭ