އިގިރޭސި ވިލާތުގެ ލަންޑަންގެ ބެން ކްލޮކް ގަޑި ޓަވަރުގެ ބޮޑު ގިނި ހިލައެއް އަންނަ ހަފްތާގެ ތެރޭގައި ދުނިޔެއާއި ކައިރިން ދަތުރުކުރާނެ ކަމަށް ޖައްވީ ކަންތައްތަކާއި ބެހޭ މައި އިދާރާ "ނާސާ" އިން ބުނެފިއެވެ.

ބޮޑު މިނުގައި 557 ފޫޓް ހުންނަ އެސްޓިރޮއިޑް 1QU ނަމުން ނަން ދީފައިވާ އެ ގިނިހިލަ އަކީ ސިކުންތަކު 12 ކިލޯމީޓަރަށް ވުރެއް ބާރަށް ދަތުރުކުރާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފައިވެއެވެ. އެއީ ކޮންކޯޑްގެ ދުވެއްޔަށް ވުރެއްވެސް ބާރު ދުވެއްޔެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

މިމަހުގެ 11 ވަނަ ދުވަހު މި ގިނި ހިލަ ދުނިޔެއާއި 2.6 މިލިއަން މޭލު ދުރުން ދުނިޔެ ހުރަސްކުރާއިރު އެ ގިނަހިލައިގެ ސަބަބުން ދުނިޔެއަށް ގެއްލުންވެދާނެ ކަމުގެ އިންޒާރު ނާސާއިން ވަނީ ދީފައެވެ.

ނާސާއިން ނުރައްކާތެރި ގިނިހިލައިގެ ގޮތުގައި ލޭބަލް ކުރަނީ ބޮޑުމިނުގައި 459 ފޫޓަށް ހުންހަ ގިނިހިލަތަކެވެ. އަދި އެއަށްވުރެ ކުޑަ ގިނިހިލައެއް ދުނިޔެއަށް ވެއްޓުނަސް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ނުލިބޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ގިނި ހިލަ ދުނިޔެއާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު ދުނިޔޭގެ ދިރުންތަށް ނެތިކޮށްލާ ވަރުގެ ބޮޑު ގިނިހިލައެއް ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އޮންނަނީ ކޮންމެ 10،000 އަހަރުން އެއް ފަހަރުއެވެ.

ޖައްވުން އަންނަ މިފަދަ ބޮޑެތި ގިނިލިހަތަށް ދުނިޔެއަށް ވެއްޓެނީ އާންމު ގޮތެއްގައި 50 އާއި 60 މިލިއަން އަހަރާއި ދެމެދުގައި ކަމަށް ސައިންސްވެރިން ބުނެއެވެ. އެންމެ ފަހުން މިފަދަ ބޮޑު ގިނި ހިލައެއް ވެއްޓިފައި ވަނީ މީގެ 66 މިލިއަން އަހަރު ކުރިންނެވެ. އެފަހަރު ދުނިޔެއިން ޑައިނަސޯގެ އަސަރު ފޮހެލިއެވެ. އެފަހަރު ގިނި ހިލަ ވެއްޓުނީ މިހާރުގެ ގޮތުން ބުނާ ނަމަ ގަލްފް އޮފް މެކްސިކޯ އަށެވެ.

ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައި ވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ. އަދި ދުނިޔެއަށް ވެއްޓޭހާ ކައިރީގައިވާ 5000 މީޓިއޯސްއެއް މިހާރުވެސް ނާސާއިން ދަނީ މޮނިޓަރ ކުރަމުންނެވެ.

1996 ވަނަ އަހަރު ދުނިޔެ އާއި ވަރަށް ކައިރިން ބޮޑު ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ވެސް ދުނިޔެގާއި މާސް ޕްލެނެޓާއި ދެމެދުން މީގެ ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ.

ސައިންސްވެރިން ބުނީ މިފަދަ ގިނި ހިލައެއް ކައިރިވާކަން އެނގިއްޖެ ނަމަ އިންޒާރު ދޭން އޮންނާނީ އެންމެ 22 މަސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރުސްތުމް

    ކޮބާ ރުގުޔާ ކިޔަވާ ކުދީން؟

    • މާމަ

      މަލާމާތެއް ކޮއްލީތައް؟ ހިސާބަށް ވުރެއް ޖާހިލުވީމަށް ވާނީ ތިހެން

    • ވާނުވާ

      ކާފަރުކަން ބޮޑެތި ދިވެހީން ވެސް އޫޅޭދޯ

    • ޖ

      .ހިތުން ތި މަލާމާތް ލުރަނީ ކާކަށްތަ.

  2. ސޯދު

    "އިޔާދަ ނުކުރެވޭވަރު ގެއްލުން" އިޔާދަ ކުރުމަކީ އަލުން އެކަމެއް ކުރުން. ވީމާ ރަގަޅު ގޮތަކީ "ފޫނުބެއްދޭވަރު ގެއްލުން"

  3. ނާނަ

    މަލާމާތެއް ކޮއްލީތައް؟ ހިސާބަށް ވުރެއް ޖާހިލުވީމަށް ވާނީ ތިހެން

  4. Anonymous

    މިކަން އަހަރުންނަށް ވަނީ މީގެ ސާދަސަތޭކަ އަހަރު ކުރިން އެނގި އޮޅުންފިލާފަ. މުސްލިމުންގެ ފޮތްތަކުގަ މިވާހަކަ އެބޮތް

    • ނަންްްްްް

      ކޮންމެ ސައެންސުގެ ހޯދުމެއް ހަމަ ހޯދޭ އިރަށް ބުނާނެ 1400 އަހަރު ކުރީގައި މިވެނި ފޮތެއްގަ އެބަ އޮތޭ. ކީއްވެ ކުރީގައި ނުބުނެ ތިބެނީ؟

    • Anonymous

      ކުރިން ނުބުނެ ތިބެނީ ސާދަސަތޭކަ އަހަރުކުރިން އެވާހަކަ ބުނެފަވާކަން އެނގެނީ ސައިންސް އެކަން ފަހުން ހޯދާތީ

  5. ކޭތަ

    ކޮބާ ގިނިހިލަ ނަމާދެއް ނުކުރޭތަ؟

    • .

      .އެވަރުވެސް ނޭނގޭތަ

  6. ޙަސީބް

    ދުނިޔޭގަ އެންމެބޮޑެތި ދޮގުހަބަރު ފަތުރާތަނަކީ ނާސާ