އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އދ. ކުނބުރުދޫންވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވިއެވެ.

މީގެ ކުރިން ގުނި އއ. ބޮޑުފުޅަދޫންވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ސުން ވޯޓެވެ.

ކުނބުރުދޫގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވި އިރު، އެމަނިކުފާނާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 47 ވޯޓު ހޯއްދަވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00ގައެވެ. ބައެއް ތަންތަނުގައި ހަމަނުޖެހުން ހިނގާ ވޯޓުލުން ފަސް ވެސް ވިއެވެ. ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ.

ވޯޓުގެ ކުރިއަށް ދެ ކެންޑިޑޭޓުންވެސް ވަނީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވޯޓުގެ ފަހުންވެސް ދެ ބޭފުޅުންގެވެސް ކެމްޕެއިން ޓީމުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަކަން އިއުލާނު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޜަނާ

    ޚުނބުރުދޫގަ ކިތައްމީހުންބާ ތިބީ ރައްޔިތުންގެ ގޮތުގައި

  2. Anonymous

    ސާބަހޭ ކުނބުރުދޫ ރައްޔިތުންނަށް.

    1
    1
  3. އަހުޒާމް ނަޢީމް

    ތީ ހުކުރު ހަމަވާ ރަށެއްތަ؟

    • ރަށު ބޮޑުމީހާ

      ހުކުރު ހަމަވާތީ ކަމަށް މި ބަލަނީ ހުކުރު ދުވަހު ހުކުރު ކުރަނީ