ޖަޕާނުގެ ވެރިކަންކުރާ ޓޯކިޔޯގެ ދެކުނުން އެއްހާސް ކިލޯމީޓަރު ދުރުގައި އޮންނަ ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ބޮނިން އައިލެންޑްސް (އޮގަސަވާރާ އައިލެންޑްސް) އަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ދާދި ދެންމެއަކު އައި މި ބިންހެލުމުގެ ބާރުމިން މެގްނިޓިއުޑް މިންގަނޑުން 5.0 އަށް އަރާއިރު، ބިންހެލުން އައިސްފައިވަނީ ބޮނިން އައިލެންޑްސްގެ ބިމުގެ 505 ކިލޯމީޓަރު އަޑިންކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ. މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީގެ އިންޒާރެއް ނެރެފައިނެތްއިރު، އެ ސަރަޙައްދުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ނޭނގެއެވެ.

މިއަދު ޖަޕާނުގެ ބޮނިން އައިލެންޑްސްއަށް ބިންހެލުމެއް އައިއިރު އިއްޔެވެސް އެޤައުމުގެ ޖަޒީރާ ރަށްތަކެއް އެކުލެވޭ ސަރަޙައްދަކަށް ބިންހެލުމެއް އައެވެ. އެ ބިންހެލުން އައިސްފައިވަނީ ހޮންޝޫގެ އުތުރު އިރުމަތީ ސަރަޙައްދަކަށް މެގްނިޓިއުޑް މިންގަނޑުން 4.6 ގެ ބާރުމިނުގައެވެ. އެ ބިންހެލުމުގައި އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައެއް ނުވެއެވެ.

ޖަޕާނަށް އިއްޔެ އާއި މިއަދު ބިންހެލުންތަކެއް އައިސްފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުންތައް އަންނަމުންދާ ދަނޑިވަޅެއްގައިކަން ފާހަނގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޮނަކޭ

    ތިވާނީ ޖަޕާނުގައި ޖީންސްލާ ކުދީން ގިނަވީ ކަމަށް