ކުނބުރުދޫންވެސް ނަޝީދަށް ސުމެއް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އދ. ކުނބުރުދޫންވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވިއެވެ. މީގެ ކުރިން ގުނި އއ. ބޮޑުފުޅަދޫންވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ސުން ވޯޓެވެ. ކުނބުރުދޫގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވި އިރު، އެމަނިކުފާނާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 47 ވޯޓު ހޯއްދަވައިފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00ގައެވެ. ބައެއް ތަންތަނުގައި ހަމަނުޖެހުން ހިނގާ … Continue reading ކުނބުރުދޫންވެސް ނަޝީދަށް ސުމެއް!