އެއް ޖިންސުން ގުޅުން ހިންގުން އިންޑިއާގައި ހުއްދަކޮށް މިއަދު އެޤައުމުގެ ސުޕްރީމް ކޯޓުން ޙުކުމްކުރުމާއި އެކު ގިނަ ބަޔަކު މަގުތަކަށް ނިކުމެ އުފާފާޅުކުރަން ފަށައިފިއެވެ.

މިއަދުގެ ޙުކުމާއި އެކު، އެއްޖިންސުން ގުޅުން ހިންގުމަށް ތާއީދުކޮށް އެކަމަށް ޝަޢުގުވެރިވާ ގިނަ ބަޔަކު އެޤައުމުގެ ސަރުކާރާއި ކޯޓަށް ޝުކުރުވެރިވެ ތައުރީފުކުރަމުންދާއިރު، ބައެއް މީހުން ދަނީ ހާމަކަން ބޮޑު ގޮތްގޮތަށް ބައެއް ތަންތަނުގައި ގައިގޯޅިވެ އުޅެމުންނެވެ. އެގޮތުން އެފަދަ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގުން ކޯޓުން ހުއްދަކުރުމާއި އެކު އިންޑިއާގައި އުފާ ފާޅުކުރަނީ

އަދި 150 އަހަރަށް ވުރެ ގިނަ އަހަރު އިންޑިއާގައި ގާނޫނެއްގެ ދަށުން އެއްޖިންސުން ގުޅުން ހިންގުން މަނާކުރެވިފައި އޮތުމަށް ފަހު އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފައިވަނީ އާންމު ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ވެއެވެ. އެހެންކަމުން މިއަދުން ފެށިގެން އިންޑިއާގައި ބޮޑެތި މީހުނަށް، ޢާންމު ނޫން ކޮންމެ ތަނެއްގައިވެސް އެއްޖިންސުން ގުޅުން ހިންގުން ހުއްދަވާނެ ކަމާއި، އެކަމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. ނަމަވެސް ޖަނަވާރުތަކާއި އެކު އެފަދަ ގުޅުމެއް ނުހިންގޭނެކަން އެ ޙުކުމުގައި ބަޔާންކޮށްފައި އޮވެއެވެ.

އެއްޖިންސުން ގުޅުން ހިންގުން ކޯޓުން ހުއްދަކުރުމާއި އެކު އިންޑިއާގައި އުފާ ފާޅުކުރަނީ

އިންޑިއާގައި މީގެ ކުރިން އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކާއި ޖަނަވާރުންނާއި އެކުގައި ގުޅުން ހިންގާ ފަރާތްތަކަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އާދެއެވެ. ނަމަވެސް އެޤައުމުގެ ސުޕްރީމް ކޯޓުގެ ނިންމުމާއި އެކު އެއްޖިންސުން ގުޅުން ހިންގުން މިހާރު އެއީ އަދަބު ލިބުމެއް ނެތް ކަމެކެވެ.

އެއްޖިންސުން ގުޅުން ހިންގުން ކޯޓުން ހުއްދަކުރުމާއި އެކު އިންޑިއާގައި އުފާ ފާޅުކުރަނީ

އިންޑިއާގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފައިވާއިރު އެގައުމަކީ ދުނިޔޭން ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ގައުމެވެ. އަދި އެގައުމުގައި ގިނަ އަދަދެއްގެ މުސްލިމުންވެސް ދިރިއުޅެމުން ދެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އެކަމުން ސިއްޙީ ބޮޑެތި ނުރައްކާތައްވެސް ކުރިމަތިވާން ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. އަލްޖިބްރާ

    ޤައުމެއް ސުންނާފަތިވެ ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަކީ ހިތާމަ ހުރިކަމެއް ! ތިޔަފަދަ ނުބައި އަމަލެއް އާއްމު ކުރުމަކީ އެތަނެއްގެ ހަލާކުގެ ފެށުން !

  2. ދަތްދޫނި

    ތެދު ޙަބަރު ގެނެސް ދިނުން ބުއްދިވެރި.

