އިންޑިއާގައި ސުކޫލެއްގެ ޕްރިންސިޕަލް އެ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކު ރޭޕްކޮށްފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްކަމުގައިވާ ނަގިނާ ޑެހަޓްގައި ހުރި އަމިއްލަ ސުކޫލެއްގައި އެ ހާދިސާ ހިނގާ ދިޔައީ މިދިޔަ ހުކުރު ދުވަހުގައެވެ.

އެ ހާދިސާގައި ރޭޕް ކުރެވިފައިވަނީ ގްރޭޑް 10 އެއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އެއަންހެން ކުއްޖާ ރޭޕްކުރި ޕްެރިންސިޕަލްގެ ނަމަކީ ޖިޓެންޑްރާ ކުމާރު ކަމަށް އެ އަވަށުގެ ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާ ރޭޕްކުރީ އިތުރު ހަރަކާތަކަށް ސްކޫލަށް ގޮސްގެން އުޅެނިކޮށް އޮޅުވާލައިގެން ސްކޫލުގެ މެޑިކަލް ސްޓޯރ އަށް ގެންދިޔުމަށް ފަހުގައި ކަމަަށް ރޭޕް ކުރެވުނު އަންހެން ކުއްޖާއާއި ހަވާލާދީ ފުލުހުން ބުނެއެވެ. އެ ތާންގައި އެ އަންހެން ކުއްޖާ ރޭޕްކޮށްފައިވާއިރު ރޭޕް ކުރުމުގެ ކުރިން އަންހެން ކުއްޖާއަށް ވާހަކަ ނުދެއްކޭ ގޮތަށް އަނގަމަތި ބަންދުކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާ ރޭޕް ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އެ އަންހެން ކުއްޖާގެ އާއިލާއިން ނެވެ. ޑޮކްޓަރީ ރިޕޯޓްތަކުން ވެސް ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަން ކަށަވަރުވާއިރު އެ އަވަށުގެ ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ ޑިޓެންޑްރާ ކުމާރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއަކީ އަންހެނުންނާއި ކުޑަކުދިންނަށް މުޅި ދުނިޔެއިން ވެސް އެންމެ ނުރައްކާ އެއް ގައުމެވެ. އަދި އެއީ މުޅި ދުނިޔެއިންވެސް ރޭޕްގެ މައްސަލަތަށް އެންމެ ގިނައިން ފެންމަތިވާ އެއްގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޑިއާ އަކީ މުޅި ދުނިޔެއިންވެސް ރޭޕްގެ މައްސަލަތަށް އެންމެ ގިނައިން ފެންމަތިވާ އެއްގައުމެވެ.

    ވަގުތު ނޫހަކީ އެންމެ ގިނައިން ރޭޕް ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެވެ.