މައްކާގައި ހުންނަ މަސްޖިދުލްޙަރަމުގެ އެންމެ މަތީ ބުރިން، ތަވާފްކުރާ ތަނަށް ފުންމާލި މީހަކު މަރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ހެނދުގެ ވަގުތެއްގައި ހިންގި އެ ހާދިސާގައި އެމީހާ އަމިއްލައަށް މަރުވީ މާތްވެގެންވާ ގެފުޅުގެ ވަށައިގެން، ތަވާފްކުރަން އޮންނަ ސަރަހައްދަށް ފުންމާލައިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ހާދިސާގައި ތަވާފްކުރާ ތަނުގެ މުށިތަކުގެ މައްޗަށް ފުންމާލައިގެން މަރުވީ އަރަބި ގައުމަކަށް ނިސްބަތްވާ މީހެކެވެ. އަދި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާގެ ނޫހެއް ކަމަށްވާ ސައުދީ ޕްރެސް އޭޖެންސީން ބުނީ، ގެފުޅު ކުރިމައްޗަށް ފުންމާލައިގެން މީހަކު މަރުވި ހާދިސާ ސައުދީގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ގައުމުގެ ފުލުހުން ތަހްގީގުކުރަމުންދާ ކަމަށެވެ.

އެފަދަ ހާދިސާތަށް ފަހަކަށް އައިސް އިތުރުވަމުން އަންނައިރު މިދިޔަ ރަމަޟާން މަހުގެ އުމުރުން 26 އަހަރުގެ ނަފްސާނީ ގޮތުން ބަލިކަށި، ބަންގުލަދޭޝްގެ ރައްޔިތަކުވެސް ވަނީ ހަރަމްފުޅުމަތިން ތަވާފްކުރާ ތަނަށް ފުންމާލައިގެން އަމިއްލައަށް މަރުވެފައެވެ. އަދި އޭގެކުރިން އުމުރުން 35 އަހަރުގެ ޕާކިސްތާނަށް ނިސްބަތްވާ މީހަކު ވަނީ ހަމަ އެގޮތަށް އަމިއްލައަށް މަރުވެފައިވެއެވެ.

އެފަދަ ހާދިސާތައް އިތުރުވަމުންދާތީ ހަރަމްފުޅުގެ އެންމެ މަތީބުރީގައި ހުންނަނީ ދަގަނޑު ފެންސް ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައެވެ.

އަދި މައްކާގައި ހުންނަ މަސްޖިދުލް ޙަރަމާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީއަށް ޒިޔާރަތްކުރާ މީހުންނަށް، ޚާއްސަކޮށް ހައްޖު މޫސުމުގައި އަޅުކަމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސައުދީ ސަރުކާރުން ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ސަބަބަކީ ކޮބާ؟