ލަންކާގައި މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށް ސިފައިންނާާއި ފުލުހުން މަގުމައްޗަށް ނެރެން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާނުކޮށް 10 ދުވަހަށް އިތުރުކޮށްފައިވާއިރު ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކަށް ސިފައިންނާއި ފުލުހުން ފޮނުވަން މިހާރު ވަނީ ފަށާފައެވެ.

އިއްޔެ ލަންކާގެ ކެންޑީގައި މުސްލިމަކު ގެންގުޅުނު ފިހާރައަކަށް ބުދިސްޓުންތަކެއް ހަމަލާދީ ހުޅުރޯކޮށްފައި ވެއެވެ. އެ ހާދިސާގައި މުސްލިމަކު ވަނީ މަރުވެފައެވެ. އެކަމާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސިފައިންނާއި އެލީޓު ފުލުހުން ވަނީ އެސަރަހައްދަށް ފޮނުވާފައެވެ.

މިހާރު އަމާންކަން ބެލެހެއްޓުމަށް އެތައް ފުލުހުން މަގުތައްމަތީގައި ހަރަކާތްތެރިވަމުންދާއިރުގައި މިހާތަނަށް ހަމަނުޖެހުންތަކާ ގުޅޭ މައްސަލަތަކުގައި 24 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

މުސްލިމުންނާ ބުދިސްޓުންނާ ދެމެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ މުސްލިމުންގެ ފިހާރަތަކަށާއި މިސްކިތްތަކަށް ހަރުކަށި ބުދިސްޓުން ގެއްލުން ދިނުމުންކަމަށްވެސް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ. އަދި އެކަން ފެށުނީ މިދިޔަ ހަފްތާގެ ތެރޭގައި މުސްލިމް ކައްކާއަކު ސިންހަޅަ މީހުންގެ ކާއެއްޗަށް ބޭސް އެޅިކަމުގެ ތުހުމަތު ކުރެވުނު ހިސާބުން ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

21 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްލީލަންކާ ދިރިއުޅޭ މުސްލިމުންގެ ނިސްބަތް ވަރަށް މަދެވެ. އާބާދީގެ 75 ޕަސެންޓަކީ ބުދިޝްޓުންނެވެ. މުސްލިމުންނަކީ އެންމެ 10 އިންސައްތައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހިމް

  އިއްޔެ ލަންކާގެ ކެންޑީގައި މުސްލިމަކު ގެންގުޅުނު ފިހާރައަކަށް ބުދިސްޓުންތަކެއް ހަމަލާދީ ހުޅުރޯކޮށްފައި ވެއެވެ..... ހަމަޖެހާޭބާ...

 2. އަބްދުއްލާ

  މި ރާއްޖޭގަ ހަމަޖެހުން ގާއިމުވިހާ އަވަހަކަށް ކުއްލި ނުރައްކާ ދޫކޮށްލާނެ ،އެމްޑީޕީ ގެ މީހުން ގާނޫނަށް ބޯނުލަނބާހާ ދުވަހަކު ކުއްލި ނުރައްކާ ވާނީ ދަމަހައްޓަން.

  • ާާާްްދޮންބެ(ސައީދު )

   ބުޑިސްޓުން ގެ ހިތުގައި މުސްލިމުންނާމެދުދެ ނަފްރަތު ވަނީ ކީއްވެބާ....
   ޔާ ﷲ
   ލަންކާ ގައި ދިރިއުޅޭ މުސްލިމުންނައް ކެތްތެރިކަން ދެއްވާންދޭވެ...
   އާމީން.....

 3. ޙަސަން

  ހަރުކަށި ވުމަކީ ވަކި ދީނަކަށް އޮންނަ ކަމެއް ނޫން. ބުޑިސްޓުންނާްއި ހިންދޫން ވެސް އަނިޔާވެރިކަން އިސްކުރާ ނަމަ އެއީ ހައްދުފަހަނައެޅުން.