އިންޑިއާގެ ސްޕްރީމް ކޯޓުން އެގައުމުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފިއެވެ.

އިންޑިއާގައި އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އިންޑިއާގެ ސްޕްރީމް ކޯޓުން މިއަދު ބުނީ އެގައުމުގައި އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކަށް އަދަބު ނުދެވޭނެ ކަމަށާއި އެއީ ގާނޫނީ ކުށެއް ނޫން ކަމަށެވެ.

އަދި 150 އަހަރަށް ވުރެ ގިނަ އަހަރު އިންޑިއާގައި ގާނޫނެއްގެ ދަށުން އެއްޖިންސުން ގުޅުން ހިންގުން މަނާކުރެވިފައި އޮތުމަށް ފަހު އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފައިވަނީ އާންމު ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށްވެސް އެ ނިންމުމުގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް އިންޑިއާގައި ވަނީ އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް މައްސަލައެއް ވައްދާފައެވެ. އެގޮތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހައިކޯޓަށް 2009 ވަނަ އަހަރު ވަނީ އެއް ޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް މައްސަލައެއް ވައްދާފައެވެ.

ނަމަވެސް ބައެއް ޖަމިއްޔާތަކާއި ބައެއް ދީންތަކަށް އަޅުކަން ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި އެކު އެ މައްސަލަ ފަސް ކޮށްފައި އޮތުމަށް ފަހު 2013 ވަނަ އަހަރު އެ މައްސަލަ އެ ގައުމުގެ ސްޕްރީމް ކޯޓަށް ހުށައެޅުނެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑު ކިޔުން ތަކާއި އެކު އެ މައްސަލަ މަޑު ޖައްސާލައިފައި އޮތުމަށް ފަހު 2016 ވަނަ އަހަރުގެ ތެރޭގައި ސްޕްރީމް ކޯޓުން އެ މައްސަލަ އަލުން ބެލުމަށް ނިންމިއެވެ.

އިންޑިއާގައި މީގެ ކުރިން އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކާއި ޖަނަވާރުންނާއި އެކުގައި ގުޅުން ހިންގާ ފަރާތްތަކަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އާދެއެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ނިންމުމާއި އެކު އެއްޖިންސުން ގުޅުން ހިންގުން މިހާރު އެއީ އަދަބު ލިބުމެއް ނެތް ކަމެކެވެ.

އިންޑިއާގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފައިވާއިރު އެގައުމަކީ ދުނިޔޭން ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ގައުމެވެ. އަދި އެގައުމުގައި ގިނަ އަދަދެއްގެ މުސްލިމުންވެސް ދިރިއުޅެމުން ދެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ބުއްޅަބޭގެ އައްޕަ

    ދެން މިރާއްޖޭގައި ތިކަންކުރަން އިންޑިޔާއިން ބާރުއަޅަމުންއެހެރަދަނީ!

  2. ޓަވަރު

    ދެން އިވޭނީ މުޅިންވެސް ފިރިހެނުން ރޭޕްކުރާ ވާހަކަ!

  3. އަލިފް. ޒެޑް

    އައްޗީޑި...........

  4. ސަމަދު

    ﷲ އިރާދަ ކުރެއްވިއްޔާ ތިވެރިންނާއި ތިވެރިންނަށް ވާގިވެރިވާމީހުން ނިކަމެތި ގޮތުގައި ނިމިގެންދާތަން ފެންނާނެއެވެ.

  5. ާހަސަންހަލީމް

    ސުބުހާނަﷲ ޙާދަ ބިރުހުރި ޙަބަރެކޭ މީމިސަރަހަދަށް ކުރިމަތިކުރި ބޮޑުވެގެންވާ
    މުސީބާތެއް! މިނުލަފާ ޖާހިލު އިންޑިއާގެ ވެރިން ގަދަހިއްޕެމަކުން އިބަﷲ ހިޕަވާ ގަދަފަދަ ޢަޒާބެއް ފޮނުވާ މިމީހުން ހަލާކު ކުރއްވާދޭވެ.

    • ޙަސަން ލަތީފު

      ޢާމީން

  6. ޙަސަން ވަހީދު

    ރޭޕުއިންޑިއާގެ މިނުބާ އަމަލު ކުއްވެރިކޮއް ސުޕުރީމްކޯޓުގެ މިއަމުރު އަބުރާގެންދިއުށމަށް
    ހަރުކަށި އިބާރާތުން ގޮވާލަން! މިސަރަހައްދު ނރައްކަލަކައް ޖާގަނުދިނުމައް ގޮވާލަން.

  7. މުޖޭ ހަސަން

    މޯދީ މޮޔަގެރި ވަބާ މިލައްވާލީ ހިތާމަކުރަން.

