ފާއިތުވި 2017 ވަނަ އަހަރު ޖަރުމަނުވިލާތާއި ސްޕޭނުގައި މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާތަކުގެ އަދަދު އިތުރުވެއްޖެއެވެ.

ދާދި ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖަރުމަނުގައި މުސްލިމުންނާ ދެކޮޅަށް 950 ހަމަލާއެއް ދީފައިވާއިރު ސްޕޭނުން 500 ހަމަލާ ދީފައިވެއެވެ.

ޖަރުމަނުގެ ކަމާ ބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް، ޙާއްޞަ ކެޓަގަރީގެ ކުށްތަކުގެ ގޮތުގައި މިދިޔަ އަހަރު ބަލަން ފަށާފައިވާކަމަށެވެ. މިގޮތަށް އެފަރާތުން ބަލަން ފަށާފައިވަނީ މުސްލިމުން އެކްޓިވިސްޓުންގެ ފިއްތުންތަކާ ގުޅިގެންނެވެ.

މިދިޔަ އަހަރު 950 ހަމަލާ ދީފައިވާކަމަށް ރިކޯޑު ކުރެވިފައިވާއިރު، 33 މީހަކަށް ހަމަލާތަކުގައި އަނިޔާވިކަމަށް ރިކޯޑު ކުރެވިފައިވެއެވެ. އޭގެތެރޭގައި އަންހެނުންގެ ބުރުގާ ބޭލުވުންފަދަ ކަންކަން ހިމެނެއެވެ. އަދި، މިސްކިތްތަކަށް ދިން ހަމަލާތައްވެސް ހިމެނެއެވެ.

ޖަރުމަނުގެ އިންޓީރިޔާ މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި މި ކުށްތައް އިތުރުވުމަށް ދިމާވި ސަބަބަކީ އެޤައުމަށް ހިޖުރަކޮށްގެން އުޅޭ ރެފިއުޖީން ގިނަވުމާއި އެކަމުގެ ސަބަބުން ބައެއް ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކަ ތަކުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައިޓީބީ ފެއާއަށް ދާން އުޅުނު ބައެއް ދިވެހިންނަށް ޖަރުމަނު ވިސާއެއް ނުދިން ނަމަ ސަރުކާރުން ފޮރިންގް މިނިސްޓްރީން ޖެހޭނެއޭ މިކަން ބަލަން ލާރޖް ކޮށް. މުންދު އަށް މިކަން ނޭނގި އޮތީ ކީއްވެގެންތޭ. ލަންކާގައި ހުންނަ ޖަރުމަނު އެމްބަސޭ އަކީ އެއީ ދިވެހިރާއްޖެ އަށް ވެސް ކަނޑައަޅާފައި ހުންނަ މީހަކަށް ވާއިރު އައިޓީ ބީ ފެއާރ ފަދަ ބޮޑެތި ޚަރަދު ރާއްޖޭގެ ވިޔަފާރި ވެރިން ކޮށްގެން އެތައް ސަތޭކަ އައިޓަމްސް ތަކެއް އެއާރފްރައިޓް ކޮށް ޖަރުމަނަށް ފޮނުވައިގެން އައިޓބީ ފެއަރ ގެ ކަންކަން އިންތިޒާމް ކުރާ ޖަރުމަނު ވިޔަފާރި ކުރާ މީހުންނަށް ދީގެން އެކަން ކުރާ އިރު ލަންކާ ގައި ހުންނަ ޖަރުމަނު އެމްބަސޭ ރަނޑު އީގޯ ގޮތް ތައް ކުރިއަށް ނެރެގެން އެއްވެސް ވެލިޑް ރީޒަން އެއް ނެތި އެމްބަސޭ އަމިއްލަ އަށް އޭނާ އަށް ފެނުމުން މަމެން ދިވެހިންގެ ވިޔަފާރި ވެރިންނަށް ވިސާ އައިޓީބީ ފެއަރ އިން ނުދީ އެޒާތަށް ޖަރުމަނު އެމްބަސޭ އަށް އެމްބެސެޑަރު ކަން ކޮރަޕްޝަން ގެ އުސޫލުން ނުކުރެވޭނެއޭ އޭނާ ޖެހޭނީ މަގާމް ދޫކޮށް ފައިދާން. ނޯޗޮއިސް ކަނޑާލާ

  2. އެހެން ދޯ

  3. ސ ނުން ސޮނިބެ

    ދެން އަހަރުންނަށް ކީއް

  4. ޔާﷲ