ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ފަލަސްތީނު އާއިލާއެއްގެ 9 މީހުން ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން އެ އާއިލާގެ މީހުން ޝަހީދު ކޮށްލާފައިވަނީ ރަފާހަށް ދިން ހަމަލާއެއްގައެވެ. އެ ނޫހުން މީގެ ކުރިން ވަނީ އެ އާއިލާގެ ތުއްތު ކުއްޖަކު އެމީހުން ދިރިއުޅެމުން ދިޔަ ގޭގެ ބެލްކަނިން ސަލާމަތް ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި އެ އާއިލާއިން ސަލާމަތްވި ހަމައެކަނި ކުއްޖަކީ އެއީއެވެ.

މިއާއިލާގެ އިތުރުން ވެސް ނިރުބަވެރި އިސްރާއީލުން ރަފާހުގެ އަލް-ޚަވަޖަތް އާއިލާއަށް ދިން ހަމަލާއެއްގައި ވެސް އެ އާއިލާގެ މީހަކު ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

މި މަރުތަކާއި އެކީ ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި ރަފާހުން ޝަހީދު ކޮށްލި މީހުންގެ އަދަދު 20 ނުވަތަ 25 އަށް އަރާފައި ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމާލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ބަޔަކު ވަނީ ޝަހީދުވެފައެވެ. ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުން އަދަދު ވަނީ 35،000 އާއި ގާތްކޮށްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 70،000 އަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ކީއްކުރާނީ. އިސްރާއީލުން ހައްގު މިންވަރު ހޯދުމަށް ބައިނައްލަގުވާމީ މިންގަނޑުތެރެއިނ ްހިންގާ ކަންތައް. މުޅި ދުނިޔެ ހަނު. އެކަމަކު އެމެރިކާގެ ބްރިޖެއް ވެއްޓުނު ކަމަށްޓަކައި ހީވީ އާލާތްގަނޑު ފަޔަށް ހިނިއަޜައިގެން އުޅުނުހެން