  8. ފިރާސާ ހަސަން

    މިއިންޑިއާގެނުބާއަމަލުތަކުން އަންނަ ނުރައްކާ ތަކުން މިސަރަހައްދުގެ އެހެން ގައުމުތއް
    ރައްކާތެރިކުރައްވާށި!

  9. އާބިދާ ޢަލީ

    މިއިންޑިއާގެނުބާއަމަލުތަކުން އަންނަ ނުރައްކާ ތަކުން މިސަރަހައްދުގެ އެހެން ގައުމުތއް
    ރައްކާތެރިކުރައްވާށި!

  10. ތަރާނާ

    ތިޔައީ މިގައުމުގައިވެސް ހުއްދަކުރަން އީޔޫއިން އެދޭކަމެކެވެ. އެމްޑީޕީ އަށް ވެރިކަމުގެ މުގޫ އަތުޖެހިއްޖެނަމަ މިގައުމުގައިވެސް ތިޔަކަން ހުއްދަކުރާނެއެވެ. މުޖައްރިބު.

  11. އަލީ

    ހުޅަނގުގެ ނުފޫޒް. އިންޑިއާގެ ތެރެއަށް ހުޅަނގުން ވަދެގަނެގެން އުޅޭތާ 15 ވަރަކަށް އަހަރު ވަރު ވެދާނެ. މިހާރު ތިފެންނަނީ އޭގެ ނަތީޖާ.

  12. ފާތޫ

    މިއެގުނީ ކެނެރީގޭ ލާދީނީ އަނިއާޢި މޯދީ އޮނަނުލާފާގުޅުން ދިވެހިން ހޭއަރާ ތިބޭތި
    ފޫރަތަމަ މަރުހަބާ ކިޔާނީ މިއަނި
    މިބާގަޑައް އެމްޑީޕީއަށް މިފަހަރު ވޯޓުނުދޭތި!

  13. ހަހުރަ

    އަހައްހައްހަހަހަހާ!!! ގަބޫލު ކޮށްލަންވެސް ދަތި، ޔޫރަޕުގެ ގައުމުތަކުގައި ގެންގުޅޭ ވިސްނުން އިންޑިއާއިން އެގައުމަށް އެތެރެކޮށް ޤާއިމްކޮށްފާނެކަމަކަށް!! އެހެންވީމަ ކުރިއަށް އޮތްތާނގަ ހީވާގޮތުން އެއްޖިންސުން ކައިވެނިކުރުމުގެ ހުއްދަވެސް މަށަށް ހީވަނީ ދޭނެހެން!! ބިރުވެރި ފެށުމެއްގެ އިންޒާރު!!

  14. ޖ

    ސުބުހާނަﷲ

  15. ވާނުވާ ބޭ

    ދެން ހީވަނީ އަންހެން ކުދިން ރޭޕް ކުރުން ކުޑަކޮށް މަޑުޖެހޭނެ ހެން

  16. ސާލިމް

    މާތްﷲ ލޫތްގެފާނުންގެ ގައުމުގެ މައްޗަށް ވަރުގަދަ އަޒާބެއް ފޮނުއްވިކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތް. އެގައުމުގެ ބިން އޮތްފުށުން އަނެއްފުށަށް ޖައްސަވާ އެންމެން ހަލާކު ކުރެއްވި އެއީ ލޫތްގެފާނުގެ އަނބިކަނބަލުންނާވެސް އެކުގައި. އެކަނބަލުންނަކީ ވެސް އަހަރެމެން މިވާހަކަ ދައްކަމުންދާ ނުބައި ފާފަ ކުރަމުންދިޔަ ނުބައިމީހުން ގެތެރެއިންވާ މީހެއްކަމަށް ވަނީ. އަހަރެމެންގެ މިކުޑަ ރާއްޖޭގެ ކަނޑުއޮޅިއާ ހިސާބަށް މައި، ދަރި، ވަކިނުވާ ހިސާބަށް ކަންކަން ދިޔައިމާ ހިތުގައި ބިރުވެރިކަން އުފެދެނީ. މާތްﷲ އެފަދަ ނުބައި ޝައިތާނީ އަމަލްތަކުން އަޅަމެންގެ ދިވެހި ލޮބުވެތި އެންމެހާ މުސްލިމުން ސަލާމަތް ކުރައްވާނދޭވެ. އާމީން.!!

    • މީ

      ޔާﷲ އާމީން

  17. ބޮނޑިބަތް

    ރޭޕްކުރުން ހުއްދަ ޚުރަންވީނު މޯޑީ. ދެން އަންނި ތިކަމާ ވަރަށް އުފާވާނެ. އޭނާއަކީވެސް އެކަހަލަމީހެކޭ ކިޔާވިއްޔާ.

