"އަހަރެންންނަކީ މުޙައްމަދު ނަޖިމް. އަހަރެންގެ އުމުރަކީ 15 އަހަރު. އަހަރެން ދިރިއުޅެނީ އިރުމަތީ ޣޫތާގައި. އަހަރެންގެ، އަހަރެންގެ މީސްމީޑިޔާ މެދުވެރިކޮށް މި ސަރަޙައްދަށް އަސަދު ދެމުންދާ ހަމަލާތައް ދައްކާނަން."- މިއީ އިރުމަތީ ޣޫތާގެ ކުޑަކުއްޖަކު، އޭނާގެ ފޭސްބުކާއި ޓްވިޓަރ އެކައުންޓުގައި ބުނެފައިވާ ބުނުމެކެވެ.

މިދިޔަ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިރުމަތީ ޣޫތާއަށް ދަނީ މިއިން ދުވަހަކު ހަމަލާ ދެމުން ނުދާހާ ވަރުގަދައަށް ހަމަލާތައް ދެމުންނެވެ. އެންމެ ފަހުގެ ނޫސް ރިޕޯޓުތައް ބުނާގޮތުން އެސަރަޙައްދުން 600 އެއްހާ މީހުންވަނީ މަރުވެފައެވެ. އޭގެތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ކުޑަކުދިންނެވެ.

ސީރިޔާގެ ވެރިކަމުގައި ހުރި އަނިޔާވެރި ބަޝާރުލް އަސަދުގެ ފައުޖުތަކުން އިރުމަތީ ޣޫތާގެ 25 އިންސައްތަ ހިފާފައިވާއިރު، މުޅި ސަރަޙައްދު ވަށައިގެން، އޭނާގެ މަދަދުވެރި ސިފައިންވަނީ ރުކުރުވާލާފައެވެ.

މި ކަންތައްތަކުގެ އަގު އެންމެ ބޮޑަށް އުފުލަން ޖެހިފައިވާ ކުޑަކުދިން ދަނީ މިކަންކަން މުޅި ދުނިޔެއަށް ހާމަކުރަމުންނެވެ. މީސްމީޑިޔާގެ ޒަރީއާއިންނެވެ.

އެގޮތުން ނަޖިމް އަކީވެސް މިފަދަ އެއް ކުއްޖެކެވެ. އޭނާދަނީ ޣޫތާގައި ހިނގަމުންދާ ކަންކަމުގެ އަދާހަމަ (އަޕްޑޭޓް) އޭނާގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓު މެދުވެރިކޮށް އަންގަމުންނެވެ.

އެގޮތުން އޭނާގެ އެއް ޕޯސްޓުގައި ބުނެފައިވެއެވެ. "އަހަރެމެންނަށް އެނގޭ ކަލެމެން އަހަރެމެންގެ ލެއިން ތަތްތެޅިފައިވާ ފޮޓޯތަކާމެދު ފޫހިވެއްޖެކަން. އެކަމަކު އަދިވެސް އަހަރެމެން މިކަންކަން އަންގާނަން. ބަޝާރުލް އަސަދާއި ޚާމަނާއީ އަދި ޕުޓިން ވަނީ އަހަރެމެންގެ ޅަ ދުވަސް ނަގާލާފައި..."

"އަހަރެމެންނަށް އެނގޭ ކަލެމެން އަހަރެމެންގެ ލެއިން ތަތްތެޅިފައިވާ ފޮޓޯތަކާމެދު ފޫހިވެއްޖެކަން. އެކަމަކު އަދިވެސް އަހަރެމެން މިކަންކަން އަންގާނަން. ބަޝާރުލް އަސަދާއި ޚާމަނާއީ އަދި ޕުޓިން ވަނީ އަހަރެމެންގެ ޅަ ދުވަސް ނަގާލާފައި..."

މީގެއިތުރުންވެސް، ނަޖިމް ދަނީ ހަމަލާތަކުގެ ސަބަބުން ގެއްލުންވެފައިވާ އިމާރާތްތައްވެސް މުޅި ދުނިޔެއަށް ދައްކަމުންނެވެ. އެގޮތުން އޭނާގެ ޕޯސްޓެއްގައި ސުންނާފަތިވެފައިވާ ސްކޫލަކާއި ހަމަލާތަކުގެ އަމާޒަކަށް ވެފައިވާ ސީރިޔާގެ ރެޑް ކްރެސެންޓުގެ މަރުކަޒެއްވެސް ވަނީ ދައްކާލާފައެވެ.

