އިންޑިޔާގެ ކޮލްކަޓާގެ ބްރިޖެއް ވެއްޓި ގިނަ ބަޔަކު ތާށިވެއްޖެއެވެ.

ބްރިޖްގެ ބޮޑު ބައެއް ވެއްޓިފައިވާއިރު ގިނަ އަދަދެއްގެ ކާރުތައް އެ ސަރަހައްދުގައި ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ހާދިސާގައި ހަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބްރިޖް ވެއްޓުނު ސަރަހައްދުގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމުގެ ބިރު ހީވެފައިވައިރު މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.

މި ބްރިޖް ވެއްޓުނު ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިޔާގައި މިފަދަ ނުރައްކާތެެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. އެގޮތުން 2016 ވަނަ އަހަރު ކޮލްކަޓާގައި ހަދަމުންދިޔަ ބްރިޖެއް ވެއްޓި ވަނީ 26 މީހަކު މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިނީ

    މިވަރު ބަޔެކޭ ރާއްޖޭގަ ބްރިޖް އަޅަން ނުދީގެން މިފޫކަހަނީ

  2. ބިޒީ

    ޗައިނާ ފޭކް، ހުރިހާކަމަކުންވެސް،

  3. މ

    ސުބުހާނަﷲ