މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ ސްރީލަންކާގެ ކެންޑީގައި ކާފިއު އިއުލާންކޮށްފިއެވެ.

ހަަމަނުޖެހުން ހިނގަން މެދުވެރިވީ މުސްލިމެއްގެ ފިހާރަ އަކާއި މިސްކިތަކަށް ހަރުކަށި ބުޑިސްޓުން ގެއްލުން ދިނުމުންނެވެ.

ކެންޑީގެ ހާލަތު ބޮޑަށް ގޯސްވީ މިސްކިތަށާއި ފިހާރައަށް ގެއްލުން ދިނުމުން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލަން ބުޑިސްޓު ހާމުދުރުން ނިކުމެ ޕޮލިސް ސްޓޭޝަން ކައިރީގައި ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ގިނަ އަދަދެއްގެ ހާމުދުރުން ވަނީ ކެންޑީގެ ތެލަދެނިޔާ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގާފައެވެ.

އެއްވި މީހުން ދުރުކުރަން ފުލުހުން ވަނީ ކަރުނަގޭސް ޖަހާފައެވެ. މުޒާހަރާ ކުރަން އެއްވި މީހުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ވަނީ އެކަކު މަރުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެންޑީގައި ހަމަނުޖެހުންތައް ހިންގަމުން ގެންދަނީ ހަރުކަށި ބުޑިސްޓުންގެ މައްޗަށް އެކުލެވޭ ޖަމާޢަތެއް ކަމަށްވާ "ބޮޑު ބަލާ ސެނާ" (ބީބީއެސް) އިންނެވެ. މިއީ މީގެ ކުރިން ވެސް ލަންކާގެ މުސްލިމުންނާއި ދެކޮޅަށް ތަފާތު ހަމަލާތައް ދިން ޖަމާޢަތެކެވެ.

ބުޑިސްޓު ހާމުދުރުން ވަނީ މަގުތަކަށް ނިކުމެ ވެހިކަލްތަކުގެ ޓައިރުތަކުގައި އަލިފާން ރޯކޮށްފައެވެ.

ފުލުހުން ބުނީ ކެންޑީގެ ހާލަތު މިހާރު އޮތީ ކޮންޓްރޯލް ކޮށްފައި ކަމަށާއި ކާފިއު އިއުލާން ކޮށްފައި ވަނީ މާދަމާ ހެނދުނު 06:00 އާއި ހަމައަށް ކަމަށެވެ. ނަމަވެސް ކާފިއުގެ ވަގުތު އިތުރު ކުރަން ޖެހިދާނެ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދުރުމި

    މިޔީ މިދިވެހި ރާއްޖެ އަށް ކިރިސްތިއަން ދީން ނުވަތަ އެހެންދީންތައް އައީމާ ވާނެގޮތުގެ މިސާލެއް ކެނެރީގޭ ނަޝީދަކީ މިކަންކުރަން ބޭނުން ވެގެން އުޅޭމީހެއް ެއެދުވަހަކުނަ މިހާރު އޭނަޔައް ތާއިދު ކުރާމީހުން ހިތާމަކުރާނެ އޭރު އޮންނާނީ ވަގުތު ފާއިތު ވެފައި.

  2. ބާބޫ ނާޒް

    ދެން އަންނި ބުނެބަލަ ކާފިއު އާ ދެކޮޅަށް ނިކުންނަން.

  3. މުހައްމަދު

    މީތަ އިދުކޮޅު ފަރާތްތަކުން ލަންކާގައި ކުރިއަށް ގެންދާ މުޒާހަރާއަކީ..

  4. މުއުމިން

    އިންޝާﷲ މުސްލިމުން

  5. ރައީސް ނަސީދު

    ކޮބާ އެމެރިކާ، ޔޫކޭ، އިންޑިއާ. ޔޫއެން އެކަމާ ކަންބޮޑެއް ނުވޭތަ