އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެރިކަމުން ދުރުކުރަން އެމެރިކާގެ ގިނަ ބަޔަކު ތާއީދު ކަމަށް ވޮޝިންގްޓަން ޕޯސްޓްއާއި އޭބީސީ ނިއުސްއިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާއިން ދައްކައިފިއެވެ.

ހިޔާލު ހޯދުމުގެ މި ސާވޭގެ ނަތީޖާ ދައްކާ ގޮތުން، އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން ތިބީ، ޓްރަމްޕް ވެރިކަމުން ދުރުކުރަން ވެސް ތައްޔާރަށެވެ.

މި ސާވޭގައި ޓްރަންޕް ވެރިކަން ކުރައްވަމުން ގެންދާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ކަމަށް އެމެރިކާގައި އާންމު ރައްޔިތުންގެ 60 އިންސައްތަ މީހުން ބުނެފައިވެއެވެ. މިއީ އެޕްރިލް މަހު ކުރިއަށްގެންދިޔަ ސާވޭގެ ނަތީޖާއާއި އަޅާ ބަލާއިރު 4 އިންސައްތަ އިތުރު އަދަދެކެވެ.

އޯގަސްޓް 26 އިން 29 އަށް ކުރިއަށް ގެންދިޔަ ސަރވޭގެ ބައެއް ހޯދުންތަކަށް ބަލާއިރު، ޓްރަމްޕްގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައިވަނީ، ސާވޭގައި ބައިވެރިވި މީހުންގެ %36 މީހުންނެވެ. ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކަށް 40 އިންސައްތަ މީހުން ތާއިދު ކުރިއިރު، 45 އިންސައްތަ މީހުން ވަނީ މިކަމާއިވެސް ދެކޮޅު ހަދާފައެވެ.

ޓްރަމްޕްގެ ރިޔާސީ މަސައްކަތްތަކާއި މެދު ވެރިކަން ކުރާ ރިޕަބްލިކަންސްގެ 78 އިންސައްތަ މީހުން ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ޓްރަމްޕްގެ މަސައްކަތްތަކާއި މެދު ހިތްހަމަ ނުޖެހޭ ކަމަށް އިދިކޮޅު ޑިމޮކްރަޓުންއަށް ނިސްބަތްބާ 93 އިންސައްތަ މީހުން ބުނެފައިވާއިރު، ވަކިކޮޅަކަށް ނުޖެހޭ މިނިވަން މީހުންގެ ތެރެއިން 59 އިންސައްތަ މީހުންވެސް ބުނެފައިވަނީ ޓްރަމްޕްގެ މަސައްކަތްތަކާއި މެދު ހިތްހަމަނުޖެހޭ ކަމަށެވެ.

އެމެރިކާއަށް ހެޔޮ އެދޭ އެކުވެރި ގައުމުތަކާ އޮތް ގުޅުން ބީރައްޓެހި ކުރަމުންދާ އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕު އަންނަނީ އެމެރިކާގެ ޒަމާނީ ހަތުރުންނާއި އެކު އެކުވެރިކަމާ ގާތް ގުޅުންތައް އުފައްދަމުންނެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަންޕް އަށް އޮތް ތާއީދު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙިޔާލު

    ތީނަވެރިކަމުގާ ބަހައްޓަންވީ ތިތަފަނާވަންދެން

  2. ތާރީޚު ދިވެހި ރާއްޖެ

    އެބައެއްގެ ހާލަތު ރަނގަޅު ޙާލަތަކަށްވެސް އަދި ގޯސް ޙާލަތަކަށްވެސް ބަދަލު ކުރާނީ އެބަޔަކު ެަމިއްލައަށް.!!!!
    އެހެންވެ ހެޔޮވިސްނުމާއެކު ހިނގި ކަންތައް ތަކާއި ހިނގމުންދާ ކަންތަކަށް ބަލައިގެން މުސްތަޤުބަލް ކަނޑައަޅަން ޖެހެނީ!!

  3. އަބްދުއްލާ

    މިއީ ވިސްނުމެއްނެތި ދަޅައަށް ހެއްލިގެން ޕާޓީ ގެ ވެރިކަން ބަދަލުކުރީމަ ވާނެގޮތް .

  4. ބުރު

    ބުރުމާ އާ ހަވަލްކުރޭ އޭރަށް އަބުރާލާނެ