ފާހިޝް ކަންކަން އިންތިހާއަށް އިތުރުވެފައިވާ އިންޑިޔާގައި، އަނެއްކާވެސް އަންހެނަކު ރޭޕުކޮށްފިއެވެ. ޚަބަރުތައް ބުނާގޮތުން، އެންމެ ފަހުން އެޤައުމުން ރިޕޯޓުކޮށްފައިވާ ރޭޕުގެ އެންމެ ބޮޑު މައްސަލައަކީ، ޕޮލިސް ސްޓޭޝަނަކަށް ބަޔަކު ވަދެ، އެތަނުގައި މަސައްކަތް ކުރާ އަންހެން ފުލުހަކު ރޭޕު ކުރި މައްސަލައެވެ.

އެޤައުމުގެ ހަރިޔާނާ ސްޓޭޓުން މި މައްސަލަ ހުށަހަޅާފައިވާއިރު، މި ޕޮލިސް ސްޓޭޝަނީ ހަމައެކަނި އަންހެން ފުލުހުން މަސައްކަތް ކުރާ ތަނެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި، މި ސްޓޭޝަނަކީ، އަންހެނުންނަށް ރޭޕުގެ މައްސަލަތައް ހުށަހެޅުމަށް ފަސޭހަކޮށްދީ، އެފަދަ މައްސަލަތައް ބެލުމަށް ޤާއިމްކޮށްފައިވާ ސްޓޭޝަނެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުންވެސް، މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި، ގުރޫޕެއްގެ ރޭޕުގެ ޝިކާރައަކަށްވި އަންހެން މީހާއަކީ، އެތަނުގައި، ހެޑް ކޮންސްޓަބަލް އެއްގެ މަޤާމުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އަދި، އޭނާ ރޭޕުކޮށްފައިވަނީ ވަޅިން ބިރު ދައްކައިގެންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ސްޓޭޝަންގެ އިންޗާޖު، ކަމްލާ ދޭވީ އެޤައުމުގެ ޓީވީ ޗެނަލް އަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރޭޕުކުރި އަންހެން ފުލުސް މީހާއަކީ އުމުރުން 32 އަހަރުގެ މީހެއްކަމުގައެވެ. އަދި، ރޭޕުގެ ކުށުގައި ކުށްވެރިވާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ މި ފުލުސް މީހާ، މީގެކުރިން ދަންނަ ބައެއްކަމަށްވެސް ބުނެފައިވެއެވެ. އަދި، މީގެކުރިންވެސް ބިރު ދައްކައިގެން މި ފުލުސް މީހާއަށް އެފަދަ އަނިޔާތައް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.

މެޑިކަލް ޓެސްޓުތައް ހެދުމަށްފަހު، މި މައްސަލަ ފުލުހުން ރިކޯޑުކޮށް، ތަހުގީގު ފަށާފައިވެއެވެ. އެހެންނަމަވެސް، މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ރޭޕުކުރުމަކީ އިންޑިޔާގައި ހައްދުފަހަނަ އަޅާފައިވާ މައްސަލައަކަށްވާއިރު، މިކަމަށް އެދެވޭ ހައްލެއް ގެނައުމަށް، އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސީނު

    އިންޑިއާ ގައި ރޭޕް ކުރުން ހުއްދަ ނުކުރޭތަ؟

  2. ސައިނީ

    އެއްޖިންސުން ރޭޕްކުރަން ހުއްދީފި ދޯ

  3. ޖަލީލާ

    ވަގުތުން މީގެ ހަބަރު ހެޔޮ ނުވާނެ ގެންނަން ރާއްޖޭ ގައި ތިބޭ ޕާޓޭ މީހުން އެއްޗެހި ބަލާފަ ޓުރައި ކުރާނީ ބޯހަލާކު ރާއްޖެ އަކީ މިހާރު ބިރުވެރި ތަނެއް ވިއްޔަ

  4. ފަޤީރު ކަލޯ!

    ހިންދީ ސްޕްރީމް ކޯޓަށް ރޭޕުކުރުމުގެ ހުއްދަ އަކަށް އެދި ގޮވައިލަމެވެ. އަވަސް ކޮށްދެއްވާ!!!

  5. ފަޤީރު ކަލޯ!

    ހިންދީ ސްޕްރީމް ކޯޓަށް ރޭޕުކުރުމުގެ ހުއްދަ އަކަށް އެދި ގޮވައިލަމެވެ. އަވަސް ކޮށްދެއްވާ!

  6. މި މީހުންދެން ދިވެހިރާއްޖޭގެ ވާހަކަދައްކަން ލަދެެއްނުގަނޭދޯ...

    ޢިންމު

    • އަބުޅޯ

      ކަލޯ ކޮމެންޓް ލިޔާ ތަނުގަ ނަން ލިޔެފަ ، ނަން ލިޔާ ތަނުގަ ކޮމެންޓް ލިޔެގެން ކޮންކަމެއް. ތަނެއް އޮތިއްޔާ ބޯ ގަޅާލާތި ވާނުވާ ނޭނގުނަސް. ބޯ ހަލާކު.

  7. އި

    ޔާﷲ

  8. ޢަބްދުﷲ

    ޔާ ﷲ އެބައިމީހުންގެ އަނިޔާވެރިންގެ ތެރެއިން ހަމަ އެކަކުވެސް ނުބަހައްޓަވާ ދެމިހުންނަނިވި ޢަޒާބެއް އެބައިމީހުންނަށް ފޮނުއްވާނދޭވެ. އާމީން.

  9. ާމުހައްމަދު

    ޥީޑިއޯ އެއް ލި ނަމަ ވަރަށް ފުރިހަމަވީސް

  10. ލިމްލީ

    މީ އަނެއްކާ އަނެތް ބޯގޯސް.ޔޫ ވީޑިޔޯއެއް ލާންވީނު.