ޕާކިސްތާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނުގެ ސަރަޙައްދަށް މެގްނިޓުއުޑް މިންގަނޑުން 5.0ގެ ބާރުމިނުގައި ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އައި މި ބިންހެލުމާއި ގުޅިގެން އެ ސަރަޙައްދަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ގިނައިރުތަކެއް ވަންދެން ބިންހެލުމުގެ ލޮޅުންތައް އެ ސަރަޙައްދަށް އިހުސާސްކުރެވުނުކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ޕާކިސްތާނަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައި މިވަނީ، މި ސަރަޙައްދާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގިނަ ޢަދަދެއްގެ ބިންހެލުން އަންނަމުންދާ ދަނޑިވަޅެއްގައިކަން ފާހަނގަކޮށްލެވެއެވެ.