ބަވަނަ ވެފައިވާ މި ދުނިޔޭގައި ޓެކްނޮލޮޖީގެ ރޮގުން އެއް ގައުމު އަނެއް ގައުމާ އޮންނަ ވާދަވެރިކަން ބޮޑެވެ. އާ ކަންކަން ހޯދުމާއި ތަފާތު ކަންކަން އީދާޖު ކުރުމުގެ ޝަރަފް ހޯދުމަށް ކޮންމެ ގައުމެއްވެސް މަސައްކަތް ކުރާއިރު، ބައެއް ގައުމުތަކަކީ ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ބޮޑެތި ކާމިޔާބީތަށް ހޯދަމުން އަންނަ ގައުމުތަކެވެ.

ޖަޕާނަކީ އެގޮތުން ބަލާނަމަ ދުނިޔޭގައި ފާހަގަކޮށްލެވޭ އެއް ގައުމެވެ. އެރޯނޯޓިކްސްގެ ގޮތުން ބަލާނަމަ އެގައުމަކީ އެންމެ ފަހުގެ އެންމެ ބާރުގަދަ ރޮކެޓް ސީރީޒް އުފެއްދި ގައުމެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު ނިއުކްލިއާ ބާރުގެ ގޮތުގައި އޮތް ޖަޕާނުން އުފައްދާ އިލެކްޓްރޯނިކް ސާމާނަކީ ދުނިޔޭގެ ބާޒާރުގައި މަޝްހޫރު ނަން ހިނގާ ޕްރޮޑަކްޓުތަކެކެވެ.

އެގޮތުން ޖަޕާނުން މިހާރު އަންނަނީ ގިނިހިލަތަކަށް ރޮބަޓް ފޮނުވައިގެން އެ އެއްޗިއްސާ ބެހޭ މައުލޫމާތު އެއްކުރުމަށް ތައްޔާރުވަމުންވެ.

ޖަޕާން އޭރޯސްޕޭސް އެކްޕޮލަރޭޝަން އެޖެންސީ (ޖަކްސާ)އިން ވަނީ، އަންނަ މަހުގެ ތެރޭގައި ދުނިޔެއާ 186.4 މިލިއަން މޭލު ދުރުން ދަތުރު ކުރަމުން އަންނަ ބިޔަ ގިނިހިލައަކަށް އެ އިދާރާގެ ރޮބޮޓުތަކެއް ފޮނުވައިގެން ދިރާސާ ކުރުމަށް ނިންމައިފައެވެ.

ހަޔާބުސާ-2 ނަމަކަށް ކިޔާ އެއާކުރާފްޓެއް ބޭނުންކޮށްގެން އެ ބިޔަ ގިނިހިލައަށް ތިން ރޮބޮޓެއް ފޮނުވާއިރު އެ އެއާކުރާރާފްޓް މިހާރު އަންނަނީ ރުގޫގު ނަމަކަށް ކިޔާ އަލިމަހެއްގެ ބަށްޓަމަށް އިންނަ އެ ގިނިހިލަ ވަށައިގެން ދައުރު ކުރަމުންނެވެ.

އަދި ސެޕްޓެމްބަރ 21 ވަނަ ދުވަހު ޖަޕާނުގެ ސްޕޭސް އެޖެންސީގެ ދެ ރޮބަޓެއް ގިނިހިލައަށް ފައިބާއިރު، ތިންވަނަ ރޮބަޓު ގިނި ހިލައަށް ފައިބާނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ކަމަށް ވެސް ޖަކްސާއިން ބުނެއެވެ،

އެ އޭޖެންސީން ބުނާގޮތުގައި، ރޮބޮޓުތައް ގިނަ ހިލައަށް ފޭބުމަށްފަހު ގިނިހިލަ ގޮވާ ސަބަބު ދެނެގަތުމަށް ދިރާސާތަކެއް ކުރާނެއެވެ. އަދި އޭގެ ސަބަބުން ދުނިޔެއާއި ކައިރިން ދަތުރު ކުރަމުން އަންނަ ގިނިހިލަތަކުގެ ނުރައްކަލުން ސަލާމަތްވާނެ ގޮތް އެނގިގެންދާނެ ކަމަށް އެ ޖަކްސާއިން ބުނެއެވެ.

އެ އޮޕަރޭޝަން ކާމިޔާބުވެއްޖެނަމަ ޖަޕާނުގެ ޖައްވީ އިދާރާ ވެގެންދާނީ ފުރަތަމަ ފަހަރަށް ސީ ޓައިޕްގެ ގިނިހިލައެއް ދިރާސާ ކުރި އިދާރާއަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބުވެއްޖެނަމަ، އެކަން ވެގެންދާނީ ތާރީހީ ހޯދުންތަކުގައި ނާސާއާ ވާދަކުރަމުންދާ ޖަޕާނުގެ ސައިންސްވެރިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮއްކޮ

    ތިވެސް ކުރީގަ އެނގިފަ ހުރި ކަންތައް