  18. ޑަދެ

    މި މެސެޖްތައް އެބަކިޔަާ އިންޑިޔަާ ކޯޓުން ބުނީ
    މާދަމާ ބާތިލް ކުރާނަމޭ ...

  19. ބޮޑުބެ

    މިހާރު އެހެންވީމާ އަންނި އަދި އިދިކޮޅުން ގުޅިފައިވާ އިއްތިހާދުން އުފާކުރާނެދޯ

  20. ވަގު

    ކޮބާ އިންޑިޔާ ކުދިން މި ކޮމެންޓްތަކައް އެއްޗެއް ބުނެބަ...ދޯ

  21. ބޮޮނަކޭ

    އިންޑިއާ ބަންޑު ޖަހާލާއިރު ރާއްޖެ މައްޗަށް ނުފާބައިފިއްޔާ ލައްކަ ރަނގަޅު

  22. ޜޭޕް އިންޑިޔާ

    ޜޭފްވެސް ހުއްދަކުރާނަމަދޯ....

  23. ލިބްރަލް މުސްލިމް

    ތުރުކީއާއި އުރުދުންގަވެސް ހުއްދަ.

  24. ކްރޯޑް

    ދެން އެންމެ އަވަހަށް ރޭޕްކުރުމަކީވެސް ހުއްދަ ކަމަކަށް ހަދާ ކުޑައެއް ބޮޑެއް ނުބަލާ

  25. 3ނިރު

    މޯދީއަކީވެސް އެކަހަލަ މީހެއް ތޯއްޗެ މީހަކާ ކައިވެނި ކުރުވީމަވެސް އެމީހާޔާ އެއްވެސް ގުޅުމެއް ނުބާއްވާ އުމުރު ހޭދަކުރީ

  26. ހުސޭނުބޭ

    ތިހެން އުޅެނިކޮށް ނުބައި ފާޑެއްގެ ބައްޔެއް ޖައްސަވާ ތިކަން ކުރާ މީހުނަށް ކޯފާއެއް އަތުވެދާނެ! ބިރުގަނޭ!

  27. އެމް ޑީޕީ

    މިޤައުމުގައިވެސް ތިޔަކަން ތަޢާރަފުވަންދެން ލީޑަރުން ހުއްޓައެއްނުލާނެ. އެކަން ހުއްޓުވަން މި މަހު 23ގައި 1 ނަންބަރަށް ވޯޓު ދެއްވާ.

  28. ހުށިޔާރުވެ ތިބޭތި

    މިއީ ހުޅަނގުގެ ނުފޫޒު. ހޮލީވުޑާއި ލިބަރަލިޒްމްގެ ނުފޫޒު. ވައްތަރު ވައްތަރުގެ އެއްޗެހި ބެލުމަށްފަހު މަޑުމަޑުން މިކަހަލަ ފިކުރުތަކަށް މީހާގެ ހިއްސުތައް އައްސިކޮށްލާ. އަހަރުމެންގެ ޅަޖީލު ރަނގަޅުގޮތުގަ ތަރުބިއްޔަތު ކުރަން މިހާރުންމިހާރަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ މިކަމުގެ ބިރުބޮޑު މިރާއްޖޭގަވެސް. ބޮލީވުޑްގެ 'އައިޑޮލް'ތައް ވެސް އެބުނަނީ މި ނުބައި ހުތުރު ކަމަށް މަރުހަބާއޭ. ވިސްނަވާތި ހިއުމަން ރައިޓްސްގެ ނަމުގަ މިކުރެވޭ ޖަރީމާ. މިކަމުގެ ފަހަތުގައިވާ ގްރޫޕުން އެބުނަނީ ދެން ތިމަންނަމެން ސަރަހައްދުގެ އެހެނިހެން ގައުމުތަކުގައިވެސް މިނުބައި ަކަންހުއްދަކުރުވަން މަސައްކަތްކުރާނަމޭ.

  29. އިލްކްސަ

    ތީ އިންތިހާބަށް ނުފޫޒު ފޯރުވުން. ނުސީދާކޮށް ތިބުނަނީ އެކަމަށް ހިތްވަރުދޭބައެއް މިރާއްޖެއިންވެސް އިންތިހާބުކުރާށޭ.

  30. އ

    ދެން ތިކަމުގެ އުފަލުގަ ގޮސް މޯދީ ބުރިޔަށް ހުރިހާ އާލާތުން އަރުވާލާ

  31. ިހޯކަރޭ

    އިންޑިޔަާގައި ތިޙުކުމް ކުރި ހުރިހާ ފަނޑިޔާރުން. ނިކަމެތި ކުރައްވާނދޭ