އިންޑިއާގެ އުއްތަރްޚާންދްގައި ހިނގި ބިންގަނޑު ކަޑައިގެންދިޔުމުގެ ހާދިސާއެއްގައި އެއް އާއިލާއެއްގެ ހަތް މީހަކު ދިިރިތިއްބާ ވަޅުލެވިއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، މި އާއިލާގެ ގިނައަކީ އަންހެނުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ހިސާބަށް ވަރަށް ބޯކޮށް ވާރޭވެހެެމުންދިޔަ ދަނޑިވަޅެއްގައެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ އާއިލާ ވަޅުލެވިފައި ވަނިކޮށޤ ފެނުނުއިރު، އެ ހާދިސާގައި އާއިލާއިން ސަލާމަތްވެފައި ވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެެވެ. އޭނާ ފިޔަވާ އެ އާއިލާގެ އެއްވެސް އިތުރު މެންބަރަކު މިހާރު ދުނިޔޭގައި ނެތެވެ.

މިއަދު ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާ ހިނގި ސަރަޙައްދު

ރިޕޯޓްތައް ބުނާގޮތުގައި، ދިރިތިއްބާ ވަޅުލެވުނު މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ. ބިންގަނޑު ކަނޑައިގެން ދިޔަ އެ ހާދިސާ ހިނގިއިރު އާއިލާގެ އެންމެން ތިބީ ނިދާފައެވެ. އެއިރު ގަޑިން ގާތްގަނޑަކަށް 4:00 ޖަހާފާނެެއެެވެ.

އަދި އެ ހާދިސާ ހިނގައިގެން އުޅޭކަން އެ ހިސާބުގައި ދިިރިއުޅޭ ފަރާތްތަކަށް އެނގުނީ ހެނދުނުއެވެ. އެ ހާދިސާގައި ސަލާމަތްވި ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އޭނާއަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަަމަށް ވެއެވެ. އަދި އެ ހާދިސާގައި ވަޅުލެވުނު ހަތް މީހުންގެ ހަށިގަނޑު މިހާރު އެތަނުން ނަގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއަށް ކުރަމުންދާ ވިއްސާރާގައި ކެރެލާއަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެތައް ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    ސުބުހާނަﷲ

  2. ނޫސްގަނޑު

    ދެންވެސް ރޭޕުގެ އަމަލު ހުއްޓާލަންވީނު.. ތިއީ އިލާހީ ކޯފާއެއް ކަމަށް ބެލެވޭ. ކޯފާ އަންނާނީ އާންމުކޮށް.

  3. މީމު ޔާ

    ސުބުހާނަﷲ