މިދިޔަ ދުވަސްތަކުގައި އިންޑިއާގެ ކެރެލާއަށް ކުރަމުންދިޔަ ވިއްސާރާގައި އެތައް ބަޔަކު އަދިވެސް އެ ތިިބީ ވަގުތީ ހިޔާތަކުގައެވެ. މިގޮތުން އެންމެ ހާލުގައި ޖެހުނު އެއް ހިސާބަކީ އިންޑިއާގެ ކެރެލާ އަވަށެވެ. އެ އަވަށުން އެކަނިވެސް އެތައް ސަތޭކަ މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެ އަވަށުގެ ރައްޔިތުން އެކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް، އެ އަވަށުގެ ފަތުރުވެރިންގެ މަންޒިލެއްކަމުގައިވާ މުންނާރްގެ މަގު މަތިން ފެނުނު އަތްތިލައެއްގެ ސަބަބުން އެތައް ބައެއްގެ ހިތްތަކަށް ބިރުވެރިކަން ވެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

އެ ސަރަހައްދަކީ ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ޒިޔާރަތް ކުރާ ތަނެކެވެ. އެތަނަށް ގިނަ ބަަޔަކު ޒިޔާރަތް ކުރަނީ ކޮންމެ އަހަަރަކު އެއް ފަހަރު އެ ހިސާބުން ފެންނަ ނީލަކުރިނިޖީ ގަސްތައް ބެލުމަށެވެ. އެހެން ނަމަވެސް މި ވާރޭގެ ސަބަބުން މިފަހަރު ވަރަށް ބޮޑަށް އެތަނަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިހާރު އެ އަވަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މުންނާރުވެސް ސާފް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މިގޮތަށް ސާފް ކުރުމުގެ ތެރޭގަައި އެތައް ބައެއްގެ ސަމާލުކަމަށް އައި އެ އަތްތިލަ ފެނިގެން ގިނަ ބަޔަކު އެ ވާހަކަ އަންނަނީ ދައްކަމުންނެވެ.

އެއީ ގަލެކެވެ. އެހެން ނަމަވެސް އެތައް ބަޔަކު އެ އަތް ތިލަ ފެނިގެން ބިރުން އެބަ އުޅެއެވެ. އިންސާނެއްގެ އަތްތިލައިގެ ޝޭޕްއަށް އިން އެ އަތް ތިލައަކީ ކިހިނެއް ހެދުނު އެއްޗެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށް ވެއެވެ. އެއް ބަޔަކު ބުނަމުން ދަނީ އެއީ ކަލާންގެ މުންނާރު ސަލާމަތް ކުރުމަށް ފޮނުވި އެއްޗެއް ކަމަށެވެ.

އެކި ދީންތަކުގެ މީހުން އެކި ގޮތްތޮތަށް އެ އަތްތިލައިގެ ވާހަކަތައް ދަނީ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރީ

    ތިވާނީ ތިޔަމީހުން އަމިއްލައަށް ހެދި ކަލާންގެ ކަމަށް

    ގަބޫލުކުރާ ބުދުގަނޑެއްގެ ބިންދައިގެންދިޔަ އަތަކަށް....

  2. ޙެރެތެރެ

    މުންނާރު އެއްނޫން ކިޔަނި.މުނާރު އެ އަވަށައްކިޔަނި

    • މޯދީ

      ކުންނާރެއް ނޫންތަ؟

  3. އ.ޖ.އ

    އަތްތިލައެއް ފެނިދާނެ މާލޭ މަގުމަތިންވެސް. އަދި ވާރޭ ވެހުނަކަސް.

  4. ޢަލީ

    ކެރެލާ އަކީ އަވަށެއް ނޫން. އެއީ ސްޓޭޓެއް