ޖަރުމަނުވިލާތުގެ މެދުތެރޭގައި އޮންނަ ލުޑްވިގްސްހާފެން ނަމަކަށް ކިޔާ އަވަށަކުން ދެވަނަ ބޮޑު ހަނގުރާމާގައި ބޭނުން ކުރި ބޮމެއް ފެނިގެން އެ އަވަށުން މީހުން ހުސްކޮށްފިއެވެ.

މި ބޮން ފެނުމާއެކު އަވަށުގައި އުޅޭ 18500 މީހުން ހަ ގަޑި އިރު ވަންދެން އަވަށުން އެހެން ސަރަހައްދަކަށް ވަނީ ގެންގޮސްފައެވެ. އެ މީހުން ރައްކާތެރި ހިސާބަކަށް ގެންދިޔައީ ބޮން ނައްތާލުމުގެ ތެރޭގައި ގޮވާފާނެތީ ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަރުމަނުގެ ފްރޭންކްފާޓުން ވެސް ދެވަނަ ބޮޑު ހަނގުރާމާގައި އަޅާފައިވާ ބޮމެއް ފެނިފައިވެއެވެ. ބަރު މިނުގައި 500 ކިލޯ ހުރި ދެވަނަ ބޮޑު ހަގުރާމައިގެ މި ބޮން ފެނިފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކަށެވެ.

އެ ބޮން ފެނުމުން ބޮން ނައްތާލުމަށް އެ ސަރަހައްދުގައި އުޅެމުން ދިޔަ 70000 ހާސް މީހުން އެހެން ސަރަހައްދުތަކަށް ފޮނުވާލިއެވެ. މި ބޮން ޖަރުމަނަށް ވައްޓާލާފައިވަނީ އެމެރިކާއިން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

މި ބޮން ފެނިފައިވާއިރު މިއަހަރުގެ އެޕްރީލު މަހު ބާލިންގެ މައި ރޭލު ސްޓޭޝަނުން ވެސް ދެ ވަނަ ބޮޑު ހަނގުރާމާގައި އަޅާފައިވާ ބޮމެއް ފެނިފައިވެއެވެ.

އާންމު ގޮތެއްގައި ޖަރުމަނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ހަތިޔާރު ފެންނަ ގައުމެކެވެ. 1939 އަކުން 1945 އަށް ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަނގުރާމައިގައި އެތަށް މިލިއަން ބަޔަކު މަރުވި އިރު ޖަރުމަނު ވަނީ ހަނގުރާމައިން ބަލިވެފައެވެ. އަދި ހަނގުރާމަ ނިމެމުން ދަނިކޮށް އެމެރިކާއިން ވަނީ ޖަޕާނުގެ ހީރޯޝީއަށް ނިއުކުލިޔާ ބޮމެއް ވައްޓާލާ އެތަށް ހާސް ބަޔަކު މަރާލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކީއްވެ ތިއީ އެމެރިކާ ވައްޓާލި ބޮމަކަށް ވާންވީ؟ އެމެރިކާ ރަސްމީކޮށް ހަނގުރާމަކުރީ ޕެސިފިކްގައި. ޖަޕާނާ ދެކޮޅަށް. ޖަރުމަނާ ދެކޮޅަށް އެންމެ ފޯރީގައި އުޅުނީ ތި ތަނުގައި ރަޝިޔާ!