ސެންޓްރަލް އެފްރިކާގެ ސިފައިންގެ މީހަކު މުސްލިމް މީހާ ގަޔަށް ވަޅި ހަރަނީ - ފޮޓޯ: ރޮއިޓާސް
ސެންޓްރަލް އެފްރިކާގެ ސިފައިންގެ މީހަކު މުސްލިމް މީހާ ގަޔަށް ވަޅި ހަރަނީ - ފޮޓޯ: ރޮއިޓާސް

އިދިކޮޅު ހަނގުރާމަވެރި ޖަމާއަތަށް ނިސްބަތްވާ މީހެއްކަމަށް ބުނެ ސެންޓްރަލް އެފްރިކާގެ ސިފައިންގެ ބަޔަކު ގިނަ އަދަދެއްގެ ބަޔެއްގެ ކުރިމަތީ ރަހުމްކުޑަގޮތަކަށް މީހަކު މަރާލައިފިއެވެ.

ގާތްގަޑަކަށް 20 ސިފައިން ބައިވެރިވެގެން މަރާލާފައިވަނީ ސެންޓްރަލް އެފްރިކާގައި ހަރަކާތްތެރިވަމުންދާ މުސްމިލް ޖަމާއަތެއްކަމަށްވާ ސެލެކާ ޖަމާއަތުގެ މީހެކެވެ.

ސިފައިންގެ މީހުން ވަނީ އޭނާ މަރުވުމުގެ ކުރިން އޭނާއަށް ތަފާތު އެކި އަނިޔާތަށް ދީފައެވެ. އެގޮތުން އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭނާ ގަޔަށް ވަޅި ހަރާފައިވެ އެވެ. އަދި އޭނާ މަރުވުމުން އޭނާ މަރާލި ސިފައިންގެ މީހުންތަށް ވަނީ އޭނާގެ މަރުވެފައިވާ ހަށިގަނޑު މަގުމަތީ ދަމާ ހަދާފައެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު މަގުމަތީ ދަމަމުންދިޔައިރު އެ ހިސާބުގައި ދިރިއުޅެމުންދާ މީހުން ދިޔައީ އެމަންޒަރުތަކުގެ ފޮޓޯ ނަގަމުންނެވެ.

މި ހާދިސާ ހިނގިތާ ވިއްސަކަށް މިނެޓްފަހުން އެގައުމުގެ ވަގުތީ ރައީސް ކެތެރިން ސަމްބާ ޕަންޒާ ވަނީ 1000 ހާއެއްހާ ސިފައިންނާ ބައްދަލުކޮށް ވާހަކަދައްކާފައެވެ.

"ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ގައުމުގައި މިހާރު އުފެދިފަ ހުރި މައްސަލަތަށް ހައްލުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން" ޕަންޒާ ވިދާޅުވިއެވެ.

ސެންޓްރަލް އެފްރިކާގެ ސުލްހަ ބެލެހެއްޓުމަށް ފޮނުވާފައިވާ ފުރާންސާއި އެފްރިކާ ބައްރުގެ ގައުމުތައް ހިމެނޭގޮތައް އެކުލަވާލާފައިވާ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ސިފައިން އެގައުމުގައި ހަރަކާތްތެރިވަމުން ދިޔަނަމަވެސް އެގައުމުގައި ހިންގާ ހަމަނުޖެހުންތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އ.ދ އިން ހާމަކުރާގޮތުގައި މިހާތަނަށް ސެންޓްރަލް އެފްރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 2000 މީހުން ވަނީ މަރުވެފައެވެ.

ADS BY SHEESHA

1960 ވަނަ ފްރާންސްގެ އަތްދަށުން ސެންޓްރަލް އެފްރިކާ މިނިވަންވި ފަހުން މިހާތަނަށް އެގައުމުގެ ވެރިކަމުގެ ބާރުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެ ބޭފުޅުންގެ މަގާމުތަކުގައި ތިބުމަކީ އުނދަގޫ ކަމެކެވެ. އެގޮތުން މިހާތަނަށް އެގައުމަށް ވަނީ ފަސް ފަހަރު ބަޢާވާތް ގެނެސް ވެރިން ބަދަލުކޮށްފައެވެ.

3 ކޮމެންޓް

 1. ހައްލު ވާނެހެން ހަމަ ހީނުވޭ!! ތީ ޕަންޒާ ދައްކާ ހޮޅި ވާހަކަ..!!

 2. ޝައްފާފް އަޙްމަދު

  އެއީ ސެލެކާ މީހެއްނޫން .. އެމީހުން ހަމައެކަނި ޝައްކު ކުރީ އެހެން .. އޭނަ ހަމަ މުސްލިމް ވީމަ މަރާލީ .. އަދި ފަހުން އޭނާގެ ފައިވެސް ބުރިކޮށްލައިގެން އަލިފާން ރޯކޮށްގެން އުޅުނު ..

  https://twitter.com/bouckap/media

  މިއީ ދީނީ ހަނގުރާމެ އެއްނޫން މިއީ ފަރަންސޭސި ސަރުކާރުން މާ ކުރިން އިންދައިފައިވާ އަހުލީ ތަފާތުތަކުގެ ގަސް ފަޅާ ބޮޑުވެގެން ދިމާވި ކަމެއް .. ރުވާންޑާ ޤަތުލް ޢާއްމަކީވެސް މިހެން ފަރަންސޭސި މީހުންގެ ސަބަބުން ހިނގި ކަމެއް

 3. މާންބީދަގުރޭޓް

  ކަލޯމެންނަށް މިދުނިޔެމަތީގަ ތިގޮތަށް މުސްލިމުން މަރާގެން އުޅެވިދާނެ.... މަޙުސަރު ދުވަހުން ދަގަފަދަވެގެންވާ ޢަޒާބު ލިބޭނެ