އިންޑިއާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގައި އިންޑިއާ ސިފައިން ދިން ހަމަލާއްގައި އާންމުންގެ ހަތަރު މީހުން ޝަހީދުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ ކަޝްމީރުގައި ހުރި އިންޑިއާ ސިފައިންގެ މިލިޓަރީ ޗެކްޕޮއިންޓަކަށް ހަނގުރާމަވެރިންތަކެއް ދުއްވާފައި ދިޔަ ކާރެއް ހުއްޓަަން ދެކޮޅުހެދުމުން ހަމަލާ ބަދަލު ކުރުމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އެންމެ ފުރަތަމަ ހަމަލާދިނީ ކާރުތެރޭގައި ތިބި ހަނގުރާމަވެރިންނެވެ.

ރައްދުގައި އިންޑިއާ ސިފައިން ދިން ހަމަލާގައި އާންމުންގެ ތިން މީހުން ވަނީ މަރުވެފައެވެ. އަދި އާންމުންގެ ހަތަރުވަނަ މީހާ މަރުވެފައި ވަނީ ދުރުގައި ހުރި ކާރެއްގެ ތެރޭގައި އިންދާ އެރި ވަޒަނަކުންނެވެ.

ހަމަލާ ބަދަލު ކުރަން ފެށުމާއެކު ހަނގުރާމަވެރިއަކު ވަނީ މަރުވެފައެވެ. ދެވަނަ މީހާގެ ހަށިގަނޑު ފެނިފައި ވަނީ އެ ސަރަހައްދާއި އެއް ކިލޯމީޓަރު ދުރުންނެވެ. ބެލެވޭގޮތުގައި އޭނާ މަރުވެފައި ވަނީ ޒަހަމްތަކާއެކު ފިލަން މަސައްކަތް ކުރަނިކޮށެވެ.

މި ހަ މީހުންގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު ކަޝްމީރުގައި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އިންޑިއާ ފުލުހުން ވަނީ މުޒާހަރާތައް ކޮންޓްރޯލު ކުރަން ޓިއާ ގޭސް ޖަހާފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

އާދީއްތަ ދުވަހު ދިން ހަމަލާއަށް ފަހު އިންޑިއާއިން ވަނީ އެސަރަހައްދު ލޮކްޑައުންކޮށް، ސިފައިންނާއި ރަޔޮޓު ފުލުހުުން މަގުތަކަށް ނެރެފައެވެ. އަދި ސްކޫލުތައްވެސް ބަންދު ކުރި އިރު އެ ސަރަހައްދުން އިންޓަނެޓުގެ ހިދުމަތްވެސް ވަނީ ކަނޑާލާފައެވެ.

1989 ވަނަ އަހަރުން ފެށިގެން ކަޝްމީރު އިންޑިއާގެ އަތްދަަށުން މިިނިވަން ކުރަން ހަނގުރާވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާއިން ތުހުމަތު ކުރަނީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދެނީ ޕާކިސްތާނުން ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުއްލާ

    އެހެން މީހުނާ ނުތޮޅި ގައުމު ހަމަޔަކަށް އަޅުވަން އިލޮށިފައްޗެއް ހިފައިގެން މޯދީ ނުކުންނަން ވީއެއްނު

  2. ރިޒާ

    ޗައިނާއިން ހުރޮހާ މުސްލިމް ފިރިހެނުންްގެ ތުނބުޅި ބާލައިފި

  3. Anonymous

    ބަރާބަރު. މުސްލިމަކަސް އިމުން ބޭރުވީމަ އޮންނަނީ މަރާލުން

  4. Anonymous

    ލޮލް. ކިހާ ސަޅި އެހެންވީމަ. އިންޑިޔާ ހޮޕްހޮޕް ޓެރަރިސްޓުންތައް މަރާ ސުންނާފަތިކުރޭ ކާފަކިޔާ ދަރިއަކުވެސް ނުބަހައްޓާތި

  5. ޖޫސް

    ރަނގަޅު...