ޔޫރަޕަށް ފިނި މޫސުން ފެށި އިނގިރޭސިވިލާތާއި އަޔަލޭންޑްގެ ފިނިހޫނުމިން މައިނަސް އަށް ވެއްޓިފައި ވާއިރު ގެދޮރުނެތް އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ގެދޮރުނެތް އެތައް ބަޔަކަށް ގަދަ ފިނީގައި މަގުމަތީގައި ކެތްކޮށްލަން އުނދަގޫތަކާއި ކުރިމަތިވެފައި ވާއިރު އިނގިރޭސިވިލާތާއި އަޔަލޭންޑްގެ މިސްކިތްތައް މުސްލިމުން މިހާރު ވަނީ ކާފަރުންނަށް ވެސް ހުޅުވާލާފައެވެ.

ފިނިގަދަވުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މުޅި އިނގިރޭސިވިލާތައް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ސްނޯ ފޭބުމުގެ އިތުރުން ވަރަށް ގަދައަށް އެގައުމަށް ދަނީ ވައި ވެސް ޖެހެމުންނެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާގެ އުތުރުގައި ހުންނަ "މައްކީ މަސްޖިދު" ގެ ފަރާތުން ވާހަކަދެއްކެވި ރަބްނަވާޒް އަކްބަރު ވިދާޅުވީ ވަރަށް ގަދައަށް ފިނިވެ އެތައް ބަޔަކަށް ދަތިތައް ދިމާވަމުން ދާއިރު އެމީހުންނަށް މުސްލިމުން އެހީތެރިނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

ކާފަރުންނަށް ވެސް މިސްކިތްތަކުން ބޯހިޔާވަހިކަން މިހާރު ދެމުން ދާއިރު މިސްކިތްތަކުން ހިޔާވަހިކަން ހޯދަމުންދާ މީހުންނަށް ވޮލެޓިއަރުން ދަނީ ކާއެއްޗެއްސާއި އެމީހުންނަށް ބޭނުންވާ އެހެނިހެން ތަކެތި ވެސް ފޯރުކޮށްދެމުންނެވެ.

އިނގިރޭސިވިލާތުގެ މިސްކިތެއްގައި ހިޔާވަހިކަން ހޯދަމުން އަންނަ ޖެމީ ބުނީ އޭނާ އަކީ މަސްތުވާތަކެއްޗަށް އެޑިކްޓް ވެފައިވާ މީހެއް ކަމަށާއި ނަމަވެސް މިސްކިތުން އޭނާ އަށް ކިޔާފައި ވަނީ ވަރަށް ފުރިހަމަ މަރުޙަބާއެއް ކަމަށެވެ.

"އަހަރެން ކައިރީގައި މިސްކިތުގެ މީހަކު ބުނީ އަހަރެންނަކީ ގެދޮރު ނެތް މީހަކަށް ވާއިރު މިސްކިތުގައި މަޑުކޮށްލަން ވީނޫންހޭ. މިއީ އަހަރެން މިސްކިތަކަށް ވަން ފުރަތަމަ ފަހަރު. މިތަނުން އަހަރެންނަށް ކާތަކެއްތި ފޯރުކޮށްދީ ނިދާނެ ތަނެއް ވެސް ދީފި. މިއީ ސަރުކާރަށް ވެސް މީގެ ކުރިން އަހަރެމެންނަށް ނުދެވޭ ވަރުގެ ޚިދުމަތެއް. އަހަރެން މިސްކިތުގައި ވަގުތު ހޭދަކޮށްލުމުން މިހާރު އަހަރެންނަށް އެނގިއްޖެ މީގެ ކުރިން މީޑިއާތަކުން ފަތުރާފައި ވަނީ މިސްކިތްތަކާއި ބެހޭ ދޮގު މައުލޫމާތު ކަން." ޖެމީ ބުންޏެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި މިހާރު ވެސް ގަދަ ފިނީގައި މަގުމަތީގައި ނިދަން ޖެހިފައިވާ އަށް ހާސް މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާރިޔާ

    އައްނި މިކަމާ އެއްޗެކޭނުބުނާތީ ވަރަށް ދެރަވެއްޖެ ރާއްޖެއަނަން ގޮވާލާ

  2. އަލްއިއްތިހާދު

    ﷲ އަކުބަރު.. ﷲ ގެ ކުޅަދުންވަންތަކަމާ.. ހާލުގަޖެހިފަތިބި ކާފަރުންގެ ހިތްތަކަށްވެެސް ހަމަޖެހުން ލިބޭ ތަނަކަށް މިސްކިތްތައްވެއްޖެ. މުސްލިމުންގެ އޯގާތެރިކަންފެނި އެބައިމީހުންގެ ހިތުގައި އިސްލާމްދީނަށް ލޯބިޖައްސަވާފާދޭވެ.. އާމީން.

    • މުއުމިން

      އިންޝާﷲ އާމީން

    • ޒ

      އާމީން?

    • ސ ނުން ސޮނިބެ

      ދެން ހިޔާވާން އެތަނަށް ވަނަސް ދީނަކަށް ނުވަންނާނެދޯ. އެމީހުންވެސް ގައިމު އެހާ ގަމާރެއްނުވާނެދޯ

  3. އަލްޖިބްރާ

    އަދިވެސް މުސްލިމުންގެ ކަރުގައި " ޓެރަރިސްޓުން " ގެ ޓެގް އަޅުވަން ވީނު ؟ ތިވަރުގެ ކަމެއް ކޮށްލަދޭން ތިޔަ ޤައުމުގައި ހުރި ފައްޅި ތަކާއި ބުދުކޯލުތަށް ކޮބައިތަ ؟

  4. އަބްސީ

    ތިވެސް ދިވެހިރާއްޖެއިން ތިތަނަށް ފާވެގެން އުޅޭ ޣައްދާރުންގެ ފަރާތުން އަންނަ މުޞީބާތަށް ވެސް ވެދާނެ. އެމްޑީޕީ ހިސާރުކޮށްގެން އުޅޭ މޮޔަ ސޮރާއި ގާ- ސިމް ފަންޑުކޮށްގެން އުޅޭ ބައިގަނޑުގެ ހާލަކީ ކޮބައިބާ؟

  5. Anonymous

    ހާދަދެރަވެޔެެޭ ދޯއެސޮރުމެންގެ ހާލުނޭގެތި ހެހެ

  6. ށސސސ

    ހާދަދެރަވެޔެެޭ ދޯއެސޮރުމެންގެ ހާލުނޭގެތި ހެހެ