  3. އިމާމް

    ސުބުހާނަﷲ سبحانالله ތިގައުމަށް ބޮޑު ކޯފާއެއް އަތުވެދާނެތީ ބިރުގަނޭ..

  4. Anonymous

    އައްޗީޑި. ޑިމޮކްރަސީ ދޮންވެ ފައްކާވާ ބޮޑު މަންޒަރު މިހިރަ ފެންނަމުންދަނީ. ތިޔަ ކާފަރުން ހަލާކުކުރައްވާނެ ދުވަސް ގަތްވަމުންދާކަން ދަންނާތި????

  5. ބޯހަލާކު

    މިކަމަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައިވެސް އެބައުޅޭ.

  6. އިކުރޮޅިބޯ އިންޑިއާގެ ގެރި މޯޑީ އިންޑިއާ

    އައްޗީޑި. ޑިމޮކްރަސީ ދޮންވެ ފައްކާވާ ބޮޑު މަންޒަރު މިހިރަ ފެންނަމުންދަނީ. ތިޔަ ކާފަރުން ހަލާކުކުރައްވާނެ ދުވަސް ގަތްވަމުންދާކަން ދަންނާތި????

  7. އަލީގެ މަލީ

    ޔާ ﷲ އެބައި މީހުން ނެތި ފަނާ ކުރައްވާން ދޭވެ...

  8. ާާނާޒް

    ހެއްދެވި ފަރާތްދެކެ ކުޑަކޮށްވެސް ބިރު ނުގަންނަނީބާ!.. ހުރި އަޒާބެއްގެ ބޮޑު ކަމާއެވެ..

  9. އަހުސަނު

    މިމީހުން އުފާ ފާޅުކުރަނީ އެއްޖިންސުން ގުޅުން ހިންގަން ހުއްދަ ދީގެން ހެން ހީނުވޭ ފޮތޯ ބެލާލުމުން. އަނހެނަކާއި ފިރިހެނަކާއި ދެމީހުން އޮޅުލައިގެން އުފާ ކުރާ މަންޒަރުވެސް އެބަ ފެނޭ. ހަމަ ގައިމުވެސް އެއީ ދެޖިންސް. ވީމާ ބޮޑަށް ބެލެވެނީ އެއީ އެހެހން ކަމަކަށް އުފާ ކުރުމުގެތެރެއިން ނަގާފަހުރި މަންޒަރުކަމަށް. ބޯ ގަބޫލުކުރާ ޒާތުގެ ފޮތޯ ޖަހާބަލަ.

    • ބަކުރުބޭ

      އެމީހުންގެ އަތުގައި ހުރި ދިދަތަށް ނުފެނޭތަ..ޔަގީން ނުވަންޔާ އަމިއްލައަށްވެސް ބަލަންވީނު ދޯ..ހަމަ ސީދާ އިބޫ އާއި ފައިސަލް ގެ ފިކުރު...

    • .

      .އަންހެނުންނަށް ވެގެން އުޅޭ ފިރިހެނުންނެއް ނުންތައެެއީ

    • ހަވަރުތުންފުހި

      އޭ ބަލަ އެއީ ދެފިރިހެނުން، އެކަކު އެހެރީ އަންހެން ހެދުން އަޅައިގެން އަންހެނަކަށް ވެގެން

  10. ހީނާ

    ސުބްޙާނައްލާހި! މާތް ﷲގެ ކޯފާއިން އަޅަމެން ސަލާމަތް ކުރައްވާށި، ބިރުވެތިވަން.. މިކަހަލަ ކަންކަން ހުއްދަ ނުވެގެން މިހާރު މި ދިވެހިންވެސް އިންޑިޔާ ވެގެން މިއުޅެނީ.. އަދި ހުކުމް ކުރާނެ ރޭޕް ހުއްދައޭ ކިޔާފަ...

  11. އަހުމަދު

    ތީ މޑޕ ގެ ފިކުރު......