ސީރިޔާގެ ކުޑަކުދިން އެދަނީ އެކުދިންގެ ލޮލުގެ ކުރިމަތީގައި ހިނގާ ކަންކަން ދައްކަމުންނެވެ. ދެން ބޭނުންވަނީ މި މަންޒަރުތައް ބަލާނެ ލޮލަކާއި އަހާނެ ކަންފަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަންނަމާރި

    އާ ރަނގަޅު އަދިވެސް ތިޔަކަންތައް ފެށުނީ ކިހިނެއްތޯ ދިވެހިންވެސް އެހެންމީހުންވެސް ބަލާނި ކަމެއްނެތް.. އެކަންކަމަށް ދެލޯ މަރައިލައިގެން ތިބެ ލިބޭ ގެއްލުންތަކާ ލެއިން ތަތްތެޅިފައިވާ އިންސާނުންގެ ހަށިގަނޑުތައް ބަލަބަލާ ތިބޭ ... އަދި އެފަދަ ތަނަކަށް މިގައުމު ހަދާލަން އަވަދިނެތި މަސައްކަތްކުރޭ... އޭރުންތާ މިގައުމުގަވެސް އޭރު ދިރިތިބި ބަޔަކު ތިޔަކަންތައް ކޮއްކޮއް ތިބޭނީ... ތީވިއްޔަ ކަމަކީ!!

  2. Anonymous

    ތި އަހާނެ ކަންފަތާ ލޮލާ ތިބޭނެ މިތާ 4ކާ ހަމަޔަށް ތުނބުޅިލާފަ. އެމީހުން ވީހާވެސް އަވަހަކަށް 6 އަހަރު ކުއްޖެއް އަންބަކަށް ހަދައިގެން ގޮވައިން ދާންވީ ތިތަނަށް ޖިހާދަށް

    • މަލިކައްޑޫ

      ﷲ ސުބްޙާނަހޫ ވަތަޢާލާ ފަރުޟު ކުރައްވާ ފައިވާ ކަންތައްތަކަށް ޖޯކު ނުޖަހާ!
      6 އަހަރުގެ ކުދިންނާ ކައިވެނި ކުރުމަކީ ޖިހާދު ކުރުން ކަމަށް އަންގަވާފަ އެއް ނޯވޭ! ބާވާލެއްވުނު ފުރަތަމަ ކަލިމަ އަކީ "ކިޔަވާށެވެ!"
      ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބެހޭ ގޮތުން، އެކަލޭގެފާނު އަވަހާރަވިތާ އެތައް ގަރުނެއް ފަހުން ޢައިޝަތު ގެފާނާ ބެހޭ ގޮތުން މުޅިން އެހެން މާނަތަކެއް ދޭހަވާ ގޮތަށް ބަޔަކު ދައްކާފައިވާ މުޑު ދާރު ވާހަކަތައް ތި ގޮތަށް ދައްކާ ކަމަށް ވާ ނަމަ ހިތާމަ ކުރަން ޖެހިދާނެ، ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ކޯފާ އަށް ހުށައެޅިދާނެ. ވިސްނައިގެން ހުންނާތި!
      ޢައިޝަތުގެފާނާ ކައިވެނި ބައްލަވައިގެންފައި، އެކަމަނާ ގެ ގަނޑުވަރަށް އެކަމަނާ ފޮނުއްވާ ލެއްވީ! އެކަމަނާ އާ ރޭ ނުކުރައްވާ! ރޭ ކުރައްވަން ފެއްޓެވީ އޭގެ އަހަރުތަކެއް ފަހުން. އަނެއްކާ ރޭކުރައްވަން ފެއްޓެވި ފަހުންވެސް މުޅި ރޭ ކަހަލަ ގޮތަކަށް ރޭ އަޅުކަމުގައި ހޭދަކުރެއްވީ! ޞައްޙަ ޙަދީސްތައް ބައްލައްވާ!

    • ޖޫސް

      ހުވާގަންދީ މަހީހީ

  3. މުއުމިން

    އިންޝާﷲ އަޅުގަނޑު ހެޔޮ ދުޢާ ކުރާނަން