އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެއެވެ،

އުމުރުފުޅުން 80 އަހަރުގައި ކޯފީ އަނާން އަވަހާރަވިކަން އ.ދ ގެ މައިގްރޭޝަން އެޖެންސީން ވަނީ މިއަދު ކުރި ޓްވީޓެއްގައި ކަށަވަރުކޮށްދީފައެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާ އަށް އުފަން ކޯފީ އަނާން އަވަހާރަވީ އާލާސްކަންފުޅަކާ އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގައި ކަމަށް އަނާންގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އަނާން އަވަހާރަވީ ސްވިޒަލޭންޑްގައެވެ.

ކޯފީ އަނާން ވަނީ އ.ދ ގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމު 1997 އިން 2006 ވަނަ އަހަރާއި ހަމައަށް އަދާކޮށްފައެވެ. އެއަށްފަހު އަނާން ވަނީ އ.ދ އިން ސީރިޔާއަށް ކަނޑައަޅުއްވާފައިވާ ބައިނަލްއަޤްވާމީ ސުލްޙައިގެ މަންދޫބުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ކޯފީ އަނާން އަށް ވަނީ އިންސާނިއްޔަތަށް ކޮށްދިން ހިދުމަތް ފާހަގަކޮށް 2001 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމުވެސް ދީފައެވެ.

އަނާން އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޏ

    ހޫ ކެއާރސް

  2. މީ

    މާތްﷲ ހެޔޮރަހުމަތް ލައްވަވާށި އާމީން

    • ތުނިޔަ

      ޢެއީ މުސްލުމެއްނޫން!
      ރަހުމަތްލެއްވުން އެދި ދުޢާ ކުރަން ޖެހޭނީ މުސްލިމުންނަށް

    • މުޙައްމަދު

      ކާފަރު ކަމުގެ މަތީ ގައި މަރުވާ މީހަކަށްޓަކައި ރަޙްމަތް ލެއްވުން އެދި ދުޢާ ކުރުމަކީ މަނާ ކުރެވި ނަހީ ކުރައްވާފައި ވާ ކަމެއް