  12. ބޯހަލާކު

    ތި ދެން އަންނި އަށްވެސް މިޤައުމުގައި ނުކުރެވިގެން ތިޔައުޅޭ ކަމަކީ ކަލޭނޭ ﷲ އަށް ބިރުވެތިވެ ބަލަ ނިކަން

    • މާސް

      އަންނިގެ މަގުސަދު ކާމިޔާބުވީ އަވަހައް އިންޑިޔާޔައް ބަދަލުވޭ

  13. ބޮޮނަކޭ

    ކޯފާ އަންނަ ދަނޑިވަޅު ރާއްޖެ ސަލާމަތްވާނެތަ؟ ޝޭޚުން އަވަހަށް ކޮންމެވެސް މަންތަރެއް ހަދަންވީނު

  14. ޗައިނާ

    ޗައިނާ މީހުން ލައްވާ ދެޔޯގެ ކުޅިވަރު ކުޅުވަން ފެނޭ. އެއީ މިކަހަލަ ކަންކަމުން އަންނަ މުސީބާތް ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކޯ.

  15. ޙަފްޞާ / މާލެ

    ލޫޠުގެފާނުގެ ޢާދު ޤަވްމަށް މާތްﷲ ފޮނުއްވި ގަދަފަދަ ޢަޒާބު ހިތްމައްޗަށް ގެނަސް މާތްﷲ އަށް ބިރުވެތިވަމެވެ.

  16. ރީނދޫ

    ތިމީހުން ވަކިކުރަން އުނދިގޫ ވާނެ.......

  17. ޖިންނި ޖިނާ

    އައްޗީޑި. ޑިމޮކްރަސީ ދޮންވެ ފައްކާވާ ބޮޑު މަންޒަރު މިހިރަ ފެންނަމުންދަނީ. ތިޔަ ކާފަރުން ހަލާކުކުރައްވާނެ ދުވަސް ގަތްވަމުންދާކަން ދަންނާތި

  18. ސައިނީ

    އިންޑޔާއިން އެނިއްމީ ދޯ ހިދާ އިންތިހާދުންވެސް މަކން ނިންމަން ވައުދު ވެލަމާ އިންޑިޔާއަކީ ވެސް އިއްތިހާދުގެ ބައެއްތާ

  19. މަ

    ތިވާނީ ދިވެހީންނަށް ޖެއްސުމަކަށް ނިންމި ކަމެއް. ދެން ދިވެހިންނެއް ނުދާނެތާ އިންޑިޔާއަކަށް.

  20. ޏަން

    ފަކުރު...

  21. މީހެއް

    ކޮންމެ ކަމެއް ސިޔާސީ ކަންކަމަށް ނަހަދަބަލަ. 100% މުސްލިމުންނޭ ދިވެހިން ނަކީ... އުޅެނީ ހިތް އެރިގޮތަކަށް. ރާއްޖޭގެ އަންހެން ކުދިން ބުރިޔަށް ބާރު އެޗިހިލައިގެން ނިކުމެ ނޫނީ ހެދުން ލައިގެން އޮރިޔާމާ އެއުޅެނީ އަންނި ބުނެގެންތަ؟ ނޫނިއްޔާ ޔާމީން ބުނެގެންތަ؟ ކޮންމެ ކަމެއް ސިޔާސީ އަށް ތިހަދަނީ.

  22. ހަސަން މާހިރު

    މާތްﷲ ސަދޫމް ގެ ރައްޔިތުނަށް ފޮނުއްވިފަދަ ކޯފާގެ މަތީން ހަނދުމަކުރާށެވެ.

  23. ކެނެރީ މުގާބޭ

    ނަސީދުވެސް ޑޭވިޑް ހާޑިން ހަމް އެކީ ދެން ބިރަކާނުލާ އިނޑިޔާގަ އުޅެވޭނެތާ

  24. ބޯހަޅާކު

    ބަޅަ މޮޔަޔާ މީ އިންޑިޔާއެއްނޫނޭ މީދިވެހިރާއްޖެ މީ މުސްޅިމުންނޭ ބަޔަކަށް މުސްޅިމެއްގެ ހިތެއް ބަދަޅެއް ނުކުރެވޭނެ މިހާރުވެސް މިގައުމުގެ އެބައުޅޭމީހުން ކަރުކަތިޅާމީހުން ދެން ވަކިމީހަކު މިގައުމުގެ ވެރިއަކައްއައިމަތަ ތިކަހަ ބޯގަޅިވާހަކަނުދައްކާށެވެ ސަޅާމް

  25. ސައުތުބޭ

    ލަދުން 2ފަައި ކާރިކޮއްލަން ނުކެރިފަ މި ހުރީ

  26. ހަލި

    އިންސާނުން ހަލާކު ވެގެން ދާނީ އެމީހުން އަމިއްލަ އަށް ކުރާ މިފަދަ ފާސިދު އަމަލް ތަކުގެ ސަބަބުން.

