ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ އޯޝަނިއާގެ ޤައުމެއްކަމަށްވާ ފިޖީއަށް މެގްނިޓިއުޑް މިންގަނޑުން 8.1 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ބިމުގެ 652 ކިލޯމީޓަރު އަޑިން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ގެއްލުންބޮޑު ސުނާމީއެއްގެ އިންޒާރު އަދި ނެރެފައި ނުވީނަމަވެސް، ބައެއް ސަރަޙައްދުތަކަށް ރާޅުގެ އަސަރު ކުރާނެކަމަށް ވަނީ ބެލެވިފައެވެ. މި ބިންހެލުމާއި ގުޅިގެން އެއްވެސް މީހަކަށް ނުވަތަ ފިޖީއަށް ލިބުނު ގެއްލުމެއްގެ ތަފްސީލެއް އަދި އެޤައުމުގެ ކަމާއި ބެހޭ ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މެގްނިޓިއުޑް މިންގަނޑުން 8.1 ގެ ބާރުމިނުގައި ފިޖީއަށް ދާދި ދެންމެއަކު ބިންހެލުމެއް އައިސްފައި މިވަނީ މިއަދު އެޤައުމަށް މެގްނިޓިއުޑް މިންގަނޑުން 4.4 އާއި 5.5 އާއި ދެމެދުގެ ބާރުމިނުގައި ތިން ބިންހެލުމެއް މިއަދު އައިސްފައި ވަނިކޮށެވެ. އެގޮތުން އެންމެ ފުރަތަމަ އައި ބިންހެލުން 4.4 ގައި ރެކޯޑު ކުރެވުނުއިރު ދެވަނަ ބިންހެލުން އައީ 5.5 ގައެވެ. އަދި ތިންވަނަ ބިންހެލުމެއް އައިސްފައި ވަނީ މެގްނިޓުއުޑް މިންގަނޑުން 4.7 ގައެވެ.

ބާރުގަދަ ބިންހެލުމެއް ފިޖީއަށް އައިސްފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ސައިންސްވެރިން ބުނާގޮތުގައި މިއީ މީގެ ކުރިން ދުނިޔެ ނުދެކޭހައި ބާރުގަދަ ބިންހެލުމެއް އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތަކެވެ. އެމެރިކާ ސަރަޙައްދަށް އަންނާނެ ކަމަށް ބުނެވޭ އެ ބިންހެލުމަށްފަހު އުފެދޭ ގެއްލުންބޮޑު ސުނާމީއެއްގައި ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝޭކު

    ތިރަށު އަންހެން ކުދީންވެސް ޖީންސް ލަނީތަ؟

    • ޢަބްދުﷲ

      ހިނދުކޮޅުގެ ކުއްޖެއްދޯ؟ ހެއްދެވި ފަރާތެއްވާކަމާއި ޚުދު ތިބާވެސް މަރުވާނެކަމާއި އަލުން ދިރުއްވައި ހިސާބު ބެއްލެވޭނެކަން ހަނދުމަކުރައްވާ ބިރުވެތިވޭ.

  2. އަސްތާ

    ސުބްހާނައްﷲ

  3. އިމްރާން

    الله أكبر