  27. ޝަންސު

    ސޮޑުމޯލް

  28. ގިޅި

    މަ ވަރައްރަގަޅައް ބަޅާއިފިން އެއްޖިންސުގެ ދެމީހުންބައްދާއިގެން ތިބިތަނެއް ނުފެނެއި މުޅީންވެސް ތިބީ ދެޖިންސުގެމީހުން

    • ޙިހިހި

      .ކަލޭ ލޮލަށް ޑިމޮކުރަސީ އެޅިފަ ތިއޮތީ..

  29. އދ

    ތިޔަފަދަ ހުތުކަން ބޮޑުފާފައެއް ހުއްދަކޮށް ރައްޔިތުން އެމަޅީގައިޖެހެން ފުރުސަތު ހުޅުވާ
    ލުމަކީ ނުރައްކާތެރި ކަމެކެވެ.

  30. ޙަސަން

    އިނޑިޔާއަށް ސަދޫމަށް އައިފަދަ މުސީބާތެއް ޖައްސަވާންދޭ.

    • ގަމާާރު

      އިންޑިއާ ގެނބިގެންދާއިރު ކަލޯއާ ކަލޯގެ ރާއްޖޭގެ ހާލު ކިހިނެއްވާނެ؟

  31. ފާތުމަ

    އިނޑިޔާއަށް ސަދޫމަށް އައިފަދަ މުސީބާތެއް ޖައްސަވާންދޭ.

  32. ޚަަަމީ

    ކިހާދެރަކަމެއް

  33. ސައިބޯނިބޮކި

    ވަރަށް ފޯރި ހުންނާނެ ދެން އެމީހުން ނަށް ހެޔޮވާނެ ދަގަނޑު ހޮޅި އަކާދިމާވިއަސް މޯދީ ބާރަށް ކުރިއަށް އޮތް ތަނުގައި އަށްޖަހާ

  34. އަހްމަދު

    އައްޗީޑި. ދެން ދިވެހިންގެ ތެރެއިން މިކަންކުރަން ބޭނުން މީހުން ވަރަށް އުފާވާނެ، އައްޗީޑި އެބަޔަކަށް ހަލާކު ހުރި

  35. ޑޮންޑޮން

    ޤިޔާމަތް ދުވަސް ކައިރިވެއްޖެ ކަމުގެ އަލާމާތް..

  36. ޙައްވަ

    ކޮބާ ރީދޫކުދިން ފެނޭތަ ވިސްނަބަލަ އަންނި ގެ ނުބައި ނުލަފާކަން ހުރިވަރު އެވަރުގެ ބަޔަކައް ބައިއިތުހިފައިގެން ޖިންނި އެއުޅެނީ ދެން މާލޭގައި ތިބި ރީދޫ ކުދިންކޮޅު ދޭ އިނޑިޔާއަށް ބޭނުންދީނަކައް އުޅެން

  37. ޙަބޭސް

    އެމްޑީޕީއިން ގެންނަން އެއުޅޭ މިނިވަންކަމަކީ މިއީބާ

  38. Anonymous

    ތިޔަ ކަލާ އެންމެ އުފާކުރާނީ ގަންޖާ ރައީސް އާ ދަކްތަރު ޝަހދ.

  39. ރިނބުދޫ ވަލީދު

    ތީ އެ ގަންޖާބޯ ކުޅޭ ކުޅިގަނޑު

  40. Anonymous

    ާކިހާ ދެރަވެއްޖެ ކަމެއް ...ކަމެއްވާއިރަށް އަންނި އަށް ތިބެހެނީ